Advertisement

ސްޕްރީމްކޯޓުގެ ފަނޑިޔާރު ޑރ އަޒްމިރާލްދާ ޒާހިރު --

07 Mar 2025
ޚަބަރު

އޭސީސީން ބަލަނީ ފަނޑިޔާރުންނާއި ގުޅޭ ކޮން މައްސަލައެއް ކަމެއް ފަނޑިޔާރުންނަށްވެސް ނޭނގޭ

އެންޓި-ކޮރަޕްޝަން ކޮމިޝަނުން ފަނޑިޔާރުންނާއި ގުޅޭ ޖިނާއީ ތަހުގީގެއް ހިންގަމުން ގެންދާކަމަށް ބުނެ، ޖުޑީޝަލް ސަރވިސް ކޮމިޝަނުން ފަނޑިޔާރުން ސަސްޕެންޑްކޮށްފައިވާއިރު، އޭސީސީން ބަލަމުން އަންނަ މައްސަލައަކީ ކޮބައިކަން ފަނޑިޔާރުންނަށްވެސް ނޭނގޭކަމުގައި، ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރުގެ ޤާނޫނީ ވަކީލުންގެ ޓީމުން ވިދާޅުވެއްޖެއެވެ.

އެކަމާއި ގުޅޭ ގޮތުން ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރުގެ ޤާނޫނީ ވަކީލުންގެ ޓީމުން ބުރާސްފަތި ދުވަހު ވަނީ ބަޔާނެއް ނެރެފައެވެ. އެބަޔާނުގައި ބުނެފައި ވަނީ، އޭސީސީން ފަނޑިޔާރު އަޒްމިރަލްދާއާ އާގުޅޭ މައްސަލައެއް ތަހުގީގު ކުރަމުންދާކަމަށް ބުނެ އެ ފަނޑިޔާރު ސަސްޕެންޑުކުރިތާ ހަފްތާއަކަށް ވުރެ ގިނަ ދުވަސްވީއިރު ވެސް އެ ކޮމިޝަނުން ފަނޑިޔާރުގެ މައްސަލައެއް ބަލަމުންދާ ކަމެއް ނުވަތަ އެއީ ކޮން ބާވަތެއްގެ ކުށަކާ ގުޅޭ މައްސަލައެއް ކަމެއް ވެސް އެއްވެސް ގޮތަކަށް އަންގާފައި ނުވާކަމަށެވެ. 

އެ ނޫސް ބަޔާނުގައި ބުނެފައި ވަނީ ފަނޑިޔާރު އަޒްމިރާލްދާ ސަސްޕެންޑުކޮށް، ހަމަ އެ ދުވަހުގެ ވަގުތެއްގައި އޭނާގެ ސުލޫކީ މައްސަލައެއް ބެލުމަށް ނިންމާފައިވާ ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަނުން އެންގިއިރު، އެ މައްސަލަތަކަކީ އަސްލެއް އަދި އަސާސެއް ނެތި ފަނޑިޔާރުންގެ މަސައްކަތާ ބެހި ނުފޫޒު ފޯރުވުމަށް އުފައްދާފައިވާ ހާލަތެއް ކަމަށެވެ. 

ހުސްވި ފެބުރުއަރީމަހުގެ 26 ވަނަ ދުވަހުގެ 11:00އަށް ސްޕްރީމްކޯޓުގައި ތާވަލުކޮށްފައި އޮތް އަޑުއެހުން ފަށަން ކުޑަވަގުތު ކޮޅަކަށް ވެފައި ވަނިކޮށް، ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު އާއި، ފަނޑިޔާރު ހުސްނުއްސުއޫދާއި، ފަނޑިޔާރު، މަހާޒު ޢަލީ ޒާހިރު ސަސްޕެންޑް ކުރީ، ކޯޓުރޫމަށް ވެދެވަޑައިގަތުމަށް ތައްޔާރުވެގެން ކޯޓުގެ ސްޓޭޖުގެ ފަހަތުގައި ތިއްބަވަނިކޮށެވެ.

ސްޕްރީމްކޯޓުގެ ތިން ފަނޑިޔާރުން ސަސްޕެންޑްކޮށްފައި ވަނީ، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ގޮނޑި އެމެމްބަރުން ނިސްބަތްވާ ޕާޓީއަށް ގެއްލުވައި ލެވޭ ގޮތަށް ރައްޔިތުންގެ މަޖިލީހުން ޤާނޫނު އަސާސީއާ ޤާނޫނުތަކަށް ގެނައި އިސްލާޙްގެ މައްސަލަ އެކޯޓުގައި ކުރިޔަށްދާތީ، އެމައްސަލައަށް ނުފޫޒު ފޯރުވުމުގެ ގޮތުން ކަމުގައި އިދިކޮޅު ސިޔާސީ ޕާޓީތަކުން ވަނީ ތުހުމަތުކޮށްފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.