Advertisement

ޤަޟާއީ އަހަރު ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން --

18 Jan 2024
ޚަބަރު
ޢަލީ ސުލައިމާން

ޖިނާއީ ހުރިހާ މައްސަލަތަކެއް މާލޭގައި މިވަގުތު އޮތީ ހުއްޓިފައި: އުއްތަމަ ފަނޑިޔާރު

ކުރިމިނަލްކޯޓަށް ދިމާވެފައި ޢިމާރާތާއި ޖާގައިގެ ދަތިކަމުގެ ސަބަބުން ޖިނާއީ ހުރިހާ މައްސަލަތަކެއް މާލޭގައި މިވަގުތު އޮތީ ހުއްޓިފައިކަމަށާއި، އެކަމަކީ ދައުލަތުގެ އެންމެހާ ފަރާތްތައް ގުޅިގެން، އަވަސް ޙައްލެއް ހޯދައިދޭން ޖެހޭނެ ކަމެއް ކަމުގައި އުއްތަމަ ފަނޑިޔާރު އަޙްމަދު މުޢްތަސިމް އަދުނާނު ވިދާޅުވެއްޖެއެވެ. 

އުއްތަމަ ފަނޑިޔާރު މިހެން ވިދާޅުވީ، ޝަރުއީ ދާއިރާގެ 'ޤަޟާއީ އަހަރު 2024' އިފްތިތާޙުކުރުމުގެ ގޮތުން މިރޭ ދަރުބާރުގޭ ރަންނަބަނޑޭތި މާލަމުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެެވެ.

އުއްތަމަ ފަނޑިޔާރުގެ ވާހަކަފުޅުގައި ކުރިމިނަލް ކޯޓަށް ދިމާވެފައިވާ ދަތިތަކާއި އެކު ޖިނާޢީ އަދުލުގެ ނިޒާމަށް ކުރާ އަސަރުގެ މައްޗަށް އަލިއަޅުއްވާ ލައްވައި އެކަމުގެ ކަންބޮޑުވުން ފާޅުކުރެއްވިއެވެ. މިގޮތުން އުއްތަމަ ފަނޑިޔާރުގެ ވާހަކަފުޅުަގައި ކުރިމިނަލް ކޯޓުެގެ އިމާރާތް ބާވުމުގެ ސަބަބުން އެކޯޓުގެ މަސައްކަތްތަކާއި ޝަރީއަތްތައް ހުއްޓިފައިވާ ކަމުގައި ވިދާޅުވިއެވެ.

"މިކަމަކީ ޖިނާޢީ އަދުލުގެ ނިޒާމް ހުއްޓި، އޭގެ ސަބަބުން، މުޖުތަމައަށް ނޭދެވޭ އަސަރުތަކެއް ކުރާނެކަމެއް. މިހާރުވެސް ޖިނާޢީ އަދުލުގެ ނިޒާމްގެ ތެރެއިން ކޮންމެހެން ކޯޓުން ނެރެންޖެހޭ އަމުރުތައް ނެރުމަށްޓަކައި މީހުން ހާޟިރު ކުރާނެ، ފަނޑިޔާރުން އިށީނދެ ވަޑައިގަންނަވާނެ، އަދި މުވައްޒަފުން ތިއްބަވާނެ ތަނެއް ނެތްކަން ފާހަގަކުރަން. ނަތީޖާއަކީ، ޖިނާޢީ ހުރިހާ މައްސަލަތައް މާލޭގައި މިވަގުތު ހުއްޓިފައިވުން "

އުއްތަމަ ފަނޑިޔާރު އަޙްމަދު މުޢުތަޞިމް ޢަދުނާން ---

ކުރިމިނަލް ކޯޓުން މިއަދު އާއްމުކޮށްފައިވާ ތަފާސް ހިސާބުގައި ވާގޮތުން، އެކޯޓަށް ހުށައެޅުނު މައްސަލަތައް 2022 ވަނަ އަހަރަށް ވުރެ 2023 ވަނަ އަހަރު އިތުރުވި ނަމަވެސް، ތާވަލު ކުރެވުނު މައްސަލަތަކާއި، ނިންމުނު މައްސަލަތައް ވަރަށް ބޮޑަށް ދަށަށް ދިޔައީ، މިދިޔަ އަހަރުގެ ފެބުރުއަރީ މަހުން ފެށިގެން، ކޯޓުގެ އެއްބައި ހިންގަމުން އައި އިމާރާތް ބޭނުން ނުކުރުމަށް އެންގުމާއި ގުޅިގެންނެވެ. އެކަމާއި ގުޅިގެން ކޯޓުގެ ޝެޑިއުލްތަކަށް ބުރޫއަރައި، ކޯޓުގެ މަސައްކަތްތަކަށް ވަރަށް ބޮޑު ދަތިތަކެއް ދިމާވި ކަމުގައި އެކޯޓުން ބުންޏެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.