Advertisement

29 Dec 2023
ޚަބަރު
ޢަލީ ސުލައިމާން

ޑިމޮކްރަސީގެ ހަމަތަކާއި އުސޫލުތައް ވަރުގަދަކުރަން މަސައްކަތް ކުރަނީ އެމްޑީޕީން - ބިގޭ

އެމް.ޑީ.ޕީ އަކީ ރާއްޖޭގައި ޑިމޮކްރެސީގެ ހަމަތަކާއި އުސޫލުތައް ވަރުގަދަ ކުރަން އަބަދުވެސް މަސައްކަތް ކުރާ ޕާޓީކަމުގައި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ އަލިފުށި ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ 13 މެމްބަރަކު އެމްޑީޕީ ދޫކޮށް ޕީއެންސީއަށް ސޮއެކުރެއްވުމާއި ގުޅުވައި އޭނާ އެކްސްގައި ކުރެއްވި ޕޯސްޓްގައި ވިދާޅުވީ، އެމް.ޑީ.ޕީ އަކީ ރާއްޖޭގައި ޑިމޮކްރެސީގެ ހަމަތަކާއި އުސޫލުތައް ވަރުގަދަ ކުރަން އަބަދުވެސް މަސައްކަތް ކުރާ ޕާޓީކަމަށާއިި، ޕާޓީގެ މެމްބަރުން ބުރަ މަސައްކަތްކޮށް ހޮވި ޕާލަމެންޓް މެމްބަރުން އެހެން ޕާޓީ އަކަށް ދިއުން ރަނގަޅު ނޫންކަމަށެވެ.

އަދި އެމް.ޑީ.ޕީ އަކީ ރާއްޖެ އެދޭ ހެޔޮ ބަދަލަށް ވަކާލާތުކޮށް ރައްޔިތުންގެ އުންމީދުތައް ހަގީގަތަކަށް ހެދުމުގެ މަސައްކަތް ކުރާ ޕާޓީކަމަށާއި، އެމް.ޑީ.ޕީގެ މެމްބަރުންނަކީ ސާބިތުކަމާއެކު ގައުމާއި ރައްޔިތުންގެ ކުރިމަގާއި އުންމީދުތައް ހަގީގަތަކަށް ހަދައިދިނުމުގަ މާޔޫސްކަމެއް، ވަރުބަލިކަމެއް ނެތި މަސައްކަތްކުރާ މެންބަރުން ކަމުގައިވެސް އެމްޑީޕީގެ ޕީޖީ ލީޑަރު، މުހައްމަދު ރަޝީދު ހުސައިން ވިދާޅުވިއެވެ.

އެމްޑީޕީގެ ޕީޖީ ލީޑަރު، މުހައްމަދު ރަޝީދު ހުސައިން (ބިގޭ) ކުރެއްވި ޓްވީޓް --

އެމްޑީޕީގެ 13 މެމްބަރަކު އެޕާޓީ ދޫކޮށް ސަރުކާރު ހިންގާ ޕާޓީ، ޕީއެންސީއާ ގުޅުމާއިއެކު އެމްޑީޕީގެ ލީޑަރޝިޕްއަށް ވަނީ ފާޑުކިޔުންތައް އަމާޒުވެގެން ގޮސްފައެވެ. ޚާއްސަކޮށް، އެމްޑީޕީގައި ރައީސް ނަޝީދު ބޭނުންފުޅުވާ ގޮތަށް ކަންކަން ނުދާންފެށުމުން އެކަމާއި ނުރުހުންވެ އެންމެ ފުރަތަމަ އެމްޑީޕީން ވަކިވެވަޑައިގެންނެވި 13 މެމްބަރުންނާއި އެމެމްބަރުން ނިސްބަތްވާ ޕާޓީ ދަ ޑިމޮކްރެޓްސްއިން ދަނީ އެކަމަށް ފާޑުކިޔަމުންނެެވެ. ޕީއެންސީއަށް އެމްޑީޕީގެ 13 މެމްބަރަކު ސޮއެކުރެއްވުމާއި އެކު ރައްޔިތުންގެ މަޖިލީހުގެ މައިނޯރިޓީގެ މަޤާމު ދަ ޑިމޮކްރެޓްސްއަށް ވަނީ ގެއްލިފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.