Advertisement

ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެމްބަރު އަދު ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ރައީސާ ޙިސާން ޙުސައިން ހުސައިން. ފޮޓޯ: މަޖިލިސް

31 Jan 2024
ޚަބަރު
ޢަލީ ސުލައިމާން

މަޖިލީހުން ރުހުން ނުދިން ވަޒީރުން އަލުން ހަމަ އެ ވުޒާރާތަކަށް އައްޔަނުކުރުމަކީ ޤާނޫނު އަސާސީގެ ބާރު ކަނޑުވާލުން: ޙިސާން

ރައްޔިތުންގެ މަޖިލީހުން ރުހުން ނުދިން ވަޒީރުން އަލުން ހަމަ އެ ވުޒާރާތަކަށް އައްޔަނުކުރުމަކީ ޤާނޫނު އަސާސީގެ ބާރު ކަނޑުވާލުންކަމުގައި، ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެމްބަރު އަދު ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ރައީސާ ޙިސާން ޙުސައިން ހުސައިން ވިދާޅުވެއްޖެއެވެ.

ޙިސާން މިހެން ވިދާޅުވީ، އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ދެއްކެވި ވާހަކަފުޅުގައެވެ. ޙިސާން ވިދާޅުވީ ދައުލަތުގެ ތިންބާރުން އެއްވެސް ބާރަކީ، ތަންމިނަށް (އެއްވެސް ހައްދެއްނެތި) ބާރު ލިބިފައިވާ ބާރެއް ނޫންކަމަށެވެ. އަދި ކޮންމެ ބާރަކަށް، ދައުލަތުގެ ނިޒާމްގެ ތެރޭގައި ހިމެނޭ ކޮންމެ މުއައްސަސާއަކަށް ބާރުތަކާއި އިޚްތިޔާރުތައް ދެވިފައި ވަނީ އިންތަކެއް ކަނޑައެޅިގެން ކަމުގައިވެސް ޙިސާން ވިދާޅުވިއެވެ.

ޙިސާން ވިދާޅުވީ، ޤާނޫނު އަސާސީ ބައްޓަންކޮށްފައި އޮތީ އަދި ދައުލަތުގެ ނިޒާމްތައް ބައްޓަންވެފައި އޮންނަނީ، އެއްބާރުން އަނެއްބާރަށް ފާރަވެރިވާ ގޮތަށް، ޗެކްއެންޑް ބެލެންސްގެ ނިޒާމްތަކެއް ރާވައި، އެއްބާރު އަނެއްބާރުގެ މައްޗަށް ފާރަވެރިވުން ލާޒިމްވާ ގޮތަށެވެ. 

"އަޅުގަނޑުމެންނަށް ފެނިގެން މިދިޔައީ، މިއަދުގެ ރައީސުލްޖުމްހޫރިއްޔާ، ޤާނޫނު އަސާސީއަށް އިޙްތިރާމް ނުކުރައްވާ މަންޒަރު. ޤާނޫނު އަސާސީގެ ބާރު ކަނޑުވާލަން މަސައްކަތް ކުރައްވާ މަންޒަރު. އަދި ހަމަ އެއާއި އެކުގައި، އަޅުގަނޑުމެންނަށް ފެނިގެން މިދިޔައީ، ޤާނޫނު އަސާސީގައި ޞަރީޙަ ޢިބާރާތުން ވަކިކަމެއް ނުކުރެވޭނެޔޭ، އެހެން ލިޔެފައި ނެތް ކޮންމެ ކަމެއް އެއީ ތިމަންނާމެންނަށް ކުރެވޭނެ ކަމެއް ގޮތަށް، ޤާނޫނު އަސާސީ މާނަކޮށްގެން، ކުރިޔަށްދާ މަންޒަރު."

ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެމްބަރު އަދު ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ރައީސާ ޙިސާން ޙުސައިން ހުސައިން.

ޙިސާން ވިދާޅުވީ، ޤާނޫނީ ވެރިކަމެއް ނެގެހެއްޓުމުގައި، ކަންކަން މާނަކުރަން ޖެހޭނީ، ޤާނޫނު އަސާސިގެ ރޫޙާއި، ޤާނޫނު އަސާސީގެ ތަރަހައިގެ ތެރެއިން ކަމުގައި ޙިސާން ވިދާޅުވިއެވެ.  
ޙިސާން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހަކީ، ރައްޔިތުންގެ ބާރު ތަމްސީލްކުރާ ދައުލަތުގެ އެއް ބާރު ކަމަށެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ޢައްޔަނުކުރާ ވަޒީރުންނަށް މަޖިލީހުގެ ރުހުން ހޯދުމަކީ، ޤާނޫނު އަސާސީން ރައީސުލްޖުމްހޫރިއްޔާއަށް ލާޒިމް ކުރާ ކަމެއް ކަމަށާއި، އެއީ އިޚްތިޔާރަށް ދޫކޮށްލާފައި އޮންނަ ކަމެއް ނޫންކަމުގައިވެސް ޙިސާން ވަނީ ވިދާޅުވެފައެވެ.

ހޯމަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީުގެ ޖަލްސާގައި ރުހުން ނުދިން ތިން ވަޒީރަކު، ހަމަ އެދުވަހު ރައީސުލްޖުމްހޫރިއްޔާ ވަނީ، ކުރިން އެބޭފުޅުން ތިއްބެވ ވުޒާރާތަކަށް އަލުން ޢައްޔަނުކުރައްވައި، މަޤާމުގެ ފަތްކޮޅު ދެއްވާފައެވެ. މަޖިލީހުން ރުހުން ނުދިން ބޭފުޅުން އަލުން މަޤާމުތަކަށް ޢައްޔަނުނުކުރެވޭނެ ކަމަށް، ޤާނޫނު އަސާސީގައި ބަޔާންކޮށްފައި ނެތުމަކީ އެކަން އެގޮތަށް ރައީސުލްޖުމްހޫރިއްޔާ ކުރައްވައިގެން ވާނެ ކަމެއް ނޫންކަމުގައި، ސިޔާސީ ބޭފުޅުންނާއި ޤާނޫނީ ދާއިރާގެ ބޭފުޅުން ގެންދަވަނީ ވިދާޅުވަމުންނެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.