Advertisement

ރައްޔިތުންގެ މަޖިލިސް

17 Dec 2023
ރައްޔިތުންގެ މަޖިލިސް
ޢަލީ ސުލައިމާން

މަޖިލިސް މެމްބަރުން ކޮރަޕްޝަނާއި ދުރުކުރުވުމަށް މަސައްކަތް ކުރާ ޖަމާޢަތް ގޯޕެކްގެ ރާއްޖޭގެ ގޮފީގެ އިންތިޚާބު ބާއްވައިފި

ގްލޯބަލް އޯގަނައިޒޭޝަން އޮފް ޕާލިމަންޓޭރިއަންސް އެގެއިންސްޓް ކޮރަޕްޝަން (ގޯޕެކް) ގެ ދިވެހިރާއްޖޭގެ ގޮފީގެ އެގްޒެކެޓިވް ކޮމިޓީ އިންތިޚާބުކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ޙައިސިއްޔަތުން މި ކޮމިޓީގެ މުޤައްރިރަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު އަސްލަމެވެ. އަދި ކޮމިޓީގެ ނައިބު މުޤައްރިރަކީ، މަޖިލީހުގެ މައިނޯރިޓީ ލީޑަރު އަޙްމަދު ސަލީމެވެ.

މިކޮމިޓީއަށް މެމްބަރުން އިންތިޚާބުކުރުމަށް ބޭއްވި އިންތިޚާބުގައި، އެކޮމިޓީއަށް ހޮވާފައިވާ މެމްބަރުންނަކީ، 

1. މީކާއީލު އަޙްމަދު ނަސީމް - ސެކްރެޓަރީ

2. އަޙްމަދު ޚައިތަމް - ޓްރެޜަރަރ

3. މުޙައްމަދު ރާޝިދު - ޢާންމު މެންބަރު

4. އަޙްމަދު ހާރޫން - ޢާންމު މެންބަރު

5. ޙުސައިން ޒިޔާދު - ޢާންމު މެންބަރު

ގްލޯބަލް އޯގަނައިޒޭޝަން އޮފް ޕާލިމަންޓޭރިއަންސް އެގެއިންސްޓް ކޮރަޕްޝަން (ގޯޕެކް) އަކީ، ޤަތަރުން އިސްވެ އުފައްދާފައިވާ އޯގަނައިޒޭޝަން އެކެވެ. މިއޯގަނައިޒޭޝަންގައި ރާއްޖެއިން ބައިވެރިވުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައި ވަނީ، މިއަހަރުގެ މާރިޗު މަހުގެ 3 ވަނަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އެޖަލްސާގައި ބައިވެރިވެވަޑައިގެންނެވި މެމްބަރުންގެ ތެރެއިން 43 މެމްބަރުންގެ އަޤުލަބިއްޔަތުން ފާސްކޮށްގެންނެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.