Advertisement

ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތު ބެލެހެއްޓުމަށް ކަނޑައަޅާފައިވާ މެމްބަރުންގެ ތެރޭގައި ހިމެނޭ ވިލުފުށީ ދާއިރާގެ މެމްބަރު ހަސަން ޢަފީފް، މަޖިލީހުގެ ރިޔާސަތުގައި ---

09 Nov 2023
ޚަބަރު

މަޖިލީހުން ކަނޑައަޅާފައިވާ މެމްބަރުންނަށް އިތުބާރު ނެތްކަމުގެ މައްސަލަ ހުށައަޅާ ޖަލްސާގެ ރިޔާސަތު ބެލެހެއްޓޭނެ ކަމަށް ކަނޑައަޅައި ސްޕްރީމްކޯޓުން ޙުކުމްކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށައެޅޭ ޖަލްސާގެ ރިޔާސަތު ބަލަހައްޓަން މަޖިލީހުގެ ނައިބު ރައީސް ނުކުޅެދިއްޖެ ހާލަތެއްގައި، މަޖިލީހުން ރިޔާސަތު ބެލެހެއްޓުމަށް ކަނޑައަޅާފައިވާ އެހެން މެމްބަރުންނަށްވެސް މަޖިލީހުގެ ރިޔާސަތު ބެލެހެއްޓޭނެކަމަށް ކަނޑައަޅައި ދިވެހިރާއްޖެގެ ސުޕްރީމްކޯޓުން ޙުކުމްކޮށްފިއެވެ.

ސްޕްރީމް ކޯޓުން މިގޮތަށް ޙުކުމް ކުރީ، އެމްޑީޕީގެ ފަރާތުން ރައްޔިތުންގ މަޖިލީހަށް ހުށައެޅި މައްސަލަ އެކޯޓުން ބަލައި ނިންމުމަށްފަހުގައެވެ. މިޙުކުމް އިއްވާފައި ވަނީ އެމައްސަލަ ބެއްލެވި ފަސް ފަނޑިޔާރުންގެ އިއްތިފާޤުންނެވެ. މިމައްސަލައިގެ ޙުކުމް އިއްވުމަށް ބޭއްވި ޝަރީޢަތުގެ މަޖިލިސް ބާއްވާފައި ވަނީ މިއަދު ހަވީރުގައެވެ. ފަނޑިޔާރުންގެ މަޖިލީހުގެ ރިޔާސަތު ބެލެހެއްޓެވީ ފަނޑިޔާރު މަހާޒު އަލީއެެވެ.

މިއަދުގެ ޙުކުމްގައި ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުން މުހިއްމު ފަސްކަމެއް ފާހަގަކޮށް ނިންމިއެވެ. އޭގެ ތެރޭގައި، އެމްޑީޕީން ހުށައެޅި އެމައްސަަލައަކީ، ދިވެހިރާއްޖޭގެ ސްޕްރީމްކޯޓުގެ އަޞްލީ އިޙްތިޞާސްގެ ތެރޭގައި ހިމެނޭ މައްސަލައެއް ކަމުގައި ނިންމުމާއި، މަޖިލީހުގެ ނައިބު ރައީސް ނެތަސް، މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަަލަ ކުރިޔަށް ގެންދެވޭނެ ކަމުގައި ނިންމުމާއި، މެމްބަރުން ރިޔާސަތު ބެލެހެއްޓުމަށް މަޖިލީހުގެ ޤަވާއިދުގައި ކަނޑައަޅާފައިވާ މާއްދާއަކީ ކޮންމެ ޙާލަތެއްގައިވެސް ހިންގޭނެ މާއްދާއެއްކަމުގައި ނިންމުމާއި، މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ އޮއްވައި ކުރިޔަށް ނުގެންދެވޭނެ ކަންކަމުގެ ގޮތުގައި، މަޖިލީހުގައި އެހެން ކަމަކަށް ބަހުސްކުރުމާއި، ކަމެއް ފާސްކުރުންކަމުގައި ނިންމުމާއި، މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ ޤަރާރު ނުނިމުނަސް، ޤާނޫނު އަސާސީން ލާޒިމްކޮށްފައިވާ ކަންކަން މަޖިލީހުގައި ކުރިޔަށް ގެންދެވޭނެ ކަމަށް ނިންމުން ހިމެނެއެވެ.

މިމައްސަލައިގެ ތެރެއަށް، ޕީޕިއެމް ޕީއެންސީއާ ދަ ޑިމޮކްރެޓްސްއިން ތަދައްޚުލްވިއިރު، ދަ ޑިމޮކްރެޓްސްއިން ހުށައެޅި އިޖުރާޢީނުކުތާތަަށް ބަލައި ނުގަނެވޭނެ ކަމަށްވެސް ވަނީ ނިންމާފައެވެ.

އެމްޑީޕީން ސްޕްރީމްކޯޓަށް ދުސްތޫރީ މައްސަލައެއް ހުށައެޅީ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ، ކުރިޔަށް ގެންދިޔުމަށް، މަޖިލީހުގެ ނިޒާމްގެ ތެރެއިން ނާޖާއިޒް ނުފޫޒު ބޭނުންކޮށްގެން ހުރަސްއަޅަމުން ގެންދާތީ އެކަމަށް ހައްލެއް ހޯދުމުގެ ގޮތުންނެވެ. މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ އެޖެންޑާކުރުމާއިއެކު މަޖިލީހުގެ ނައިބު ރައީސާ އީވާ ޢަބުދުﷲ ވަނީ އާލާސްކަންފުޅާ އުޅުއްވާކަމަށް ބުނެ ތަކުރާރުކޮށް މަޖިލީހަށް ސަލާމް ފޮނުއްވަން ފައްޓަވާފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.