Advertisement

ރައްޔިތުންގެ މަޖިިލީހުގެ ރައީސް މުޙައްމަދު އަސްލަމް ---

28 Dec 2023
ޚަބަރު
ޢަލީ ސުލައިމާން

ވަޒީރުންނަށް ރުހުންނުދީ މަޖިލީހުގެ މިއަހަރުގެ ދައުރު ނިންމާލައިފި

ރައްޔިތުންގެ މަޖިީލީހުގެ ދައުރުގެ މުއްދަތު ތިން ފަހަރެއްގެ މަތިން އިތުރުކުރުމަށްފަަހުގައިވެސް، ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ ނުނިންމައި، ރައްޔިތުންގެ މަޖިލީހުގެ މިދައުރު ނިންމާލައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ތިންވަނަ ދައުރުގެ ފަހު ޖަލްސާ ބާއްވާފައި ވަނީ މިއަދުގައެވެ. މިގޮތުން މަޖިލީހުގެ އެންމެފަހު ދައުރުގައި، 38 ޖަލްސާއެއް ބޭއްވިއިރު، ޖަލްސާތަކުގައި ޖުމުލަ 93 ގަޑިއރު ހޭދަވިއެވެ.

މަޖިލީހުގެ މިދައުރު ނިންމަވާލައްވަމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު އަސްލަމް ވިދާޅުވީ، މިދައުރުގެ ތެރޭގައި ގިނަ މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށެވެ. މިގޮތުން، މިދައުރުގައ ފަސްބިލެއް މަޖިލީހުން ފާސްކުރެވުނުކަން އަސްލަމް ފާހަގަކުރެއްވިއެވެ. އަދި ކުރީގެ ސަރުކާރުން ހުށައެޅި 14 ބިލެއް އައު ސަރުކާރުން އަނބުރާ ގެންދިޔަކަމުގައިވެސް އަސްލަމް ވިދާޅުވިއެވެ.

މީގެ އިތުރުން މަޖިލީހުގެ ރައީސް އަސްލަމް ވިދާޅުވީ، މަޖިލީހުގެ މިއަހަރުގެ ފަހުދައުރަށް 25 ޤަރާރެއް ހުށައެޅުނު ކަމަށާއި އޭގެ ތެރެއިން ނިންމުނީ 6 ޤަރާރެއްގެ މަސައްކަތްކަމަށެވެ. އަދި ބަހުސް މަރުހަލާގައިވެސް 17 ޤަރާރެއް އޮތްކަން އަސްލަމް ފާހަގަކުރެއްވިއެވެ.

މަޖިލީހުގެ މިއަހަރުގެ ފަހު ދައުރު ނިންމާލި އިރު ވަޒީރުންގެ މަޖިލީހަށް ރުހުން ދިނުމުގެ މައްސަލައަކީ މަޖިލީހުގައި އޮތް އެންމެ މުހިއްމު މައްސަލައެވެ. އެހެން ނަމަވެސް އެމައްސަލައިގައި ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީން ތަޅުމަށް ފޮނުއްވި ރިޕޯޓުގައި މައްސަލަތަކެއް ހުރިކަމަށް ބަލައި، އަނބުރާ ކޮމިޓީއަށް ފޮނުވާލާފައި ވާއިރު، މިއަދު މަޖިލީހުގެ ދައުރު ނިންމާލީ އެމައްސަލަ ނުނިންމައެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފަހު ދައުރުގެ މުއްދަތު ތިންފަހަރެއްގެ މަތިން އިތުރު ކުރިއެވެ. ނޮވެމްބަރު މަހުގެ 29ގައި ނިމޭގޮތަށް އޮތް މަޖިލީހުގެ ދައުރު އެންމެ ފުރަތަމަ އިތުރު ކުރީ ޑިސެމްބަރު 7 އާއި ހަމައަށެވެ. އޭގެ ފަހުން ޑިސެމްބަރު 18އަށް އިތުރު ކުރުމަށް ފަހުން އެންމެ ފަހުން މަޖިލީހުގެ ދައުރުގެ މުއްދަތު އިތުރުކުރީ ޑިސެމްބަރު މަހުގެ 28 ވަނަ ދުވަހުގެ ނިޔަަލަށެވެ.

ޗުއްޓީއަށް ފަހުގައި ރައްޔިތުންގެ މަޖިލީހުގެ އައު ދައުރު ފަށާނީ، އަންނަ އަހަރުގެ ފެބުރުއަރީ މަހުގެ ފުރަތަމަ ހަފްތާގެ ތެރޭގައެވެ. އެހެން ނަމަވެސް މަޖިލީހުގެ ކުރިޔަށް އޮތް ދައުރަކީ މިހާރު ހިނގަމުންމިދާ 19ވަނަ ރައްޔިތުންގެ މަޖިލީހުގެ އެންމެ ފަހު ދައުރެވެ. އަންނަ އަހަރުގެ މެއި މަހުގެ 27 ވަނަ ދުވަހަށް 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ދައުރު ހަމަވެ މަޖިލިސް 19ވަނަ ރައްޔިތުންގެ މަޖިލިސް އުވިގެންދާނެއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.