Advertisement

ރުހުން ނުދިން ވަޒިރުން އަލުން ހަމަ އެމްޤާމްތަކަށް އައްޔަނު ކުރެއްވުން — ފޮޓޯ: ރައީސް އޮފީސް

29 Jan 2024
ޚަބަރު
ޢަލީ ސުލައިމާން

މަޖިލީހުން ރުހުން ނުދިން ވަޒީރުން އަލުން ހަމަ އެ މަޤާމުތަކަށް ރައީސް ޢައްޔަނުކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، މިއަދު މަޖިލީހުން ރުހުން ނުދިން ވަޒީރުން އަލުން ހަމަ އެ މަޤާމުތަކަށް ޢައްޔަނު ކުރައްވައިފިއެވެ.

މިއަދު މަޖިލީހުން ރުހުން ނުދިން ތިން ވަޒީރުންނަކީ، ބަންޑާރަ ނައިބު އަޙްމަދު އުޝާމް އާއި އިސްލާމިކް މިނިސްޓަރ ޑރ. މުހައްމަދު ޝަހީމް ޢަލީ ސަޢީދާއި ހައުސިން މިނިސްޓަރ ޑރ ޢަލީ ހައިދަރެވެ. މިތިން ބޭފުޅުން އަލުން ވަޒީރުންގެ މަޖިލީހަށް ޢައްޔަނުކުރައްވައި މަޤާމުގެ ފަތްކޮޅު ދެއްވުމާއި ހުވާކުރުމުގެ ރަސްމިއްޔާތު ބާއްވާފައި ވަނީ މިއަދު ހަވީރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. ބަންޑާރަ ނައިބުގެ މަޤާމަށް އުޝާމް އަލުން ޢައްޔަނުކުރެއްވުމަށް ފަހު، ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރުކަމަށްވެސް އުޝާމް ޢައްޔަނު ކުރައްވައި މަޤާމްގެ ފަތްކޮޅު ވަނީ ދެއްވާފައެވެ.

ބަންޑާރަ ނައިބުގެ މަޤާމަށާއި ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ މެމްބަރުގެ މަޤާމަށް އުޝާމް އައްޔަނު ކުރައްވައި މަޤާމުގެ ފަތްކޮޅު ހަވާލުކުރެއްވުމުގެ ރަސްމިއްޔާތު ބާއްވާފައި ވަނީ ވަކިންނެވެ.

ރައްޔިތުންގެ މަޖިލީހުން ވަޒީރަކަށް ރުހުން ނުލިބިއްޖެނަމަ އެވަޒީރަކަށް މަޤާމް ގެއްލިގެންދާނެއެވެ. އެހެން ނަމަވެސް ހަމަ އެ ބޭފުޅުން އަލުން ހަމަ އެމަޤާމްތަކަށް ހަމަޖެއްސެވުމަކީ، ޤާނޫނީ ގޮތުން އެކަމަށް ހުރަހެއް އޮތް ކަމެއް ނޫނެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.