Advertisement

ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީ --

20 Dec 2023
ޚަބަރު
ޢަލީ ސުލައިމާން

ދައުލަތުގެ އެންމެ މަތީމަޤާމުތަކުގައި ތިއްބެވި ބޭފުޅުންނާއި މަޖިލީހުގެ މެމްމަބަރުންގެ މުސާރަތައް ބޮޑުކުރުމަށް ފާސްކޮށްފި

ދައުލަތް ހިންގުމުގެ އެންމެމަތީ ވެރިންނާއި، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ މުސާރަތައް ބޮޑުކުރުމަށް ރައްޔިތުންގެ މާލިޔައްތު ކޮމިޓީން ފާސްކޮށްފިއެވެ.

ރައްޔިތުން މާލިއްޔަތު ކޮމިޓީ މުސާރަ ބޮޑުކޮށްފައި ވަނީ، ރައީސުލްޖުމްހޫރިއްޔާ އާއި އެމަނިކުފާނުގެ ނައިބާއި، ވަޒީރުންގެ މަޖިލީހުގެ މެމްބަރުންނާއި، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި، ފަނޑިޔާރުންނާއި، މިނިވަން މުއައްސަސާތަކުގެ މެމްބަރުންނަށާއި ކައުންސިލަރުންށެވެ.

ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގައި ވާގޮތުން، އިންތިޚާބީ މަޤާމުތަކާއި މުސްތަޤިއްލު ކޮމިޝަންތަކާއި އިދާރާތަކުގެ ވެރިންނާއި މަަޖިލީހުގ މެމްބަރުންނަށް މުސާރަ ކަނޑައަޅަން ޖެހޭނީ ރައްޔިތުންގެ މަޖިލީހުންނެވެ.

ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން އިއްޔެ ފާސްކޮށްކޮށްފައި ވަނީ، ރައީސުލްޖުމްހޫރިއްޔާ އާއި އެމަނިކުފާނުގެ ނައިބާއި، ވަޒީރުންގެ މަޖިލީހުގެ މެމްބަރުންނާއި، މަޖިލީހުގެ ރައީސާއި ނައިބު ރައީސާއި، އުއްތަމަ ފަނޑިޔާރާއި، އެމްއެމްއޭގެ ގަވަރުނަރާއި، އޮޑިޓަރ ޖެނެރަލް އާއި ޕްރޮސެކިއުޓަރ ޖެނެރަލްގެ މުސާރަ ބޮޑު ކުރުމަށެެވެ.

މީގެ އިތުރުން މޭޔަރުންނާއި، ޑެޕިއުޓީ މޭޔަރުންނާއި ކައުންސިލަރުންނަށްވެސް މުސާރަތައް ބޮޑު ކުރުމަށްވެސް މާލިއްޔަތު ކޮމިޓީން ވަނީ ފާސްކޮށްފައެވެ. މާލިއްޔަތު ކޮމިޓީން މިގޮތަށް ފާސްކޮށްފައިވީ ނަމަވެސް މުސާރަތަކަށް މިބަދަލު އަންނަނާނީ ރައްޔިތުންގެ މަޖިލީހުގެ ތަަޅުމުން ފާސްކުރުމުންނެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.