Advertisement

ޑރ. މުޙައްމަދު ޝަހީމް ޢަލީ ސައީދު --

29 Jan 2024
ޚަބަރު
ޢަލީ ސުލައިމާން

މަޖިލީހުން ރުހުން ނުދިނުމުން، ޑރ. ޝަހީމްގެ ނުރުހުން ރައީސް ޞާލިޙަށް!

މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދަށް، ރައްޔިތުންގެ މަޖިލީހުން ރުހުން ނުދިނުމުން ޝަހީމް ކުރީގެ ރައީސް ޞާލިޙަށް ފާޑުވިދާޅުވެ ނުރުހުންފާޅުކުރައްވައިފިއެވެ.

މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މަޖިލީހުން ރުހުން ނުދިން ތިން ވަޒީރުންގެ ތެރޭގައި، ޑރ. ޝަހީމް ހިމެނިވަޑައިގަންނަވައެވެ. ޝަހީމް ވިދާޅުވެފައި ވަނީ އޭނާއަށް މަޖިލީހުން ރުހުން ނުދިނީ، އެމްޑީޕީ މެމްބަރުން އެމަނިކުފާނާއި ޒާތީވެގެން ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުން ޑރ. ޝަހީމަށް ރުހުން ނުދޭން ފާސްކުރެއްވުމުން، ނުރުހުންފާޅުކުރައްވައި، ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިހަށް ފާޑު ވިދާޅުވެ، އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޝަހީމް ވިދާޅުވީ، ވެރިކަމުގައި ހުންނަވައިގެންނާއި ވެރިކަމުން ދުރުވުމަށް ފަހު ވެސް، ރާއްޖޭގެ އިސްލާމީ ކަންކަން ބަލިކަށި ކޮށްލަން މަސައްކަތް ކުރެއްވި ދެވަނަ ވެރިއެއް ރައީސް ޞާލިޙު ނޫނީ ރާއްޖެ ދެކެފައި ނުވާކަމަށެވެ.

ޑރ. ޝަހީމު ރައީސް ޞާލިޙަށް ފާޑު ވިދާޅުވުމާއި ގުޅިގެން އެހެން ފަރާތްތަކުންވެސް ވަނ، ޑރ ޝަހީމަށް ފާޑު ވިދާޅުވެފައެވެ. ޑރ. ޝަހީމްގެ އިތުރުން، ހައުސިން މިނިސްޓަރ ޑރ. ހައިދަރާއި، ބަންޑާރަ ނައިބު އަޙްމަދު އުޝާމަށް ރުހުން ނުދިނުމަށް މަޖިލީހުން މިއަދު ވަނީ ފާސްކޮށްފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.