Advertisement

އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން--

29 Jan 2024
ޚަބަރު
ޢަލީ ސުލައިމާން

މަޖިލީހުގެ ދައުރު އަދާކުރުމަށް ހުރަސް އެޅުން ބަލައެއް ނުގަންނަން: މަޖިލީހުގެ ނައިބު ރައީސް

ރައްޔިތުންގެ މަޖިލީހުގެ ދައުރު އަދާކުރުމަށް ފުރުޞަތު ނުދިނުން ބަލައި ނުގަންނަ ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަޙްމަދު ޞަލީމް ވިދާޅުވެއްޖެއެވެ.

ސަލީމް މިހެން ވިދާޅުވީ، ރޭ އެމްޑީޕީގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

މަޖިލީހުގެ އިދާރާގައި އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، މަޖިލީހުގެ ނައިބު ރައީސް އަދި ހޯރަފުށީ ދާއިރާގެ މެމްބަރު އަޙްމަދު ސަލީމް ވިދާޅުވީ، މަޖިލީހުގެ ޑިއުޕްރޮސެސް ހިންގުމަށް ހުރަސް އެޅުން ބަލައި ނުގަންނަ ކަމަށެވެ. ސަލީމް ވިދާޅުވީ، ވަޒީރުންނަށް ރުހުން ދިނުމުގެ ވޯޓަށް ފުރުޞަތުދޭން ޖެހޭނެ ކަމަށެވެ.

"އަޅުގަނޑުމެން މެމްބަރުންނަށް ވޯޓުލުމުގެ ފުރުޞަތު ދިން ނަމަ ނުކުންނާނެ ނަތީޖާ އަދި ނޭނގޭ. އޭރުގައި ގައިމުވެސް ރޫޙް ހުރީ، ވީހާވެސް ގިނަ މެމްބަރުންނަށް ރުހުން ދޭގޮތަށް. އެހެން ނަމަވެސް މިހިނގައިދިޔަ ކަންތައްތަކާއި ގުޅިގެން، އަޅުގަނޑުމެންގެ މެމްބަރުންގެ ވިސްނުން ވަރަށް ބޮޑަށް ބަދަލުވެއްޖެ. މިހާރު ކުރިން ހުރި ރޫޙް ވަރަށް ބޮޑަށް ތަފާތުކޮށްކަން އަޅުގަނޑަށް އިޙްސާސްކުރެވޭ." 

އަޙްމަދު ސަލީމް - ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް

ވަޒީރުންގެ މަޖިލީހުގެ މެމްބަރުންނަށް ރުހުން ދިނުމަށް، އިއްޔެއާ ރޭ ކުރިޔަށް ގެންދިޔުމަށް މަސައްކަތްކުރި ޖަލްސާތައް، ސަރުކާރަށް ތާއީދު ކުރާ މެމްބަރުން ވަނީ ހުރަސް އަޅާފައެވެ. މިގޮތުން މިއަދު މެންދުރާއި ހަމައަށްވެސް އެޖަލްސާ ވަނީ ބޭއްވޭ ގޮތް ނުވެފައެވެ.

މީގެ އިތުރުން ސަރުކާރަށް ތާއީދުކުރާ ފަރާތްތަކުން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ތެރެއިން އިދިކޮޅު މެމްބަރުންނަށް މަރުގެ އިންޒާރުތައް ދެމުންދާ ކަމުގައި އެމްޑީޕީގެ މެމްބަރުން ވަނީ ވިދާޅުވެފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.