Advertisement

ރައްޔިތުންގެ މަޖިލިސް. ފޮޓޯ: ސޯޝަލް މީޑިއާ

28 Dec 2023
ޚަބަރު

ވަޒީރުންނަށް ސުވާލުކުރެވޭގޮތަށް އޮތް ޤާނޫނު އުވާލަން ހުށައަޅައިފި

ވަޒީރުންނާ ސުވާލު ކުރުމުގެ ގާނޫނު އުވާލަން އެމްޑީޕީން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ. މި ހުށައެޅުން ހުށައަޅާފައިވަނީ ހޯރަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމްއެވެ. މި އިސްލާހު ހުށައެޅުއްވި ސަބަބެއްކަމަށް އޭނާ ވިދާޅުވީ، 2008 ވަނަ އަހަރުގެ ގާނޫނުއަސާސީ ވުޖޫދަށް އައުމުގެ ކުރިން އެކުލަވައި އަމަލު ކުރަމުން އަންނަ ގާނޫނަކަށް ވާތީއެވެ.

ގާނޫނުއަސާސީގެ 98 ވަނަ މާއްދާގައި ވަޒީރުންނާއި ސަރުކާރުގެ މަގާމްތަކުގައި ތިބޭ މީހުންނާ ސުވާލު ކުރުމުގައި އަމަލު ކުރާނެ އުސޫލު ބަޔާން ކޮށްފައިވާ ކަމަށާއި އެ ބޭފުޅުންނަށް ލިޔުމުން ނުވަތަ އަނގަބަހުން ސުވާލު ކުރުމުގެ ހައްގު ކޮންމެ މެންބަރަކަށް ލިބިދީފައިވާ ކަމަށް އެ ބިލުގައިވެއެވެ.

ގާނޫނުއަސާސީ ވުޖޫދަށް ގެނައުމަށް ފަހު ވަޒީރުންނާ ސުވާލު ކުރުމުގެ ގާނޫނަށް އެއްވެސް އިސްލާހެއް ގެނެސްފައި ނުވާ ކަމަށާއި މަޖިލީހުގެ ގަވައިދުގެ 21 ވަނަ ބާބުގައި ވެސް ވަޒީރުންނާ ސުވާލު ކުރުމުގެ އުސޫލުތައް ބަޔާން ކޮށްފައިވާ ކަމަށް އެ ބިލުގައި ބުނެފައި ވެއެވެ. އެހެންވެ ވަޒީރުންނާ ސުވާލު ކުރުމުގެ ގާނޫނުގެ ބޭނުން ނުހިފޭ ކަމަށް އެ ބިލްގައި ވެއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.