މަދަނީ މައްސަލަތަކުގައި ވަކީލަކު އައްޔަނުކުރުމުގެ ޤާބިލްކަން ނެތް ފަރާތްތަކުގެ ހައްޤުތައް ގެއްލިގެންދޭ: އުއްތަމަ ފަނޑިޔާރު
އުއްތަމަ ފަނޑިޔާރު އަޙްމަދު މުޢުތަސިމް އަދުނާނު ވިދާޅުވީ، މަދަނީ މައްސަލަތަކުގައި ވަކީލަކު އައްޔަނުކުރުމުގެ ޤާބިލްކަން ނެތުމުގެ ސަބަބުން އެފަރާތްތަކުގެ ޙައްޤުތައް ގެއްލިގެންދާ ކަމަށެވެ. އެހެންކަމުން އެފަދަ ފަރާތްތަކަށްވެސް ޤާނޫނީ އެހީތެރިކަން ފޯރުކޮށްދެވޭނެ ދެމެހެއްޓެނިވި ނިޒާމެއް އޮތުމަކީ މުހިއްމު ކަމެއްގެ ގޮތުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.