Advertisement

ސުޕްރީމްކޯޓުގެ ޝަރީއަތް ކުރާ މާލަމް -- ފޮޓޯ: ސުޕްރީމް ކޯޓު ---

05 Feb 2024
ޚަބަރު

މަޖިލީހުގެ ޤަވާއިދަށް ގެނައި ބަދަލު ބާޠިލްކުރަން ހުށައެޅި ދުސްތޫރީ މައްސަލަ ބަލައިގެންފި

ރައީސުލްޖުމްހޫރިއްޔާ އާއި އެމަނިކުފާނުގެ ނައިބު މަޤާމުން ޢަޒުލްކުރުމުގެ ކަންކަން ފަހިވާގޮތަށް، މަޖިލީހުގެ ޤަވާއިދަށް ގެނެސްފައިވާ އިސްލާޙްތައް ބާޠިލްކުރަން ބަންޑާރަ ނައިބުގެ ފަރާތްޕުޅުން ދިވެހިރާއްޖޭގެ ސްޕްރީމްކޯޓަށް ހުށައެޅި މައްސަލަ އެކޯޓަށް ބަލައިގެންފިއެވެ.

މިމައްސަލަ ސްޕްރީމްކޯޓަށް ހުށައަޅާފައި ވަނީ، ހުސްވި ހަފްތާގެ އާދިއްތަ ދުވަހުގައެވެ. މައްސަލަ ބަލައިގަނެ ރަޖިސްޓްރީކޮށްފައި ވަނީ މިއަދުއެވެ.

ބަންޑާރަ ނައިބުގެ އޮފީހުން ވިދާޅުވާ ގޮތުގައި، ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެންބަރުންގެ ޢަދަދު ކަނޑައެޅުމާ ގުޅޭގޮތުން، 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ 2023 ވަނަ އަހަރުގެ 3 ވަނަ ދައުރުގެ 37 ވަނަ ޖަލްސާއިން ފާސްކޮށް، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 49 ވަނަ މާއްދާއަށް އިތުރުކޮށްފައިވާ، (ކ)، (އ) އަދި (ވ) ގައި، "މަޖިލީހުގެ ޖުމްލަ މެންބަރުން" މި ޢިބާރާތަށް ދީފައިވާ މާނަކުރުމަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނޫއަސާސީއާ ޚިލާފަށް ދީފައިވާ މާނަކުރުމެއް ކަމުގައި ބަންޑާރަ ނައިބު ދެކެވަޑައިގަންނަވައެވެ. އެހެންވެ ބަންޑާރަ ނައިބުގެ ފަރާތްޕުޅުން ހުށައެޅި ދުސްތޫރީ މައްސަލައިގައި އެދިވަޑައިގެންފައި ވަނީ، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 49 ވަނަ މާއްދާގެ (ކ)، (އ) އަދި (ވ) އަކީ ބާޠިލް އަކުރުތަކެއް ކަމުގައި ކަނޑައަޅައިދިނުމަށް ކަމުގައިވެސް ބަންޑާރަ ނައިބުގެ އޮފީހުން ވިދާޅުވެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ޤަވާއިދަށް އިސްލާޙް ގެނައީ، އައު ސަރުކާރުގެ މަޤާމުތަކަށް ދިޔުމަށްޓަކައި ސަރުކާރަށް ނިސްބަތްވާ 6 މެމްބަރަކު އެބޭފުޅުން ތިއްބެވި މަޤާމުތަކުން އިސްތިއުފާ ދެއްވުމާއި ގުޅިގެން އެދާއިރާތަކުގެ ބައި-އިލެކްޝަން ނުބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމުމާއި ގުޅިގެންނެވެ. އެހެންވެ ކުރިޔަށް އޮތް ދައުރުގައި ރައްޔިތުންގެ މަޖިލީހުގައި އެދާއިރާތަކުގެ ގޮނޑިތަކުގައި މެމްބަރުން ނުތިއްބަވާނެތީ، މަޖިލީހުން ނިންމާ ނިންމުންތަކުގައި އެގޮނޑިތައް ތަމްސީލް ކުރާނެ މެމްބަރުން ނެތި ނަގާ ވޯޓުގައި އަދަދު ކަނޑައަޅަން ޖެހޭނީ އެގޮނޑިތައް ނުހިމަނާކަމުގައި މަޖިލީހުން ވަނީ ފާސްކޮށްފައެވެ. މަޖިލީހުގެ ޤަވާއިދަށް ގެނައި އެބަދަލާއެކު ރައީސުލްޖުމްހޫރިއްޔާ އާއި އެމަނިކުފާނުގެ ނައިބު 54 ވޯޓުން މަޤާމުން ވަކިކުރެވެއެވެ. އެބަދަލު ގެނައި އިރު އެމްޑީޕީގައި 56 މެމްބަރުން ތިއްބެވިއެވެ. ފަހުން އޭގެ ތެރެއިން 13 މެމްބަރަކު، ވެރިކަންކުރާ ޕީއެންސީއާ ގުޅިވަޑައިގެންނެވި ނަމަވެސް، މަޖިލީހުގެ ތެެރެއިން އެމްޑީޕީއާ ދަޑިމޮކްރެޓްސްއިން ގުޅިގެން މަސައްކަތް ކުރަން ފަށާފައިވާއިރު އެދެޕާޓީގައި 56 މެމްބަރުން އެބަތިއްބެވެ. ކުރިން އޮތް ގޮތުން ރައީސުލްޖުމްހޫރިއްޔާއާއި އެމަނިކުފާނުގެ ނައިބު މަޤާމުން ވަކިކުރަން ބޭނުންވަނީ 58 ވޯޓެވެ.

ރައީސުލްޖުމްހޫރިއްޔާ މަޤާމުން ޢަޒުލްކުރުމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުން ނިންމައި އެމައްސަލަ މަޖިލީހަށް ވެއްދުމަށް ވަނީ ސޮއެ ހަމަކޮށް ތައްޔާރުވެފައެވެ. އެމައްސަލަ މަޖިލީހަށް ވަރަށް އަވަހަށް ހުށައަޅާނެ ކަމުގައި އެމްޑީޕީން ވަނީ ބުނެފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.
02 Jul 2025
ޚަބަރު
ވަގު ފޯމުތަކުގެ މައްސަލައިގައި ފުލުހުން ނިންމީ ތަހުގީގު ނުކުރަން
ހެރިޓޭޖް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު، މުހައްމަދު ތޯރިގުގެ ނަމުގައި ވެރިކަން ކުރާ ޕީއެންސީން އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅީ ވަގު ފޯމެއްކަން ސާބިތުވުމުން ވެސް އެ މައްސަލައިގައި ޖިނާއީ ދައުވާއެއް ކުރާވަރުގެ ހެއްކެއް ނެތްކަމަށް ބުނެ، ފުލުހުން އެ މައްސަލަ ފައިލް ކޮށްފިއެވެ.
30 Jun 2025
ވިޔަފާރި
އާންމުކޮށް އޮންލައިން ވިޔަފާރިކުރާ ސައިޓުތަކުން އިތުރު ފީއެއް ނަގަން ނިންމައިފި
ބީއެމްއެލް އިން ބުނީ، އިންޓަނެޓް މެދުވެރިކޮށް ބައެއް ފަރާތްތަކުން މަދު ސައިޓްތަކުން ވިޔަފާރީގެ ބޭނުމަށް މުދާ ގެނައުމަށް ފައިސާ ދައްކާ ކަމަށެވެ. އެގޮތަށް ފާހަގަކުރެވޭ "ބައެއް މަދު ސައިޓްތަކުން، 1 ޖުލައި 2025 އިން ފެށިގެން 30 ޕަސެންޓާ ހަމައަށް ފީއެއް ނަގާނެ" ކަމަށް ބޭންކުން ބުންނެވެ. އޭގެ ތެރޭގައި އާންމުކޮށް ދިވެހިން ބޭނުން ކުރާ ޓީމޫ، ޝީއިން، އަލިބާބާ، އަލި އެކްސްޕްރެސް، ލަޒާޑާ އަދި އީބޭ ހިމެނޭނެއެވެ.
30 Jun 2025
ވިޔަފާރި
ބީއެމްއެލް ޑެބިޓް ކާޑު ލިމިޓް 500 ޑޮލަރަށް ބޮޑުކޮށްފި
ބީއެމްއެލްއިން ވިދާޅުވީ ބޭންކުގެ ހުރިހާ ކަސްޓަމަރުންނަށް ހަމަހަމަކަމާއި އެކު ބޭންކުން ދޫކޮށްފައިވާ ހުރިހާ ބްރޭންޑެއްގެ ޑެބިޓް ކާޑުތަކުން ރާއްޖޭން ބޭރުގެ މުއާމަލާތްތަކަށް ބޭނުންކުރެވޭ އަދަދު އިތުރުކުރުމަށްޓަކައި، މިހާރު ޑެބިޓް ކާޑުތަކުން ނިސްބަތުން މަދު ކަސްޓަމަރުން ނަހަމަގޮތުގައި ކުރާ ބޭނުންތަކާއި ވިޔަފާރީގެ ބޭނުމަށް އަމިއްލަ ފަރުދުންގެ އެކައުންޓްތަކުން ކުރާ ބޭނުން ކޮންޓްރޯލްކުރުމަށް ބަދަލުތަކެއް ވެސް ގެނެވިފައިވާނެކަމަށެވެ.