Advertisement

ސުޕްރީމް ކޯޓު ---

24 Feb 2025
ޚަބަރު

ސްޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދު ކުރުމަށް މަޖިލީހަށް ހުށައަޅައިފި

ސްޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދުކުރުމަށް ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށައަަޅައިފިއެވެ.

މިބިލް ރައްޔިތުންގެ މަޖިލީހަށް ހުށައަޅުއްވާފައި ވަނީ، ސަރުކާރު ހިންގާ ޕާޓީ، ޕީއެންސީގެ މެމްބަރު، ރައްޔިތުންގެ މަޖިލީހުގެ ހޮޅުދޫ ދާއިރާގެ މެމްބަރު،  އަބްދުއްސައްތާރު މުހައްމަދެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ، ހޮޅުދޫ ދާއިރާގެ މެންބަރު ޢަބްދުއްސައްތާރު މުޙައްމަދު ހުށަހަޅުއްވާފައިވާ، ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ މި ބިލުގެ ފުރަތަމަ ކިޔުން އިއްވާފައެވެ. 

މިބިލް ހުށައެޅުމުގެ މަޤުޞަދަކީ، ކުރި އޮތް ގޮތަށް ބަދަލުކުރުން ކަމުގައި ވަނީ ވިދާޅުވެފައެވެ. އިންތިޤާލީ ސްޕްރީމްކޯޓުގެ މަރުޙަލާ ނިމި ދާއިމީ ސްޕްރީމްކޯތު އެކުލަވާލި އިރު، ދިވެހިރާއްޖޭގެ ސްޕްރީމްކޯޓުގެ ބެންޗުގައި ތިއްބެވީ 7 ފަނޑިޔާރުންނެވެ. އެހެން ނަމަވެސް ރައީސް ޔާމީނުގެ ވެރިކަމުގެ ދުވަސްވަރު 2014 ވަނަ އަހަރު 2 ފަނޑިޔާރަކު ވަކިކޮށް ސްޕްރީމްކޯޓުގެ ބެންޗި 5 ފަނޑިޔާރުންނަށް ކުޑަކުރެއްވިއެވެ. އޭގެ ފަހުން އެމްޑީޕީގެ ވެރިކަމުގައި އަނެއްކާވެސް ވަނީ ފަނޑިޔާރުންގެ ބެންޗުގެ އަދަދު 7އަށް މަތިކޮށް އިތުރު ދެ ފަނޑިޔާރަކު އައްޔަނުކޮށްފައެވެ.

އިސްލާޙް ގެނައުމަށް ނިންމާފައި ވަނީ ދިވެހިރާއްޖޭގެ ކޯޓުތަކާއި ބެހޭ ޤާނޫނުގެ 5 ވަނަ މާއްދާއަށެވެ. އެއީ ދިވެހިރާއްޖޭގެ ސްޕްރީމްކޯޓު އެކުލެވިގެންވާ ގޮތް ބަޔާންކުރާ މާއްދާއެވެ. އެމާއްދާއަށް ގެންނަ އިސްލާޙްތަކުގެ ތެރޭގައި، ކޯޓުތަކުގެ ޤާނޫނަށް ގެންނަ އިސްލާޙް ފާސްކޮށް ރައީސުލްޖުމްހޫރިއްޔާ ތަސްދީޤު ކުރައްވާތާ 5 ދުވަހުގެ ތެރޭގައި، ސްޕްރީމްކޯޓުން ވަކިކުރަން ހުށައަޅާ ފަނޑިޔާރުންގެ ނަންތައް ޖުޑީޝަލް ސަރވިސް ކޮމިޝަނުން ރައްޔިތުންގެ މަޖިލީހަށް ހުށައަޅަން ވާނޭ ކަމަށްވެސް ބަޔާންކޮށްފައި ވެއެވެ.

ދިވެހިޜާއްޖޭގެ ސްޕްރީމްކޯޓުގެ ބެންޗު ކުޑަކުރަން ސަރުކާރުގެ މެމްބަރަކު ހުށައަޅާފައި މިވަނީ، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ގޮނޑި ގެއްލޭގޮތަށް ޤާނޫނު އަސާސީއަށާއި ޤާނޫނުތަކަށް ގެނެސްފައިވާ އިސްލާޙް ބާޠިލްކުރުމަށް ކުރީގެ މަޖިލިސް މެމްބަރު ޢަލީ ހުސައިން ހުށައަޅުއްވާފައިވާ މައްސަލަ އެކޯޓުގައި ހިނގަމުން ދަނިކޮށެވެ. އެހެންވެ މިއީ ސީދާ ކޯޓުތަކަށް ނުފޫޒު ފޯރުވުމަށް ހިންގާ ކަމެއް ކަމުގައި އިދިކޮޅުޕާޓީ އެމްޑީޕީން ވަނީ ބުނެފައެވެެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.