Advertisement

އުއްތަމަ ފަނޑިޔާރު އަހުމަދު މުޢުތަސިމް ޢަދުނާން --

19 Jan 2024
ޚަބަރު

މަދަނީ މައްސަލަތަކުގައި ވަކީލަކު އައްޔަނުކުރުމުގެ ޤާބިލްކަން ނެތް ފަރާތްތަކުގެ ހައްޤުތައް ގެއްލިގެންދޭ: އުއްތަމަ ފަނޑިޔާރު

މަދަނީ މައްސަލަތަކުގައި ވަކީލަކު އައްޔަނުކުރުމުގެ ޤާބިލްކަން ލިބިފައިނުވާ ފަރާތްތަަކަށްވެސް ޤާނޫނީ އެހީތެރިކަން ފޯރުކޮށްދެވޭނެ ދެމެހެއްޓެނިވި ނިޒާމެއް އޮތުމަކީ މުހިއްމު ކަމެއް ކަމުގައި އުއްތަމަ ފަނޑިޔާރު އަޙްމަދު މުޢުތަސިމް އަދުނާން ވިދާޅުވެއްޖެއެވެ.

އުއްތަމަ ފަނޑިޔާރު އަޙްމަދު މުޢުތަސިމް އަދުނާނު ވިދާޅުވީ، މަދަނީ މައްސަލަތަކުގައި ވަކީލަކު އައްޔަނުކުރުމުގެ ޤާބިލްކަން ނެތުމުގެ ސަބަބުން އެފަރާތްތަކުގެ ޙައްޤުތައް ގެއްލިގެންދާ ކަމަށެވެ. އެހެންކަމުން އެފަދަ ފަރާތްތަކަށްވެސް ޤާނޫނީ އެހީތެރިކަން ފޯރުކޮށްދެވޭނެ ދެމެހެއްޓެނިވި ނިޒާމެއް އޮތުމަކީ މުހިއްމު ކަމެއްގެ ގޮތުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

އުއްތަމަ ފަނޑިޔާރު ވިދާޅުވީ، ކޮންމެ މީހެއްގެ މަދަނީ ޙައްޤުތަކާއި ވާޖިބުތައް ކަނޑައެޅުމުގައި، ނުވަތަ ޖިނާޢީ ކުށެއްގެ ދަށުވާ މީހެއްގެ މައްޗަށް އުފުލުމުގައި، ޤާނޫނަކުން ޤާއިމްކޮށްފައިވާ މިނިވަން އަދި މުސްތަޤިއްލު ކޯޓެއްގައި ނުވަތަ ޓްރައިބިއުނަލެއްގައި އެކަށީގެންވާ މުއްދަތެއްގެ ތެރޭގައި، ޢަދުލުވެރިކަމާއި ހާމަކަމާއި އެކު، ޝަރީއަތް ކުރެވުމުގެ ހައްޤު ޤާނޫނު އަސާސީން ވަނީ ކަށަވަރުކޮށްދީފައިކަމަށެވެ. އަދި ހަމައެއާއެކު ހައްޔަރުކުރެވޭ ހިނދުންފެށިގެން، އެމައްސަލަ ނިމެންދެން، ޤާނޫނީ ވަކީލެއްގެ އެހީތެރިކަން، ދެމެހެއްޓުމުގެ ފުރުޞަތި ފަހިކޮށްދިނުމަކީ، ޤާނޫނު އަސާސީން ކަނޑައަޅާފައިވާ އަސާސި ޙައްޤެއްކަންވެސް އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

"ޖިނާޢީ ބޮޑެތި މައްސަލަތަކުގައި ތުހުމަތުކުރެވޭ ފަރާތްތަކުގެ ތެރެއިން، ވަކީލެއްގެ އެހީތެރިކަން ހޯދޭފަދަ މާލީ ތަނަވަސްކަން ނެތް ފަރާތްތަކަށް ދައުލަތުން ޤާނޫނީ ވަކީލަކު އައްޔަނުކޮށްދިނުމަކީ، ދައުލަތުގެ ޒިންމާއެއް. އެކަށީގެންވާ ގޮތުގައި، މިހައްޤު ކަށަވަރުކޮށްދިނުމަށް ޚާއްސަ ރައްކާތެރިކަމެއް ލިބެންޖެހޭ ފަރާތްތަކަށް، ޤާނޫނީ އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި، މިހާރު ޤާއިމްކޮށްފައިވާ ނިޒާމް ރިވިއުކޮށް ޤާނޫނު ހަދާ މަޖިލީހުގެ އެހީތެރިކަމާއި އެކު އެފަދަ ފަރާތްތަކަށް ވަކީލަކު އައްޔަނުކުރުމުގެ ފުރުޞަތު ފަހިވާފަދަ އޮނިގަނޑެއް އެކުލަވާލަން ޖެހޭކަމަށް އަޅުގަނޑު ދެކެން. މީގެ އިތުރުން މަދަނީ މައްސަލަތަކުގައިވެސް ވަކީލަކު ޢައްޔަނުކުރުމުގެ ޤާބިލްކަން ލިބިފައި ނުވާނަމަ އެފަރާތުގެ ޙައްޤު ގެއްލިގެންދާކަން ފާހަގަކުރަން. އެހެންކަމުން އެފަދަ ފަރާތްތަކަށްވެސް ޤާނޫނީ އެހީތެރިކަން ފޯރުކޮށްދެވޭނެ ދެމެހެއްޓެނިވި ނިޒާމެއް އޮތުމަކީ މުހިއްމު ކަމެއް."

އުއްތަމަ ފަނޑިޔާރު އަޙްމަދު މުޢުތަސިމް އަދުނާން

ރާއްޖޭގައި އަދުލްއިންސާފު ޤާއިމްކުރުމާއި ޝަރީއަތް ކުރުމުގެ ނިޒާމްތައް ރޭވިފައި އޮންނަ ގޮތުން ދައުލަތުން ވަކީލަކު ހަމަޖައްސައިދޭނީ، ޖިނާޢީ ކުށްތަކުގެ ތުހުމަތު ކުރެވިފައިވާ ފަރާތްތަކުގެ ތެރެއިން އަމިއްލައަށް ވަކީލަކު އައްޔަނުކުރުމުގެ ޤާބިލްކަން ލިބިފައި ނުވާ ފަރާތްތަކަށް އެކަންޏެވެ. މަދަނީ މައްސަލަތަކުގައި ޤާނޫނީ ވަކީލަކު ނެތުމުން ހައްޤުތައް ގެއްލިގެންދާކަން ޝަރުއީދާއިރާގެ އެންމެ މަތީ ކޯޓުގެ އެންމެ މަތީ ފަނޑިޔާރަށްވެސް އެނގިވަޑައިގެން ހުންނެވި އިރު، އެކަމުގައި މިހާތަނަށް އެފަރާތުން އެޅުއްވި ފިޔަވަޅެއް އުއްތަމަ ފަނޑިޔާރުގެ ވާހަކަފުޅުގައި ހާމައެއް ނުކުރައްވައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.