Advertisement

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގެ ތެރެއިން — ފޮޓޯ: މަޖިލިސް

29 Jan 2024
ޚަބަރު
ޢަލީ ސުލައިމާން

ވަޒީރުންނަށް ރުހުން ދިނުމުގެ ޖަލްސާ މާދަމާ 11 ޖަހާއިރު ބާއްވަނީ

މިސަރުކާރުގެ ވަޒީރުނަށް ރުހުން ދިނުމަށް ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ މާދަމާާ 11 ޖަހާއިރު ބޭއްވުމަށް އަނެއްކާވެސް ތާވަލުކޮށްފިއެވެ. 

މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުުގެ ޖަލްސާގައިވެސް ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ ކުރިޔަށް ގެންދިޔުމަށް މަސައްކަތް ކުރި ނަމަވެސް 1:30ގައި ވޯޓަށް އަހަން ތައްޔާރުވުމާއި އެކު މަޖިލީހުގައި ތިއްބެވި ސަރުކާރަށް ތާއީދު ކުރާ މެމްބަރުން ވަނީ މަޖިލީހުގެ ޖަލްސާ ކުރިޔަށް ގެންދިޔުމަށް ހުރަސް އަޅާފައެވެ. މަޖިލީހުގެ ޖަލްސާ މިރޭވެސް ކުރިޔަށް ގެންދިޔުމަށް މަޖިލީހުގެ ރައީސް މުޙައްމަދު އަސްލަމް މަސައްކަތް ކުރެއްވި ނަމަވެސް ސަރުކާރަށް ތާއީދު ކުރާ މެމްބަރުން ހުރަސް އަޅުއްވަމުން ގެންދިޔުމާއި ގުޅިގެން ޖަލްސާ ބޭއްވޭ ގޮތް ވަނީ ނުވެފައެވެ.

އެހެންވެ މަޖިލީހުގެ ޖަލްސާ ނިންމަވާލެއްވިކަން ރިޔާސަތުން ޢިއުލާނުކުރެއްވީ މިރޭގެ 10:57 ގައެވެ.ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް މާދަމާ ބޭއްވުމަށް ތާވަލުކުރި އިރު އެޖެންޑާގައި ހިމަނާފައި ވަނީވެސް މެމްބަރުންނަށް ރުހުން ދިނުމުގެ މައްސަލައެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާ ހޫނުވެ މެމްބަރުންގެ މެދުގައި މާރާމާރީވެސް ހިނގާފައި ވާއިރު، ޖަލްސާ ހޫނުވާން މެދުވެރިވީ، މަޖިލީހުގެ މެޖޯރިޓީ އޮތް އިދިކޮޅު ފަރާތްތަކުން މިސަރުކާރުގެ ބައެއް ވަޒީރުންނަށް ރުހުން ނުދޭނެކަން ހާމަކުރުމާއި ގުޅިގެންނެވެ. މިސަރުކާރުގެ ބައެއް ވަޒީރުންނަށް ރުހުން ނުދޭނެކަމުގެ އަޑު ގަދަވެފައި ވީނަމަވެސް، އެމްޑީޕީއާ ދަ ޑިމޮކްރެޓްސްއިންވެސް ވަކި ވަޒީރުންތަކަކަށް ރުހުން ނުދޭނެކަން ރަސްމީކޮށް މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ. އެނގިފައިވާ ގޮތުގައި، އިދިކޮޅުން ރުހުން ނުދޭނެ ވަޒީރުންގެ މަޖިލީހުގެ މެމްބަރުންގެ ތެރޭގައި، ބަންޑާރަ ނައިބު ޢަޙްމަދު އުޝާމް އާއި، ހައުސިންގ މިނިސްޓަރ ޑރ. ޢަލީ ހައިދަރާއި، އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދާއި، އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސަޢީދުގެ އިތުރުން ޓުއަރިޒަމް މިނިސްޓަރ އިބްރާހީމް ފައިޞަލް ހިމެނިވަޑައިގަންނަވައެވެ. 

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.