Advertisement

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަޙްމަދު ސަލީމް -- ފޮޓޯ: މަޖިލިސް

11 Feb 2024
ޚަބަރު
ޢަލީ ސުލައިމާން

ޤާބިލްކަމުގެ ގޮޮތުން އަދިވެސް ރައްޔިތުންގެ މަޖިލިސް އޮތީ ވަރަށް ޅަފަތުގައި: މަޖިލީހުގެ ނައިބު ރައީސް

ރައްޔިތުންގެ މަޖިލީހުގެ އުމުރުން، މިހާރު 92 އަހަރުވެފައި ވީނަމަވެސް، ޤާބިލްކަމުގެ ގޮތުން ބަލާއިރު އަދިވެސް މަޖިލިސް އޮތީ ވަރަށް ޅަފަތުގައި ކަމަށް، ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ މެމްބަރު އަޙްމަދު ސަލީމް ވިދާޅުވެއްޖެއެވެ.

ސަލީމް މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހާއި ޑަބްލިއު އެފް ޑީ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ ކޮމިޓީ އެންޑް ރިސަރޗް ސެކްޝަންގެ މަސައްކަތް ޑިޖިޓަލް ކުރުމަށް ތައްޔާރުކުރި ޑިޖިޓަލް ޑޭޓާބޭސް އިފްތިތާޙްކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.

ސަލީމް ވިދާޅުވީ، ޤާބިލްކަމުގެ ގޮތުން މަޖިލިސް އަދިވެސް އޮތީ ވަރަށް ޅަފަތުގައި ކަމަށާއި، އުމުރާއި އެއްވަރަށް މަޖިލިސް ކުރިއަރައި ނުދާކަމަށެވެ. އަދި އެކަން އެންމެ ބޮޑަށް ދެނެގަތީ 19 ވަނަ ރައްޔިތުންގެ މަޖިލީހުގައި ކަމަށް ދެންނެވުމަކީވެސް ކުށަކަށް ނުވާނެ ކަމުގައި ސަލީމް ވިދާޅުވިއެވެ. 

ސަލީމް ވިދާޅުވީ، އެނގިފައި ވާހަކަތާއި ފެންނަން ހުރި މައުލޫމާތުތަކުން، ރައްޔިތުންގެ މަޖިލީހުގެ ޤާބިލްކަން ކުރިއަރުވައި ތަރައްޤީކުރުމަށް، ނިމިދިޔަ މަޖިލިސް ތަކުގައި އެކަށީގެންވާ މަސައްކަތްތަކެއްކޮށްފައި ނެތްކަމަށެވެ. 

"އެހެން ނޫނަމަ އަޅުގަނޑުމެން ތިބޭނީ މިއަދު މިތިބަ ފިޔަވަޅުގެ މަތީގައެއް ނޫން. އަޅުގަނޑު ވަރަށް އުފަލާއި އެކު ފާހަގަކުރަން 19 ވަނަ މަޖިލިސް ފެށުމާއި އެކުގައި، ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމުގައި އޭރު ހުންނެވި، ރައީސް ނަޝީދު، ވެސްޓް މިނިސްޓަރސް ފައުންޑޭޝަންގެ އެހީ ހޯއްދަވައިގެން މަޖިލީހުގެ ޤާބިލްކަން އިތުރުކުރެއްވުމަށް، ކުރެއްވި މިންނަން މަސައްކަތްޕުޅު"

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަޙްމަދު ސަލީމް

ސަލީމް ވިދާޅުވީ، ރައީސް ނަޝީދު ކުރެއްވި މަސައްކަތްޕުޅުގެ ނަތީޖާއެއްގެ ގޮތުން، އެމަނިކުފާނަށްވެސް އިނގިރޭސި ވިލާތަށް ވަޑައިގެން، އިނގިރޭސި ޤާނޫނު ހަދާ މަޖިލީހުގެ މަސައްކަތްތައް ހިނގާގޮތް ބަލައިލުމުގެ ފުުރުޞަތު ލިބިގެން ދިޔަކަމަށެވެ. 

އަދި ވެސްޓް މިނިސްޓަރސް ފައުންޑޭޝަން އާއި އެކު ޤާއިމްކުރެވުނު ގުޅުމަކީ، މަޖިލީހުގެ ކަންކަން ރަނގަޅު ކުރުމަށް ކުރެވުނު، ފައިދާހުރި ވަރަށް މުހިއްމު ކަމެއް ކަމުގައިވެސް މަޖިލީހުގެ ނައިބު ރައީސް އަޙްމަދު ސަލީމް ވިދާޅުވިއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.