Advertisement

ސްޕްރީމްކޯޓު --

15 Feb 2024
ޚަބަރު
ޢަލީ ސުލައިމާން

ގުޅިފަޅުގެ ބިންހިއްކުން ހުއްޓާލުމުގެ އަމުރަށް ޢަމަލު ނުކުރަށް ސްޕްރީމްކޯޓުން އަމުރުކޮށްފި

​ގުޅިފަޅު ބިންހިއްކުމުގެ މަޝްރޫޢު ވަގުތީ ގޮތުން ހުއްޓާލުމަށް އަންގައި އިއްޔެ ދިވެހިރާއްޖޭގެ ހައިކޯޓުން ނެރުނު އަމުރު ތަންފީޒްކުރުން މަޑުޖައްސާލުމަށް ދިވެހިރާއްޖޭގެ ސްްޕްރީމްކޯޓުުން އަމުުރުކޮށްފިއެވެ.

ސްޕްރީމްކޯޓުން މިއަމުރު ނެރުނީ، ހައިކޯޓުގެ އަމުރު މިއަދު ދައުލަތުގެ ފަރާތުން ސްޕްރީމްކޯޓުގައި އިސްތިޢުނާފް ކުރުމުންނެވެ. ސްޕްރީމްކޯޓުގެ އަމުރުގައި ބުނެފައި ވަނީ، ހައިކޯޓުން ނެރުނު ވަގުތީއަމުރަށް އަމަލުކޮށްފިނަމަ، ދައުލަތަށް އެކަމުގެ ސަބަބުން ލިބިދާނެ ގެއްލުންތައް އިންތިހާއަށް ބޮޑުކަމަށް ފެންނާތީ ކަމަށެވެ.

އެހެންވެ އެމައްސަލައިގައި ދިވެހިރާއްޖޭގެ ސްޕްރީމްކޯޓުން ގޮތެއް ކަނޑައަޅަންދެން ހައިކޯޓުން ނެރެފައިވާ އަމުރު ތަންފީޒްކުރުމުގެ ގޮތުން އެއްވެސް ފިޔަވަޅެއް ނޭޅުމަށް، ސްޕްރީމް ކޯޓުން ވަނީ އަމުރުކޮށްފައެވެ. ގުޅިފަޅު ބިންހިއްކުމުގެ މަޝްރޫޢު ހުއްޓުވުމަށް ސިވިލްކޯޓަށް މައްސަލަ ހުށައަޅާފައި ވަނީ، 2021 ވަނަ އަހަރު ހ. ޝޭޑީކޯނަރ، ޙުމައިދާ ޢަބްދުލްޤަފޫރެވެ.

ސިވިލްކޯޓުން އެމަޝްރޫޢު ހުއްޓުވުމުގެ ވަގުތީ އަމުރެއް ނުދިނުމުން އެމައްސަލަ ޙުމައިދާގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިޢުނާފްކުރީ 2023 ވަނަ އަހަރުގެ މާރިޗު މަހުގެ 15 ވަނަ ދުވަހުގައެވެ. ފަރުތަކުގެ ޙިމާޔަތުގައި ޙުމައިދާ އެދުނު ގޮތަށް ކޯޓުން ވަގުތީ އަމުރެއް ނެރެދީފައި މި ވަނީ، ގާތްގަނޑަކަށް 3 އަހަރު ފަހުންނެވެ. 

ސިވިލްކޯޓަށް ޙުމައިދާ ހުށައަޅުއްވާފައި ވަނީ، ގުޅިފަޅު މަޝްރޫޢުގެ ސަބަބުން ތިމާވެއްޓަށް އިއާދަނުކުރެވޭ ވަރުގެ ބޮޑެތި ގެއްލުންތަކެއް ލިބެމުންދާތީ އެމަޝްރޫޢު ހުއްޓުވުމަށެވެ. ސިވިލްކޯޓުގައި އަދިވެސް އެމައްސަަލަ ނުނިމި ހިނގަމުން އަންނައިރު، ކޯޓުގައި މައްސަލަ އޮތް ނަމަވެސް މިހާތަނަށް ގުޅިފަޅުގެ ބިންހިއްކުމާއި އެތަން ތަރައްޤީ ކުރުމުގެ މަޝްރޫޢުތައް ސަރުކާރުން އައީ ހުއްޓައިނުލައި ކުރަމުންނެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.