Advertisement

ރައްޔިތުންގެ މަޖިލިސް

29 Jan 2024
ޚަބަރު
ޢަލީ ސުލައިމާން

ވަޒީރުންނަށް ރުހުން ދިނުމުގެ ޖަލްސާ 13:00ގައި

މިސަރުކާރުގެ ވަޒީރުންނަށް ރުހުން ދިނުމަށް ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ، 13:00ގައި ފެށުމަށް ތާވަލުކޮށްފިއެވެ.

އިއްޔެއިންފެށިގެން ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ ކުރިޔަށް ގެންދިޔުމަށް ރިޔާސަތު މަސައްކަތްކުރި ނަމަވެސް، ސަރުކާރަށް ތާއީދު ކުރާ މެމްބަރުން ހުރަސްއަޅުއްވަމުން ގެންދިޔުމާއި ގުޅިގެން، އެޖަލްސާ ވަނީ ކުރިޔަށް ގެންދެވޭ ގޮތް ނުވެފައެވެ. 

ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލައިގައި މިއަދު 11:00 ގައިވެސް ޖަލްސާ ބޭއްވުމަށް ތާވަލު ކުރިއެވެ. އެހެން ނަމަވެސް އެޖަލްސާވެސް ބޭއްވޭގޮތް ވަނީ ނުވެފައެވެ.

ސަރުކާރަށް ތާއީދު ކުރައްވާ މެމްބަރުން މަޖިލީހުގެ ޖަލްސާއަށް ހުރަސްއަޅުއްވަމުން ގެންދަވަނީ، ސަރުކާރުންގެ ބައެއް ވަޒީރުންނަށް ރުހުން ނުދިނުމަށް އިދިކޮޅު މައި ދެޕާޓީން ނިންމުމާއި ގުޅިގެންނެވެ. ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީއޮތީ އިދިކޮޅު ޕާޓީތަކަށެވެ. އެހެންކަމުން ސަރުކާރުން ބޭނުންވާ ގޮތަށް މަޖިލީހުގެ ތެރެއިން ކަންކަން ކުރުމަށް ސަރުކާރަށް ފުރުޞަތެއް ނެތެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.