Advertisement

ސްޕްރީމް ކޯޓުގެ ފަނޑިޔާރު ޙުސްނު ސުޢޫދާއި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު -- ފޮޓޯ: ފައިލް

04 Mar 2025
ޚަބަރު

ފަނޑިޔާރުކަމުގެ މަޤާމުން ސުޢޫދު އިސްތިއުފާ ދެއްވައިފި

ފަނޑިޔާރުންނަށް ރައީސުލްޖުމްހޫރިއްޔާ ނުފޫޒު ފޯރުއްވަވަމުން ގެންދަވާކަމުގައި ވިދާޅުވެ، ދިވެހިރާއްޖޭގެ ސުުޕްރީމްކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޙުސްނުއްސުޢޫދު، ފަނޑިޔާރުކަމުގެ މަޤާމުން އިސްތިއުފާ ދެއްވައިފިއެވެ.

މަޤާމު އިސްތިޢުފާ ދެއްވައި ސުއޫދު ފޮނުއްވި ސިޓީގައި ވަނީ، ސިޔާސީ ޕާޓީތަކަށް، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮނޑި ގެއްލުވައިލެވޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހުގެ ބާތިލް ކުރަން ސުޕްރީމް ކޯޓަށް ހުށަހަޅާފައި އޮތް މައްސަލައަށް ރައީސުލްޖުމްހޫރިއްޔާ ނުފޫޒު ފޯރުއްވެވުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ.

ސުޢޫދުގެ ސިޓީގައި ވިދާޅުވީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ 3 ފަނޑިޔާރުން ސަސްޕެންޑުކޮށް، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދުކުރުމަށް ރައްޔިތުންގެ މަޖިލީހުން ބިލެއް ފާސްކޮށް، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ހުރިހާ ފަނޑިޔާރުންނަށް ބިރު ދައްކައި ސުޕްރީމް ކޯޓަށް ހުށަހެޅިފައިވާ މައްސަލަ ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގަންނަވާގޮތަށް ނިންމުމަށް އެ މަނިކުފާނު ގާނޫނު އަސާސީގެ 141 ވަނަ މާއްދާގެ ނ އާއި ރ އާ ހިލާފަށް ފަނޑިޔާރުންނަށް ނުފޫޒު ފޯރުއްވަމުން ގެންދަވާތީވެ އެކަމާ އިހުތިޖާޖު ކުރުމުގެ ގޮތުން ފަނޑިޔާރުކަމުގެ މަޤާމުން އިސްތިއުފާ ދެއްވީ ކަމަށެވެ.

ސުޢޫދު އިސްތިއުފާ ދެއްވި އިރު، ސުޢޫދާއި އިތުރުން ސްޕްރީމްކޯޓުގެ ފަނޑިޔާރު، މަހާޒް އަލީ ޒާހިރާއި ޑރ. އައިޝަތު އަޒްމިރަލްދާ ޒާހިރު ވަނީ ޖޭއެސްސީން ސަސްޕެންޑްކޮށްފައެވެ. ތިން ފަނޑިޔާރުން ސަސްޕެންޑް ކުރީ އޭސީސީން ބަލަމުން އަންނަ މައްސަލައަކާއި ގުޅިގެން ކަމަށާއި، އަދި އެތިން ފަނޑިޔާރުންގެ ސްލޫކީ މައްސަލައެއްވެސް ބަލަމުން އަންނަ ކަމުގައި ޖުޑީޝަލް ސަރވިސް ކޮމިޝަނުން ވަނީ ވިދާޅުވެފައެވެ. އެހެން ނަމަވެސް އެމައްސަލަތަކަކީ ކޮބައިކަމެއް އޭސީސީއިންވެސް އަދި އެންޓި ކޮރަޕްޝަން ކޮމިޝަނުންވެސް ހާމަކޮށްފައެއް ނުވެއެވެ.

މިއަދު މަޤާމުން އިސްތިއުފާ ދެއްވި، އަލްއުސްތާޛު  ޙުސްނުއްސުޢޫދު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަޤާމަށް ޢައްޔަން ކުރެވުނީ 08 ޑިސެންބަރު 2019 ގައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.