Advertisement

ރައްޔިތުންގެ މަޖިލީހުން ރުހުން ނުދެއްވި ވަޒީރުން --

06 Feb 2024
ޚަބަރު
ޢަލީ ސުލައިމާން

މަޖިލީހުން ރުހުން ނުދިން 3 ވަޒީރުން މަޤާމަށް ޢައްޔަނުކުރުމަށްފަހު އަލުން ރުހުން ހޯދަން ފޮނުއްވައިފި

މިދިޔަ މަހުގެ 29 ވަނަ ދުވަހު ރައްޔިތުން މަޖިލީހުން ރުހުން ނުދިން ތިން ވަޒީރުން ހަމަ އެދުވަހު މަޤާމަށް ޢައްޔަނުކުރުމަށްފަހުގައި، އެބޭފުޅުންނަށް ރުހުން ހޯދުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަލުން ރައްޔިތުންގެ މަޖިލީހަށް އެބޭފުޅުންގެ ނަންތައް ފޮނުއްވައިފިއެވެ.

ޖެނުއަރީ މަހުގެ 29 ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގައި، ރުހުން ނުދިން 3 ވަޒީރުންނަކީ، ބަންޑާރަ ނައިބު އަޙްމަދު އުޝާމާއި، މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް، ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދާއި، ހައުސިން މިނިސްޓަރ ޑރ. ޢަލީ ޙައިދަރެވެ.

މިތިން ބޭފުޅުންނަށް ރައްޔިތުންގެ މަޖިލީހުން ރުހުން ނުދިނުމުން، އޭގެ ދެތިންގަޑިއިރު ފަހުން ހަމަ އެދުވަހު، ރައީސް ޑރ. މުޢިއްޒު ވަނީ އެތިން ބޭފުޅުން، ކުރިން ތިއްބެވި ވުޒާރާތަކަށް އަލުން ޢައްޔަނުކުރައްވައި މަޤާމުގެ ފަތްކޮޅު ދެއްވާފައެވެ. މަޖިލީހުން ރުހުން ނުދެއްވި ތިން މިނިސްޓަރުން ހަމަ އެމިނިސްޓްރީތަކަށް ރައީސުލްޖުމްހޫރިއްޔާ އަލުން ޢައްޔަނުކުރެއްވުމަކީ، ޤާނޫނު އަސާސީގެ ރޫޙާއި ޙިލާފަށް ކުރެއްވި ކަމެއް ކަމުގައި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި ޤާނޫނީ ދާއިރާގެ ބޭފުޅުން ވަނީ ވިދާޅުވެފައެވެ.

ބަންޑާރަ ނައިބު އަޙްމަދު އުޝާމަށް ރުހުން ނުދިނުމަށް މަޖިލީހުން ފާސްކުރީ މަޖިލީހުގެ ބޮޑު އަޣުލަބިއްޔަތަކުންނެވެ. މިގޮތުން އުޝާމަށް ރުހުންދޭން ފެންނަކަމަށް 24 މެމްބަރުން ވޯޓު ދެއްވި އިރު، ރުހުން ނުދޭން ފާސްވީ 44 މެމްބަރުންގެ ވޯޓުންނެވެ.

އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދަށް ރުހުން ނުލިބުނީ 1 ވޯޓުގެ ތަފާތުންނެވެ. ޝަހީމަށް ރުހުންދޭން ފެންނަކަމަށް 30 މެމްބަރުން ވޯޓު ދެއްވިއިރު ރުހުންދޭން ނުފެންނަކަމަށް، 31 މެމްބަރުން ވޯޓު ދެއްވިއެވެ.

މިނިސްޓަރ އޮފް ހައުސިންގ، ލޭންޑް އެންޑް އަރބަން ޑިވެލޮޕްމަންޓް، ޑރ. ޢަލީ ހައިދަރަށް ރުހުން ނުދޭން ފާސްކުރީވެސް ސާފު އަޣުލަބިއްޔަތުންނެވެ. މިގޮތުން ޑރ. ޢަލީ ހައިދަރަށް ރުހުން އޮތް ކަމަށް 24 މެމްބަރަކު ވޯޓު ދެއްވި އިރު، ރުހުން ދޭން ނުފެންނަކަމަށް، 46 މެމްބަރަކު ވޯޓު ދެއްވިއެވެ.

ރައްޔިތުންގެ މަޖިލީހުން ރުހުން ނުދިން ވަޒީރުން ހަމައެދުވަހު އަލުން މަޤާމަށް ޢައްޔަނުކުރައްވައި، މަޖިލީހުގެ ރުހުން ހޯއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ އެބޭބޭފުޅުންގެ ނަންތައް އަލުން މަޖިލީހަށް ފޮނުއްވުމަކީ ޤާނޫނު އަސާސީގެ ޙުރުމަތް ކަނޑާލުން ކަމުގައިވެސް ރައްޔިތުންގެ މަޖިލީހުގެ އިދިކޮޅު މެމްބަރުން ވަނީ ވިދާޅުވެފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.
02 Jul 2025
ޚަބަރު
ވަގު ފޯމުތަކުގެ މައްސަލައިގައި ފުލުހުން ނިންމީ ތަހުގީގު ނުކުރަން
ހެރިޓޭޖް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު، މުހައްމަދު ތޯރިގުގެ ނަމުގައި ވެރިކަން ކުރާ ޕީއެންސީން އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅީ ވަގު ފޯމެއްކަން ސާބިތުވުމުން ވެސް އެ މައްސަލައިގައި ޖިނާއީ ދައުވާއެއް ކުރާވަރުގެ ހެއްކެއް ނެތްކަމަށް ބުނެ، ފުލުހުން އެ މައްސަލަ ފައިލް ކޮށްފިއެވެ.
30 Jun 2025
ވިޔަފާރި
އާންމުކޮށް އޮންލައިން ވިޔަފާރިކުރާ ސައިޓުތަކުން އިތުރު ފީއެއް ނަގަން ނިންމައިފި
ބީއެމްއެލް އިން ބުނީ، އިންޓަނެޓް މެދުވެރިކޮށް ބައެއް ފަރާތްތަކުން މަދު ސައިޓްތަކުން ވިޔަފާރީގެ ބޭނުމަށް މުދާ ގެނައުމަށް ފައިސާ ދައްކާ ކަމަށެވެ. އެގޮތަށް ފާހަގަކުރެވޭ "ބައެއް މަދު ސައިޓްތަކުން، 1 ޖުލައި 2025 އިން ފެށިގެން 30 ޕަސެންޓާ ހަމައަށް ފީއެއް ނަގާނެ" ކަމަށް ބޭންކުން ބުންނެވެ. އޭގެ ތެރޭގައި އާންމުކޮށް ދިވެހިން ބޭނުން ކުރާ ޓީމޫ، ޝީއިން، އަލިބާބާ، އަލި އެކްސްޕްރެސް، ލަޒާޑާ އަދި އީބޭ ހިމެނޭނެއެވެ.
30 Jun 2025
ވިޔަފާރި
ބީއެމްއެލް ޑެބިޓް ކާޑު ލިމިޓް 500 ޑޮލަރަށް ބޮޑުކޮށްފި
ބީއެމްއެލްއިން ވިދާޅުވީ ބޭންކުގެ ހުރިހާ ކަސްޓަމަރުންނަށް ހަމަހަމަކަމާއި އެކު ބޭންކުން ދޫކޮށްފައިވާ ހުރިހާ ބްރޭންޑެއްގެ ޑެބިޓް ކާޑުތަކުން ރާއްޖޭން ބޭރުގެ މުއާމަލާތްތަކަށް ބޭނުންކުރެވޭ އަދަދު އިތުރުކުރުމަށްޓަކައި، މިހާރު ޑެބިޓް ކާޑުތަކުން ނިސްބަތުން މަދު ކަސްޓަމަރުން ނަހަމަގޮތުގައި ކުރާ ބޭނުންތަކާއި ވިޔަފާރީގެ ބޭނުމަށް އަމިއްލަ ފަރުދުންގެ އެކައުންޓްތަކުން ކުރާ ބޭނުން ކޮންޓްރޯލްކުރުމަށް ބަދަލުތަކެއް ވެސް ގެނެވިފައިވާނެކަމަށެވެ.