Advertisement

ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓު --

18 Feb 2025
ޚަބަރު

ޤާނޫނު އަސާސީއަށް ގެނައި އިސްލާޙްގެ މައްސަލަ ބެލޭނެ ކަމަށް ސްޕްރީމްކޯޓުން ކަނޑައަޅައިފި

ޕާޓީތަކުން ނިންމައިގެން ރައްޔިތުންގެ މަޖިީހުގެ މެމްބަރުންގެ ގޮނޑި ގެއްލުވައި ލެވޭ ގޮތަށް ޤާނޫނު އަސާސިއަށް ގެނައި އިސްލާޙް ބާޠިލް ކުރަން ސްޕްރީމް ކޯޓަށް ހުށައެޅި މައްސަލަ ކުރިޔަށް ގެންދެވޭނެ ކަމަށް ކަނޑައަޅައި އެމައްސަލައިގައި ޖަވާބުދާރީވާން ދައުލަތަށް 10 ދުވަހުގެ މުހުލަތެއްދީފިއެވެ.

މިމައްސަލަ ސްޕްރީމްކޯޓަށް ހުށައެޅުއްވީ ޤާނޫނީ ވަކީލު އަދި ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ ކުރީީގެ މެމްބަރު ޢަލީ ޙުސައިނެވެ.

ޢަލީ ޙުސައިން ހުށައެޅުއްވި މައްސަލައިގައި ވިދާޅުވެފައި ވަނީ، ޤާނޫނު އަސާސީއަށް ގެނެސްފައިވާ 6 ވަނަ އިސްލާޙް ޤާނޫނު އަސާސީ އާއި ޤާނޫނުތަކާއި ޚިލާފު ކަމަށެވެ. މިގޮތުން އެއިސްލާޙް ޤާނޫނު އަސާސީގެ 26 ވަނަ މާއްދާ އާއި، ގާނޫނުއަސާސީގެ 75 ވަނަ މާއްދާ އާއި، 90 ވަނަ މާއްދާއާ ވެސް ފުށުއަރާ ކަމަށްވެސް ޢަލީ ޙުސައިން ހުށައެޅުއްވި މައްސަލައިގައި ފާހަގަކުރައްވާފައި ވެއެވެ.

މިމައްސަލައިގައި އިއްޔެ އާއި މިއަދު ކުރިޔަށް ދިޔައީ މައްސަލަ ބަލައިގަތުމާއި ގުޅޭ ގޮތުން ބޭއްވި އަޑުއެހުންތަކެވެ. މިއަދުގެ އަޑުއެހުމުގައި ސްޕްރީމްކޯޓުން ނިންމާފައި ވަނީ، އެމައްސަލަ ކުރިއަށްގެންދިޔުމަށާއި އެ މައްސަލާގައި ހުށަހެޅި އިޖުރާއީ އިއުތިރާޒާ މެދު ފަނޑިޔާރުން ދެކޭ ގޮތް މައްސަލައިގެ ނިންމުމުގައި ހިމެނުމަށެވެ.

މިމައްސަލައިގައި ރާއްޖޭގެ ފުންނާބު އުސް ޤާނޫނީ ވަކީލުންގެ މެދުގައިވެސް ވަނީ ބަހުސް އުފެދިފައެވެ. އަދި މިމައްސަލަގައި ދިވެހިރާއްޖޭގެ ސްޕްރީމްކޯޓުން ގޮތެއް ނިންމިދާނެތޯވެސް އެބޭފުޅުން ސުވާލު އުފައްދަވައެވެ.

ޤާނޫނު އަސާސީއަށް ގެނަައި އިސްލާޙްގެ މައްސަލަ ސްޕްރީމްކޯޓުގައި ކުރިޔަށް ނުގެންދެވޭނެ ކަމަށް ދައުލަތުން ސުޕްރީމްކޯޓުގައި ބުނި ނަމަވެސް އެކަމަށް ޗެލެންޖްކޮށް ފަނޑިޔާރުންގެ މަޖިލީހުން ކުރެއްވި ސުވާލުތަކަށް ދައުލަތުގެ ވަކީލުންނަށް ޖަވާބެއް ނުދެވުނެވެ.

މިމައްސައިގެ އަޑުއެހުމެއް ދެން ބާއްވާނީ، މައްސަލައިގައި ދައުލަތުން ޖަވާބުދާރީވުމަށް ދީފައިވާ 10 ދުވަހުގެ މުއްދަތުގެ ފަހުންނެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.