Advertisement

ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓު --

28 Feb 2024
ޚަބަރު
ޢަލީ ސުލައިމާން

ލަސް ކުރުމަކާއި ނުލައި، ރައީސުލްޖުމްހޫރިއްޔާ ބިލް ތަސްދީޤު ކުރައްވަންވާނެ: ސްޕްރީމްކޯޓުގެ ޙުކުމް

ރަައީސުލްޖުމްހޫރިއްޔާ ތަސްދީޤު ނުކުރައްވައި އަނބުރާ ފޮނުއްވާލައްވާ ބިލެއް މަޖިލީހުން ދެވަނަ ފަހަރަށް ފާސްކުރައްވައިފިނަމަ، ލަސްކުރުމެއްނެތި އެބިލެއް ރައީސުލްޖުމްހޫރިއްޔާ ތަސްދީޤުކުރައްވަން ޖެހިވަޑައިގަންނަވާނެކަން 2010 ވަނަ އަހަރު، ދިވެހިރާއްޖޭގެ ސްޕްރީމްކޯޓުން ނިންމަވާފައިވާކަން ޤާނޫނީ ބޭފުޅުން އަލުން ހަނދާންކޮށްދެއްވައިފިއެވެ.

ރޯދަމަހު އިންތިޚާބު ނުބާއްވާ ގޮތަށް އާއްމު އިންތިޚާބާއި ބެހޭ ޤާނޫނަށް އިސްލާޙް ގެނައުމުގެ ބިލް މަޖިލީހުން މިއަދު ދެވަނަ ފަހަރަށް އަލުން ފާސްކުރެއްވުމާއި އެކު، ރައީސުލްޖުމްހޫރިއްޔާ އެބިލް ތަސްދީޤު ކުރައްވައިފާނެތޯ ވަނީ ސުވާލު އުފެދިފައެވެ. އެކަމާއި ގުޅޭ ގޮތުން ރައީސުލްޖުމްހޫރިއްޔާގެ ފަރާތްޕުޅުން އަދި އެއްވެސް ވާހަކަފުޅެއް ދައްކަވާފައެއް ނުވެއެވެ.

ކުރީގެ ބަންޑާރަ ނައިބު އިބްރާހީމް ރިއްފަތު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، 2010 ގައި މިފަދަ ހާލަތެއް މެދުވެރިވެ އޭރުގެ ސުޕްރީމް ކޯޓުން ނިންމާފައިވާ މައްސަލަަގައި،7 ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅާފައިވަނީ '"…އިންސާނީ ބާރުނުފޯރާފަދަ، އިޚްތިޔާރުން ބޭރު ސަބަބެއް މެދުވެރިވެގެން މެނުވީ" ލަސްކުރުމަކާ ނުލައި ރައީސް އެބިލެއް ތަސްދީޤުކުރައްވަންވާނެކަމަށް ކަމުގައެވެ.

ކުރީގެ ބަންޑާރަ ނައިބު އިބްރާހީމް ރިއްފަތު ކުރެއްވި ޕޯސްޓް

ކުރީގެ ރައީސް، މުޙައްމަދު ނަޝީދުގެ ވެރިކަމުގައި، އެމަނިކުފާނު ވަނީ، ރައްޔިތުންގެ މަޖިލީހުން މާލިއްޔަތުގެ ޤާނޫނަށް ގެނައި އިސްލާޙެއް ތަސްދީޤު ނުކުރައްވައި އަނބުރާ މަޖިލީހަށް ފޮނުއްވާ ލެއްވުމަށްފަހުގައި އަލުން މަޖިލީހުން އެބިލް ފާސްކުރުމުންވެސް ތަސްދީޤު ނުކުރައްވައި ހިފަހައްޓަވާފައެވެ. އެމައްސަލައިގައި އޭރުގެ އިދިކޮޅު ފަރާތްތަކުން، ދިވެހިރާއްޖޭގެ ސްޕްރީމްކޯޓަށް ހުށައެޅި މައްސަލައިގައި، 10 ޑިސެމްބަރު 2010ގައި ކުރެއްވި ޙުކުމްގައި ބުނެފައި ވަނީ، ލަސްކުރުމަކާއި ނުލައި ރައީސުލްޖުމްހޫރިއްޔާ ބިލް ތަސްދީޤުކުރައްވަން ވާނެ ކަމަށެވެ.

"އިސްވެ ބަޔާންވެ ދިޔަ ސަބަބުތައް އެގޮތުގެ މަތިން ހުރުމާއިއެކު، ޤާނޫނު އަސާސީގެ 70ވަނަ މާއްދާގެ ދަށުން ރައްޔިތުންގެ މަޖިލީހަށް ލިބިފައިވާ އިޙްތިޞާސްގެ ދަށުން، އެމަޖިލީހުން ފާސްކުރާ ބިލެއް، ޤާނޫނު އަސާސީގެ 91 ވަނަ މާއްދާގެ (ސ)ގެ ދަށުން ރައްޔިތުންގެ މަޖިލީހުގެ ޖުމުލަ މެމްބަރުންގެ އަޣުލަބިއްޔަތުން ފާސްވެއްޖެ ނަމަ އެބިލެއް، ރައީސުލްޖުމްހޫރިއްޔާ ތަސްދީޤުކޮށް ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރަންވާނެ ކަމަށް ހަމަ އެމާއްދާގެ އެއަކުރުގައި ސާފު ބަހުން ކަނޑައަޅައި ބަޔާންކޮށްފައިވާތީ، އިންސާނީ ބާރު ނުފޯރާފަދަ އިޚްތިޔާރުން ބޭރު ސަބަބެއް މެދުވެރިވެގެން މެނުވީ ލަސްކުރުމަކާއި ނުލައި އެމާއްދާގައި ބުނެފައިވާ ގޮތުގެ މަތިން ރައީސުލްޖުމްހޫރިއްޔާ އެބިލެއް ތަސްދީޤު ކުރަންވާނެކަމަށް ދިވެހިރާއްޖޭގެ ސްޕްރީމްކޯޓުގެ 7 ފަނޑިޔާރުންގެ އިއްތިފާޤުން ޙުކުމްކޮށްފީއެވެ."

10 ޑިސެމްބަރު 2010 ގައި ދިވެހިރާއްޖޭގެ ސްޕްރީމްކޯޓުން ކުރެއްވި ޙުކުމް

މިމައްސަލައިގައި އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕްގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޤާނޫނީ ވަކީލު އަދި ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެމްބަރު ޙިސާން ޙުސައިން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ބިލް ތަސްދީޤު ނުކުރައްވައި ލަސްކުރައްވައިފިނަމަ އެކަން ވާނީ އެމަނިކުފާނު ޤާނޫނު އަސާސީއާ ކަނޑައެޅިގެން ޚިލާފުވެވަޑައިގެންނެވުމުގެ އަމަަލަކަށް ކަމަށެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.