Advertisement

ކުރީގެ އުއްތަމަ ފަނޑިޔާރު --

25 Feb 2025
ޚަބަރު

މަޖިލީހަށް ހުށައަޅާފައި ބިލުން ޝަރުޢީދާއިރާގެ މުސްތަޤިއްލުކަން ގެއްލޭނެ: ކުރީގެ އުއްތަމަ ފަނޑިޔާރު

ދިވެހިރާއްޖޭގައި ޢަދްލު އިންޞާފް ޤާއިމުކުރުމުގެ އެންމެ މަތީ ކޯޓުކަމުގައިވާ ސުޕްރީމްކޯޓުގައި ހިމެނޭ ފަނޑިޔާރުންގެ ޢަދަދަށް ބަދަލުގެނައުމަށް ރައްޔިތުންގެ މަޖިލހަށް ހުށަހަޅާފައިވާ ކަމަށް ބުނެވޭ ބިލަކީ، ޢަދްލު އިންޞާފް ޤާއިމުކުރުމުގެ ނިޒާމުގެ މުސްތަޤިއްލުކަން ނިގުޅައިގަނެ، ފަނޑިޔާރުންނަށް ނޭދެވޭ ނުފޫޒު ފޯރުވުމަށް ހިންގޭ ޣައިރު ދުސްތޫރީ ޢަމަލެއް ކަމުގައި ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަޙްމަދު ޢަބްދުﷲ ދީދީ ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހަށް މިހާރު ހުށައަޅާފައިވާ، ކޯޓުތަކުގެ ޤާނޫނަށް އިސްލާޙް ގެނައުމުގެ ބިލާއި ގުޅޭ ގޮތުން، އެކްސްގައި ލިޔުއްވި ދިގު ޕޯސްޓެއްގައެވެ.

މިގޮތުން، ޚާއްޞަކޮށް ސުޕްރީމް ކޯޓުން ޢާންމު މަޞްލަޙަތާ ގުޅިފައިވާ ދުސްތޫރީ މައްސަލައެއް ބަލަމުން ދާ ދަނޑިވަޅެއްގައި، ކޯޓަށް ނުފޫޒުފޯރާ ފަދަ އެއްވެސް ޢަމަލެއް އެއްވެސް ފަރާތަކުން ކުރާނަމަ، އެއީ ދުސްތޫރީގޮތުން ޞައްޙަ ޢަމަލެއް ކަމުގައި ނުބެލެވޭނެކަމުގައިވެސް ކުރީގެ އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ. މީގެ އިތުރުން އެއީ، ދިވެހި ރާއްޖޭގައި ޤާއިމުވެފައިވާ، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ޢަދަދު އިރުއިރުކޮޅާ ބަދަލުކުރުމުގެ މި ޘަޤާފަތަކީ ތަހްޒީބު މުޖްތަމަޢެއްގައި ބަލައިގަނެވިގެންވާނެ ކަމެއް ނޫން ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ކުރީގެ އުއްތަމަ ފަނޑިޔާރު ވަނީ، 2014 ވަނަ އަހަރު، އޭރުގެ ސްޕްރީމްކޯޓުގެ ފަނޑިޔާރުންގެ ބެންޗަށް ބަދަލު ގެނައިގޮތުގެ މައްޗަށާއި އެކަމުގައި ކުރެއްވުނު ތަޖުރިބާތަކުގެ މައްޗަށްވެސް އަލިއަޅުއްވާލައްވާފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.