Advertisement

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު --

08 Feb 2024
ޚަބަރު

މަޖިލީހުގެ ޤަވާއިދަށް ގެނައި އިސްލާޙަށް ޢަމަލުކުރުން މަޑުޖައްސާލުމަށް ސްޕްރީމްކޯޓުން އަމުރުކޮށްފި

ރައީސުލްޖުމްހޫރިއްޔާ އެމަނިކުފާނުގެ ނައިބު މަޤާމުން ވަކިކުރުން، ފަސޭހަވެގެންދާ ގޮތަށް، ރައްޔިތުންގެ މަޖިލީހުގެ ޤަވާއިދަށް ގެނައި، އިސްލާހަށް ޢަމަލުކުރުން މަޑުޖައްސާލުމަށް ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުން އަމުރުކޮށްފިއެވެ.

މަޖިލީހުގެ ޤަވާއިދަށް ގެނައި އިސްލާޙް ޤާނޫނު އަސާސީއާ ޚިލާފުކަމުގައި ކަނޑައަޅައިދިނުމަށް އެދި ދިވެހިރާއްޖޭގެ ސްޕްރީމްކޯޓަށް މައްސަލަ ހުށައަޅާފައި ވަނީ، ބަންޑާރަ ނައިބުގެ ފަރާތްޕުޅުންނެވެ. އެމައްސަލަ ކޯޓަށް ވެއްދީ، ރައީސުލްޖުމްހޫރިއްޔާ، ޑރ. މުޙައްމަދު މުޢިއްޒުގެ އިތުބާރު ނެތްކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށައެޅުމަށް ތައްޔާރުވެފައިވާ ކަމުގައި އިދިކޮޅު އެމްޑީޕީން ހާމަކޮށްފައި ވަނިކޮށެވެ.

ބަންޑާރަ ނައިބު ސްޕްރީމްކޯޓަށް އެމައްސަލަ ހުށައެޅުއްވީ، ހުސްވި ޖެނުއަރީގައެވެ. ރައްޔިތުންގެ މަޖިލީހުގެ ޤަވާއިދަށް ބަދަލު ގެނެސް ފާސްކުރީ ޑިސެމްބަރު މަހުގައެވެ.

ބަންޑާރަ ނައިބުގެ އޮފީހުން ވިދާޅުވާ ގޮތުގައި، ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެންބަރުންގެ ޢަދަދު ކަނޑައެޅުމާ ގުޅޭގޮތުން، 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ 2023 ވަނަ އަހަރުގެ 3 ވަނަ ދައުރުގެ 37 ވަނަ ޖަލްސާއިން ފާސްކޮށް، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 49 ވަނަ މާއްދާއަށް އިތުރުކޮށްފައިވާ، (ކ)، (އ) އަދި (ވ) ގައި، "މަޖިލީހުގެ ޖުމްލަ މެންބަރުން" މި ޢިބާރާތަށް ދީފައިވާ މާނަކުރުމަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނޫއަސާސީއާ ޚިލާފަށް ދީފައިވާ މާނަކުރުމެއް ކަމުގައި ބަންޑާރަ ނައިބު ދެކެވަޑައިގަންނަވައެވެ. އެހެންވެ ބަންޑާރަ ނައިބުގެ ފަރާތްޕުޅުން ހުށައެޅި ދުސްތޫރީ މައްސަލައިގައި އެދިވަޑައިގެންފައި ވަނީ، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 49 ވަނަ މާއްދާގެ (ކ)، (އ) އަދި (ވ) އަކީ ބާޠިލް އަކުރުތަކެއް ކަމުގައި ކަނޑައަޅައިދިނުށެވެ.

ބަންޑާރަ ނައިބު ހުށައެޅުއްވި މިމައްސަލަ ސްޕްރީމް ކޯޓަށް ބަލައިގެންފައި ވަނީ، މި ފެބުރުއަރީ މަހުގެ ފަސްވަނަ ދުވަހުގައެވެ.

ރައީސުލްޖުމްހޫރިއްޔާ ޢަޒުލްކުރުމުގެ އިޖުރާއަތްތައް ފަސޭހަވެގެންދާ ގޮތަށް މަޖިލީހުގެ ޤަވާއިދަށް ގެނައި އިސްލާޙަަށް ޢަމަލުކުރުން ހުއްޓުވުމަށް ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުން މިއަދު ވަގުތީ އަމުރެއް ނެރުއްވާފައި ވަނީ އެކޯޓުގެ ބެންޗުގައި ތިއްބެވި 5 ފަނޑިޔާރުންގެ ތެރެއިން 2 ފަނޑިޔާރުންގެ އަޣުލަބިއްޔަތުންނެވެ.

ވަގުތީ އަމުރު ނެރުއްވުމަށް ތާއީދު ކުރެއްވި ފަނޑިޔާރުންގެ ރައުޔުގައި ބަޔާން ކުރައްވާފައިވަނީ، މިއީ އާއްމު މަސްލަޙަތަށްޓަކައި، ވަގުތީ އަމުރެއް ނެރެން ޖެހޭނެ ހާލަތެއް ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ޤަވާއިދަށް އިސްލާޙް ގެނައީ، އައު ސަރުކާރުގެ މަޤާމުތަކަށް ދިޔުމަށްޓަކައި ސަރުކާރަށް ނިސްބަތްވާ 6 މެމްބަރަކު އެބޭފުޅުން ތިއްބެވި މަޤާމުތަކުން އިސްތިއުފާ ދެއްވުމާއި ގުޅިގެން އެދާއިރާތަކުގެ ބައި-އިލެކްޝަން ނުބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމުމާއި ގުޅިގެންނެވެ. އެހެންވެ ކުރިޔަށް އޮތް ދައުރުގައި ރައްޔިތުންގެ މަޖިލީހުގައި އެދާއިރާތަކުގެ ގޮނޑިތަކުގައި މެމްބަރުން ނުތިއްބަވާނެތީ، މަޖިލީހުން ނިންމާ ނިންމުންތަކުގައި އެގޮނޑިތައް ތަމްސީލް ކުރާނެ މެމްބަރުން ނެތި ނަގާ ވޯޓުގައި އަދަދު ކަނޑައަޅަން ޖެހޭނީ އެގޮނޑިތައް ނުހިމަނާކަމުގައި މަޖިލީހުން ވަނީ ފާސްކޮށްފައެވެ. މަޖިލީހުގެ ޤަވާއިދަށް ގެނައި އެބަދަލާއެކު ރައީސުލްޖުމްހޫރިއްޔާ އާއި އެމަނިކުފާނުގެ ނައިބު 54 ވޯޓުން މަޤާމުން ވަކިކުރެވެއެވެ. އެބަދަލު ގެނައި އިރު އެމްޑީޕީގައި 56 މެމްބަރުން ތިއްބެވިއެވެ. ފަހުން އޭގެ ތެރެއިން 13 މެމްބަރަކު، ވެރިކަންކުރާ ޕީއެންސީއާ ގުޅިވަޑައިގެންނެވި ނަމަވެސް، މަޖިލީހުގެ ތެެރެއިން އެމްޑީޕީއާ ދަޑިމޮކްރެޓްސްއިން ގުޅިގެން މަސައްކަތް ކުރަން ފަށާފައިވާއިރު އެދެޕާޓީގައި 56 މެމްބަރުން އެބަތިއްބެވެ. ކުރިން އޮތް ގޮތުން ރައީސުލްޖުމްހޫރިއްޔާއާއި އެމަނިކުފާނުގެ ނައިބު މަޤާމުން ވަކިކުރަން ބޭނުންވަނީ 58 ވޯޓެވެ.

ރައީސުލްޖުމްހޫރިއްޔާ މަޤާމުން ޢަޒުލްކުރުމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުން ނިންމައި އެމައްސަލަ މަޖިލީހަށް ވެއްދުމަށް ވަނީ ސޮއެ ހަމަކޮށް ތައްޔާރުވެފައެވެ. އެމައްސަލަ މަޖިލީހަށް ވަރަށް އަވަހަށް ހުށައަޅާނެ ކަމުގައި އެމްޑީޕީން ވަނީ ބުނެފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.