Advertisement

ސުޕްރީމް ކޯޓުގެ ފަނޑިޔާރު، ޙުސްނު ސުޢޫދު --

14 Feb 2024
ޚަބަރު
ޢަލީ ސުލައިމާން

ޖުޑީޝަލް ސަރވިސް ކޮމިޝަނުގައި، ސްޕްރީމް ކޯޓުގެ ފަރާތުން އިންނަވާ ފަނޑިޔާރަކަށް ފަނޑިޔާރު ހުސްނު ސުޢޫދު ހަމަޖައްސަވައިފި

ޖުޑީޝަލް ސަރވިސް ކޮމިޝަނުގައި، ސްޕްރީމް ކޯޓުގެ ފަރާތުން އިންނަވާ ފަނޑިޔާރަކަށް ފަނޑިޔާރު ހުސްނު ސުޢޫދު ސުޕްރީމްކޯޓުން ހަމަޖައްސަވައިފިއެވެ.

ސްޕްރީމްކޯޓުން ހާމަކޮށްފައިވާ ގޮތުގައި، ކުރިން އެމަޤާމުގައި ހުންނެވި، ޢާއިޝާ ޝުޖޫންގެ ބަދަލުގައި އެމަޤާމަށް ފަނޑިޔާރު ޙުސްނު ސުޢޫދު ހަމަޖެއްސެވީ، ސުޕްރީމްކޯޓުގެ ފަނޑިޔާރުންގެ މެދުގައި މަޝްވަރާކުރެއްވުމަށްފަހުގައި އެކަން އެގޮތަށް ހަމަޖެއްސެވުމަށް އެބޭފުޅުންނަށް ފެނިވަޑައިގެންނެވެ.

ފަނޑިޔާރު ޢާއިޝާ ޝުޖޫން ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗަށް ޢައްޔަނުކުރައްވާފައި ވަނީ، 03 ސެޕްޓެމްބަރު 2019 ގައެވެ. ޖޭއެސްސީއަށް ކަނޑައަޅާ ސްޕްރީމްކޯޓުގެ ފަނޑިޔާރުގެ ގޮތުގައި، ޝުޖޫން ހަމަޖެއްސެވީ، 22 ޑިސެމްބަރު 2019 ގައެވެ. އިއްޔެއާ ހަމައަށް ފަނޑިޔާރު އައިޝާ ޝުޖޫން ޖޭއެސްސީގައި އިންނެވި އިރު، ހުސްވި އަހަރުގެ ޑިސެމްބަރު މަހުގެ 18 ވަނަ ދުވަހު، ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ނައިބު ރައީސާގެ މަޤާމަށްވެސް އެކޮމިޝަނުން ޝުޖޫން ހަމަޖައްސަވާފައިވެއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.