Advertisement

ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއު --

18 Dec 2023
ޚަބަރު
ޢަލީ ސުލައިމާން

ރައީސުލްޖުމްހޫރިއްޔާ ޢަޒުލްކުރުމުގެ މައްސަލަ ހުށައަޅުއްވާނެ ކަމުގައި އިހަވަންދޫ ދާއިރާގެ މެމްބަރު ވިދާޅުވެއްޖެ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މަޤާމުން ޢަޒުލްކުރުމުގެ މައްސަލަ އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕަށް ހުށައަޅުއްވާނެ ކަމުގައި އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕްގެ މެމްބަރު އަދި ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއު ވިދާޅުވެއްޖެއެވެ.

ޝިފާޢު މިހެން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ އާއި އެމަނިކުފާނުގެ ނައިބު މަޤާމުން ޢަޒުލްކުރުން ފަސޭހަވާގޮތަށް ރައްޔިތުންގެ މަޖިލީހުގެ ޤަވާއިދަށް އިސްލާޙް ގެނައުމަށް ނިންމައި ރައްޔިތުންގެ މަޖިލީހުގެ އާއްމުކޮމިޓީ ފާސްކޮށްފައިވާ ރިޕޯޓުގެ ބަހުސް މަރުޙަލާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ޝިފާޢު ވިދާޅުވީ، މިއަދު މަޖިލީހުން ކުރަންޖެހޭ އެންމެ މުހިންމު މަސައްކަތަކީ ރައީސް އަޒުލުކުރުމުގެ މަސައްކަތްކަން، ކަށަވަރުގެ ޔަޤީންވާ ކަމަށެވެ. މިގޮތުން ސަރުކާރަށް މިވީ އެއް މަސްދުވަހުގެ ތެރޭގައި ސަރުކާރުން ޤާނޫނާއި ޚިލާފަށް ކޮށްފައިވާ ކަންކަން ޝިފާޢު ފާހަގަކުރެއްވިއެވެ. މީގެ އިތުރުން މިސަރުކާރުން ރައީސް ޔާމީނަކީ، ސަރުކާރަށް އޮތް ނުރައްކަލެއްކަމަށް ބަލައިގެން ޝަރުޢީ ދާއިރާއަށް ނުފޫޒު ފޯރުވަމުންދާކަމުގައިވެސް ޝިފާޢު ވަނީ ތުހުމަތުކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ އާއި އެމަނިކުފާނުގެ ނައިބު މަޤާމުން ޢަޒުލްކުރުން ފަސޭހަވާގޮތަށް ރައްޔިތުންގެ މަޖިލީހުގެ ޤަވާއިދަށް އިސްލާޙް ގެނައުމަށް ނިންމައި ރައްޔިތުންގެ މަޖިލީހުގެ އާއްމުކޮމިޓީ ފާސްކޮށްފައިވާ ރިޕޯޓުގެ ބަހުސް މަރުޙަލާގައި، އެމްޑީޕީގެ މެމްބަރުން އެއާއި އެއްކޮޅަށް ވާހަކަދެއްކި އިރު ދަޑިމޮކްރެޓްސްއަށް ނިސްބަތްވާ މެމްބަރުން ވާހަކަފުޅު ދެއްކެވީ އެކަމާއި ދެކޮޅަށެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.