Advertisement

ނޮޅިވަރަމް ދާއިރާގެ މެމްބަރު، މުޙައްމަދު ނަޝީދު --

18 Dec 2023
ޚަބަރު

ޕީޖީގެ ވަކީލަކަށް ކުރާ ތުހުމަތާއި ގުޅިގެން މަޖިލީހަށް ކުއްލި މައްސަލައެއް ހުށައަޅައިފި

ޕްރޮސެކިއުޓަރ ޖެނެރަލްގެ ވަކީލަކަށް ކުރާ ތުހުމަތުތަކާއި ގުޅުވައި، ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ މެމްބަރު، މުޙައްމަދު ނަޝީދު ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ކުއްލި މައްސަލައެއް ހުށައަޅުއްވައިފިއެވެ.

ނޮޅިވަރަމް ދާއިރާގެ މެމްބަރު، މުޙައްމަދު ނަޝީދު ހުށައެޅުއްވި އެކުއްލި މައްސަލައިގައި ގޮވާލާފައި ވަނީ ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުގެ ވަކީލަކަށް ކުރާ ތުހުމަތުތަކާއި ގުޅިގެން އެކަންކަން ބަލައި ފިޔަވަޅު އެޅުމަށެވެ.

ނޮޅިވަރަމް ދާއިރާގެ މެމްބަރު، މުޙައްމަދު ނަޝީދު ހުށައެޅުއްވި މިކުއްލި މައްސަލަ މަޖިލީހަށް ބަލައިގަނެފައި ވަނީ 18 މެމްބަރުންގެ ވޯޓުންނެވެ.

މައްސަލަ މަޖިލީހަށް ހުށައަޅުއްވަމުން ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު ވިދާޅުވީ، އެމައްސަލަ ކުއްލި މައްސަލައެއް ހުށައަޅުއްވާފައިވަނީ ދައުލަތުގެ ޕްރޮސެކިއުޓަރެއް، ދިނާއި ޚިލާފު އަދި އާއްމު އަޚްލާޤީ މިންގަނޑާއި ޚިލާފަށް އުޅޭ މަންޒަރު ފެންނަ ވީޑިއޯއެއް ދައުރުވަމުންދާއިރު، އެފަދަ އަމަލުތައް ދިވެހި މުޖުތަމައުގައި އިތުރުވެ ހުއްޓުވޭނެ ފިޔަވަޅެއް ނޭޅި އެއީ އާދައިގެ ކަންކަމަށް އެފަދަކަންކަން ވަމުންދާތީ ކަމަށެވެ.

މިމައްސަލައަށް ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި ބަހުސްކުރެއްވީ މަޖިލީހުގެ ތިން މެމްބަރުންނެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.