Advertisement

ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓު --

29 Feb 2024
ޚަބަރު
ޢަލީ ސުލައިމާން

ސްޕްރީމް ކޯޓުން ނިންމީ މަޖިލީހުން ނިންމި ނިންމުން ޤާނޫނު އަސާސީއާ ޚިލާފުކަމަށް!

ރައްޔިތުންގެ މަޖިލީހުގެ ވޯޓު ގުނާގޮތަށް ޤަވާއިދަށް ގެނައި ބަދަލަކީ ޤާނޫނު އަސާސީއާ ޚިލާފު ބަދަލެއް ކަމުގައި، ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓުން ކަނޑައަޅައިފިއެވެ.

ރައްޔިތުންގެ މަޖިލީހާއި ދެކޮޅަށް ސްޕްރީމް ކޯޓަށް ދުސްތޫރީ މައްސަލައެއް ހުށައެޅުއްވީ، ދައުލަތުގެ ފަރާތުން ބަންޑާރަ ނައިބުގެ ފަރާތްޕުޅުންނެވެ.

އެ މައްސަލަ ބަންޑާރަ ނައިބުގެ ފަރާތްޕުޅުން ސްޕްރީމްކޯޓަށް ހުށައެޅުއްވީ، ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ އިދިކޮޅު ފަރާތްތަކަށް އޮތުމާއި އެކު، މަޖިލީހުގެ ޤަވާއިދަށް ގެނައި ބަދަލުގެ ތެރެއިން، ރައީސުލްޖުމްހޫރިއްޔާ އާއި އެމަނިކުފާނުގެ ނައިބު މަޤާމުން ވަކިކުރެވޭނެ ގޮތް އިދިކޮޅު ފަރާތްތަކަށް އިތުރަށް ފަސޭހަ ވެގެންދާތީއެވެ.

19 ވަނަ ރައްޔިތުންގެ މަޖިލިސް ފެށުނު އިރު، ރައްޔިތުންގެ މަޖިލީހުގައި ޖުމުލަ 87 މެމްބަރުން ތިއްބެވި ނަމަވެސް، އައު ސަރުކާރާއިގުޅިވަޑައިގެންނެވުމަށް ރައްޔިތުންގެ މަޖިލީހުގެ ގިނަ މެމްބަރުންތަކެއް ގޮނޑިތައް ދޫކޮށްލެއްވުމުން ރައްޔިތުންގެ މަޖިލީހުގައި ދެމިތިއްބެވި މެމްބަރުންގެ ޖުމުލަ އަދަދު 80އަށް ތިރިވިއެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ އުމުރުގައި ބާކީ 6 މަސްދުވަސް ނެތުމާއިއެކު އެގޮނޑިތަކަށް އަލުން މެމްބަރުން އިންތިޚާބުކުރާކަށްވެސް ނުޖެހެއެވެ.

ޤާނޫނު އަސާސީގައި ބަޔާންކޮށްފައިވާ ގޮތުން މަޖިލީހުގެ ވޯޓު ގުނުމާއި ކޯރަމް އަދި ފާސްވާ އަދަދު ކަނޑައެޅުމުގައި ބަލަންޖެހޭނީ މަޖިލީހުގެ ޖުމުލަ މެމްބަރުންގެ އަދަދަށެވެ. އެއަދަދަކީ ވަކި އަދަދެއްގެ ގޮތުގައި ޤާނޫނު އަސާސީގައި ކަނޑައަޅާފައެއް ނުވެއެވެ.

ދިވެހިރާއްޖޭގެ ސްޕްރީމްކޯޓުން މިއަދު ނިންމި ނިންމުމުގައި ބުނެފައި ވަނީ، މަޖިލީހުގެ ޤަވާއިދަށް ގެނައި އެއިސްލާޙް ޤާނޫނު އަސާސީއާ ޚިލާފު ކަމަށާއި، އެހެން ނަމަވެސް މިހާރު އެމާއްދާތައް މަޖިލީހުގެ ޤަވާއިދުން އުނިކޮށްފައިވާތީ، އެކަމަށް ކޯޓުން އެޅޭނެ ފިޔަވަޅެއް ނެތް ކަމަށެވެ. މީގެ އިތުރުން މަޖިލީހުގެ ޤަވާއިދަށް ގެނައި އެބަދަލަކީ ހެޔޮނިޔަތުގައި ގެނައި ބަދަލެއް ކަމަށް ނުބެލެވޭ ކަމަށްވެސް މައްސަލަ ބެއްލެވި ފަނޑިޔާރުންގެ ރައުޔުގައި ފާހަގަކުރައްވާފައިވެއެވެ.

މިމައްސަލައިގެ ކުރީކޮޅު ދިވެހިރާއްޖޭގެ ސްޕްރީމްކޯޓުން ވަނީ، މަޖިލީހުގެ އަދަދު ގުނުމުގައި، އެންމެ ކުރިންވެސް އޮތް ގޮތަށް ޢަމަލު ކުރަމުން ގެންދިޔުމަށް މަޖިލީހުގެ މައްޗަށް އަމުރުކޮށްފައެވެ. އެހެން ނަމަވެސް އެއަމުރަށް މަޖިލީހުން ތަބާވެފައެއް ނުވެއެވެ.

މަޖިލީހުގެ ޖުމުލަ އަދަދަކީ 80 ކަމަށް ބަލައިގެން މަޖިލީހުން ވަނީ ފަހުން ނިންމުންތައް ނިންމާފައެވެ. އެއާއި ގުޅިގެން އެނިންމުންތަކާއި މެދު ސުވާލު އުފެއްދުމުގެ ޖާގަ މިހާރު ވަނީ ހުޅުވިފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.