Advertisement

ރައީސުލްޖުމްހޫރިއްޔާގެ އޮފީސް --

18 Dec 2023
ޚަބަރު
ޢަލީ ސުލައިމާން

ވުޒާރާތަކާއި، އެ ވުޒާރާތަކުގެ މަސައްކަތު ދާއިރާތައް ރައްޔިތުންގެ މަޖިލީހުން ފާސްކުރުމަށް މަޖިލީހަށް ހުށައަޅައިފި

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 116 ވަނަ މާއްދާގެ (ހ) އިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ އިޚްތިޔާރުގެ ދަށުން، 2023 ނޮވެންބަރު 17 ގައި އުފައްދާފައިވާ ވުޒާރާތަކާއި، އެ ވުޒާރާތަކުގެ މަސައްކަތު ދާއިރާތައް ރައްޔިތުންގެ މަޖިލީހުން ފާސްކުރެއްވުމަށްޓަކައި މިއަދު އެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ހުށަހަޅުއްވައިފިއެވެ.

ވުޒާރާތަކާއި، އެ ވުޒާރާތަކުގެ މަސައްކަތު ދާއިރާތައް މަޖިލީހުން ފާސްކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ މިއަދު ރައްޔިތުންގެ މަޖިލީހަށް މިހުށައެޅުއްވީ، އެމަނިކުފާނުގެ ވަޒީރުންގެ މަޖިލީހަށް ރުހުން ހޯއްދެވުމަށް ފޮނުއްވި މައްސަލަ ކޮމިޓީން ދިރާސާކޮށް ނިންމައި މަޖިލީހުގެ މިއަދު ޖަލްސާއަށް އެޖެންޑާ ކުރުމަށްފަހުގައި، އެމައްސަލަ އަނބުރާ ކޮމިޓީއަށް މަޖިލީހުގެ ރައީސް ފޮނުއްވާލައްވާފައި ވަނިކޮށެވެ.

މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި، ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ އެޖެންޑާކޮށްފައި ވަނިކޮށް ނިޒާމީ ނުކުތާއެއް ނަންގަވައި އެރިޕޯޓުގައި ހުރި މައްސަލަތައް ފާހަގަކުރެއްވީ، ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެމްބަރު ޙިސާން ޙުސައިންނެވެ.

ތުޅާދޫ ދާއިރާގެ މެމްބަރު ޙިސާން ހުސައިން ނިޒާމީ ނުކުތާ ނަންގަވައި ވިދާޅުވީ، ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ، މަޖިލީހުގެ މިއަދުގެ ޖަލްސާއަށް އެޖެންޑާކޮށްފައި ވަނީ، މަޖިލީހުގެ ޤަވާއިދާއި ޚިލާފްކަމެއް ކަމަށެވެ. އަދި އެއީ ފުރިހަމަ ނުވާ ރިޕޯޓަކަށްވާތީ، އެރިޕޯޓަށް މަޖިލީހުގެ ޖަލްސާއަށް އެޖެންޑާ ނުކުރެވޭނެ ކަމުގައި ހިސާން ވިދާޅުވިއެވެ. މީގެ އިތުރުން، ޤާނޫނު އަސާސީގެ 116 ވަނަ މާއްދާގެ (ހ) އާއި 200 ވަނަ މާއްދާގެ (އ)އަށް ބަލާއިރު، ސަރުކާރުން އުފައްދަން ބޭނުންވާ ވުޒާރާތަކާއި، ވުޒާރާތަކުގެ ދާއިރާތަކުގައި ހިމެނޭ މަސައްކަތް އެއީ ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ހުށައަޅަންޖެހޭ މަސައްކަތްތަކެއްކަމާއި އެހާތަނަށް މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ އެކަން ހުށައަޅުއްވާފައި ނުވާކަންވެސް ޙިސާން ވަނީ ފާހަގަކުރައްވާފައެވެ.

މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެމްބަރު ޙިސާން ޙުސައިން ނިޒާމީ ނުކުތާއެއް ނަންގަވައި، ކޮމިޓީ ރިޕޯޓުގައި ހުރި މައްސަލަތައް ފާހަގަކުރެއްވުމާއި އެކު މަޖިލީހުގެ ރައީސް މުޙައްމަދު އަސްލަމް ވަނީ އެ ނިޒާމީ ނުކުތާ ބަލައިގަނެ، އެމައްސަލައިގައި ކުރިޔަށްދާނޭ ގޮތަކާއި ގުޅޭ ގޮތުން މަޖިލީހުގެ މެޖޯރިޓީ ލީޑަރާއި އަދި މައިނޯރިޓީ ލީޑަރާއި މަޝްވަރާކުރައްވައިގެން ހައްލެއް ހޯއްދެވުމަށެވެ. އެމަޝްވަރާތަކަށް ފަހު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު އަސްލަމް ނިންމެވީ، ކޮމިޓީ ރިޕޯޓް އަލުން އަނބުރާ ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާކޮމިޓީއަށް ފޮނުވުމަށެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ ކުރިޔަށް ނުގެންދިޔުމަށް ނިންމައި، އެކަން މަޖިލީހުގެ ރައީސް އެކަން އިއުލާނުކުރެއްވުމާއި ގުޅިގެން މަޖިލީހުގެ ބައެއް މެމްބަރުން ވަނީ، އެކަމާއި ދެކޮޅަށް ނިޒާމީ ނުކުތާ ނަންގަވައި ވާހަކަފުޅު ދައްކަވާފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.
02 Jul 2025
ޚަބަރު
ވަގު ފޯމުތަކުގެ މައްސަލައިގައި ފުލުހުން ނިންމީ ތަހުގީގު ނުކުރަން
ހެރިޓޭޖް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު، މުހައްމަދު ތޯރިގުގެ ނަމުގައި ވެރިކަން ކުރާ ޕީއެންސީން އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅީ ވަގު ފޯމެއްކަން ސާބިތުވުމުން ވެސް އެ މައްސަލައިގައި ޖިނާއީ ދައުވާއެއް ކުރާވަރުގެ ހެއްކެއް ނެތްކަމަށް ބުނެ، ފުލުހުން އެ މައްސަލަ ފައިލް ކޮށްފިއެވެ.
30 Jun 2025
ވިޔަފާރި
އާންމުކޮށް އޮންލައިން ވިޔަފާރިކުރާ ސައިޓުތަކުން އިތުރު ފީއެއް ނަގަން ނިންމައިފި
ބީއެމްއެލް އިން ބުނީ، އިންޓަނެޓް މެދުވެރިކޮށް ބައެއް ފަރާތްތަކުން މަދު ސައިޓްތަކުން ވިޔަފާރީގެ ބޭނުމަށް މުދާ ގެނައުމަށް ފައިސާ ދައްކާ ކަމަށެވެ. އެގޮތަށް ފާހަގަކުރެވޭ "ބައެއް މަދު ސައިޓްތަކުން، 1 ޖުލައި 2025 އިން ފެށިގެން 30 ޕަސެންޓާ ހަމައަށް ފީއެއް ނަގާނެ" ކަމަށް ބޭންކުން ބުންނެވެ. އޭގެ ތެރޭގައި އާންމުކޮށް ދިވެހިން ބޭނުން ކުރާ ޓީމޫ، ޝީއިން، އަލިބާބާ، އަލި އެކްސްޕްރެސް، ލަޒާޑާ އަދި އީބޭ ހިމެނޭނެއެވެ.
30 Jun 2025
ވިޔަފާރި
ބީއެމްއެލް ޑެބިޓް ކާޑު ލިމިޓް 500 ޑޮލަރަށް ބޮޑުކޮށްފި
ބީއެމްއެލްއިން ވިދާޅުވީ ބޭންކުގެ ހުރިހާ ކަސްޓަމަރުންނަށް ހަމަހަމަކަމާއި އެކު ބޭންކުން ދޫކޮށްފައިވާ ހުރިހާ ބްރޭންޑެއްގެ ޑެބިޓް ކާޑުތަކުން ރާއްޖޭން ބޭރުގެ މުއާމަލާތްތަކަށް ބޭނުންކުރެވޭ އަދަދު އިތުރުކުރުމަށްޓަކައި، މިހާރު ޑެބިޓް ކާޑުތަކުން ނިސްބަތުން މަދު ކަސްޓަމަރުން ނަހަމަގޮތުގައި ކުރާ ބޭނުންތަކާއި ވިޔަފާރީގެ ބޭނުމަށް އަމިއްލަ ފަރުދުންގެ އެކައުންޓްތަކުން ކުރާ ބޭނުން ކޮންޓްރޯލްކުރުމަށް ބަދަލުތަކެއް ވެސް ގެނެވިފައިވާނެކަމަށެވެ.