Advertisement

ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ މެމްބަރު، މުޙައްމަދު ނަޝީދު ޢަބުދުﷲ --- ފޮޓޯ: މަޖިލިސް

05 Feb 2024
ޚަބަރު
ޢަލީ ސުލައިމާން

ދޯނިތަކަށް ސިފައިން އެރި މައްސަލައިގައި ސަރުކާރުން ކަންކަން ސާފުކޮށް ނުދޭތީ، މެމްބަރު ނަޝީދުގެ ނުރުހުން ސަރުކާރަށް!

އިންޑިއާގެ ދެމަނަވަރެއް ރާއްޖޭގެ ސަރަހައްދަށް ވަދެ މަސްދޯނިތަކަށް އެރި މައްސަލައިގައި ސަރުކާރުން ވާހަކަ ނުދައްކާތީ، ނުރުހުންފާޅުކުރައްވައި، ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ މެމްބަރު މުޙައްމަދު ނަޝީދު، ޢަބުދުﷲ ސަރުކާރަށް ފާޑު ވިދާޅުވެއްޖެއެވެ.

މިއަދު މެންދުރުފަހު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މެމްބަރު ނަޝީދު ވިދާޅުވީ، ރައްޔިތުން އެކަމާއި ގުޅޭ މައުލޫމާތު ބޭނުންވާ ކަމަށާއި، ސަރުކާރު މިހާރަށްވުރެ ޒިންމާދާރުވާން ޖެހޭ ކަމަށެވެ. އަދި އެއީ ކިހިނެއް ހިނގައިގެން އުޅޭ ކަމެއްކަން ސަރުކާރުން މިހާތަނަށްވެސް ސާފުކޮށް ނުދޭތީ އެކަމުގެ ކަންބޮޑުވުން މެމްބަރު ނަޝީދު ފާޅުކުރެއްވިއެވެ.

ޕާޓީތަކުން ޚާރިޖީ ސިޔާސަތުތައްވެސް ގެންގުޅޭ ގޮތަށް މެމްބަރު ނަޝީދު ވަނީ ފާޑު ވިދާޅުވެފައެވެ. މިގޮތުން ޗައިނާ އާއި ދެކޮޅަށް އެއްޗެއް ބުނަން މިސަރުކާރަށް ނުކެރޭ ކަމުގައި އޭނާ ފާހަގަކުރެއްވިއެވެ. މެމްބަރު ނަޝީދު ވިދާޅުވީ، އިންޑިއާ ސިފައިން ދޯނިތަކަށް އެރި މައްސަލައިގައި، ރާއްޖޭގައި ހުންނަވާ އިންޑިއާ ސަފީރު، ޚާރިޖިއްޔާއަށް ހާޟިރުކޮށް އެކަމާއި ގުޅޭ ގޮތުން ސުވާލުކުރަން ޖެހޭ ކަމަށެވެ.

އިންޑިއާގެ އަސްކަރީ ސިފައިން ރާއްޖޭގެ ސަރަހައްދަށް ވަދެ މަސްދޯނިތަކަށް އަރައި ބަލައި ފާސްކުރި ސަބަބެއް ސާފުކޮށްދޭން ޚާރިޖިއްްޔާއި އިންޑިއާ ސަރުކާރުގައި އެދިފައި ވީނަމަވެސް އެކަމާއި ގުޅިގެން އިތުރު މައުލޫމާތެއް ސަރުކާރުން ހާމައެއް ނުކުރެއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
31 May 2025
ޚަބަރު
މިއަދު 4 އިން 5 އަށް މާލެއިން ކަރަންޓް ކެޑިދާނެ: ސްޓެލްކޯ
ސްޓެލްކޯއިން މިއަދު މާލޭގެ ކަރަންޓު ޑިސްޓްރިބިއުޝަން ވިއުގައިގައި ކޮންމެހެން ކުރަންޖެހޭ މުހިއްމު މަސައްކަތެއް ކުރުމަށްޓަކައި، މިއަދު ހަވީރު 4:00 އާއި 5:00 އާއި ދެމެދު މާލޭގެ ހަތަރު އަވަށުގެ އެެކި ސަރަހައްދުތަކުން ކުޑަ ވަގުތުކޮޅަކަށް ކަރަންޓުގެ ހިދުމަތަށް ބުރޫއަރާފާނެ ކަމަށް ސޯޝަލް މީޑިއާގައި ޕޯސްޓްކޮއްފިއެވެ. އަދި މިކަމާއި ގުޅިގެން ދިމާވެދާނެ ދަތިތަކަށްްޓަކާއި ރައްޔިތުން ކިބައިން މާފަށްއެދިފައިވެއެވެ.
25 May 2025
ޚަބަރު
ޝަންމާންއަށް 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
ކުރީގެ އިމިގްރޭޝަންގެ ކޮންޓްރޯލަރުގެ މަގާމުން ވަކިކުރި މުހައްމަދު ޝަމްއާން ވަހީދުގެ މައްޗަށް ދައުވާ އުފުލައި، ކްރިމިނަލް ލޯޓަށް ފޮނުވައިފި އެވެ. ދައުވާސާބިތުވެއްޖެ ނަމަ 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
24 May 2025
ޚަބަރު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒަށް ވަޑައިގެން، ސްލެކޯގެ ސްޓޯލަށް ކުރެއްވި ޒިޔާރަތުގައި، ސަރުކާރުގެ ހިއްސާވާ ކުންފުނިތަކުގެ ގިންތިން އެއްވަނަ ހޯދި ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ. ރީޖަނަލް ސްކާޑާ ސިސްޓަމަކީ ސްޓެލޯކެގެ މުވައްޒަފުންގެ އުފެއްދުންތެރި އަދި އީޖާދީ ވިސްނުމުގެ ސަބަބުން ޙާޞިލުކުރެވުނު ފާހަގަކޮށްލެވޭ ކާމިޔާބެކެވެ.
23 May 2025
ޚަބަރު
އަޕްޓަމިލް މިލްކް ކިރުދަޅަކަށް ބޭނުން ޖެހިފައިވާ ތުއްތު ކުއްޖާ، މުޅިމާލެއިން ހުސްވެފައި
ސޯޝަލްމީޑިއާގައި ދައުރުވުމުންދައު ޕޯސްޓްގައި ބަޔާން ކޮއްފައިވަނީ އެކުއްޖާ ވަރަށް ހާލުދެރަވެގެން ހޮސްޕިޓަލްގައި އެޑްމިޓްކޮއްފައިވާކަމަށެވެ. އަދި އަޅުގަނޑުމެން ނޫހުން ފޯނުން ގުޅައި މިކަންވަނީ ކަށަވަރު ކުރެވިފައިއެވެ. އެދެނީ ވީހާވެސް ގިނަބަޔަކު މިކަމުގައި އުޅެދެއްވައި މި ތުއްތު ކުއްޖައިގެ ފުރިހަމަ ސިއްހަތަކަށް ގެނަސްދެއްވުމަށްޓަކައި މިކަމުގައި އެހީތެރިވެލެއްވުމެވެ.