Advertisement

ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މީކާއީލް އަޙްމަދު ނަސީމް --

17 May 2024
ޚަބަރު
ޢަލީ ސުލައިމާން

ގޯތިތައް އަވަސް މުސްތަޤުބަލެއްގައި ހަވާލު ކުރުމުގެ ވިސްނުމެއް ސަރުކާރުގައި ނެތް: މީކާއީލް

ބިންވެރިޔާ ސްކީމްގެ ދަށުން ދޫކޮށްފައިވާ ގޯތިތައް އަވަސް މުސްތަގުބަލެއްގައި ހަވާލުކުރުމުގެ އެއްވެސް ނިޔަތެއް ސަރުކާރުގެ ނެތްކަން ހާމަވެގެން ހިނގައްޖެ ކަމުގައި، ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މީކާއީލް އަޙްމަދު ނަސީމް ވިދާޅުވެއްޖެއެވެ.

މީ ކާއީލް މިހެން ވިދާޅުވީ، އޭނާ ހުށައަޅުއްވައިގެން ރައްޔިތުންގެ މަޖިލީހުން ފާސްކުރެއްވި، ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނަށް 9 ވަނަ އިޞްލާޙު ގެނައުމުގެ ބިލް ރައީސުލްޖުމްހޫރިއްޔާ ތަސްދީޤު ނުކުރައްވައި އަނބުރާ މަޖިލީހަށް ފޮނުއްވައި ލެއްވުމާއި ގުޅިގެންނެވެ. އެބިލަކީ، ނިމިދިޔަ ސަރުކާރުގައި މާލޭގެ ރައްޔިތުންނަށް ހުޅުމާލެ އިންނާއި ގުޅިފަޅުން އަދި ގިރާވަރުފަޅުން ދޫކޮށްފައިވާ ގޯތިތައް  މަސްދުވަހުގެ ތެރޭ ހަވާލުކުރުން ލާޒިމްކޮށްފައިވާ ބިލެކެވެ. ރައްޔިތުންގެ މަޖިލީހުގެ އިއްތިފާޤުން ބިލް ފާސްކޮށްފައި ވާއިރު، ރައީސުލްޖުމްހޫރިއްޔާ ބިލް ތަސްދީޤު ނުކުރައްވައި އަނބުރާ މަޖިލީހަށް ފޮނުއްވާ ލެއްވި އިރު 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ވަނީ މި މަހުގެ 13 ވަނަ ދުވަހު ނިންމަވާލައްވާފައެވެ.

ރައީސުލްޖުމްހޫރިއްުޔާ ތަސްދީޤު ނުކުރައްވާ އަނބުރާ ފޮނުވާލެއްވި ބިލެއް އެއްވެސް ބަދަލެއް ނުގެނެސް މަޖިލީހުން ދެވަނަ ފަހަރަށް ކުރިން ހަމަ އޮތް ގޮތަށް މަޖިލީހުން ފާސްކުރައްވައިފިނަމަ، އެ ބިލެއް ޤާނޫނަކަށްވެ ގެޒެޓް ކުރަންޖެހޭނެއެވެ.

އޭޕްރީލް މަހުގެ 29 ވީ ހޯމަ ދުވަހު ރައްޔިތުންގެ މަޖިލީހުން ފާސްކޮށް  ތަސްދީޤު ކުރުމަށް ރައީސުލްޖުމްހޫރިއްޔާއަށް ފޮނުއްވެވި އެބިލް ރައީސް އަނބުރާ މަޖިލީހަށް ފޮނުއްވާ ލެއްވީ، އެމަނިކުފާނަށް ބިލެއް ތަސްދީޤު ނުކޮށް ހިފެހެއްޓޭނެ އެންމެ ދިގު މުއްދަތުކަމުގައިވާ 14 ދުވަށް ހަމަ ކުރެއްވުމަށްފަހު، 19 ރައްޔިތުންގެ މަޖިލީހުގެ އެންމެ ފަހު ދައުރުގެ އެންމެ ފަހު ޖަލްސާވެސް ބޭއްވި ފަހުންނެވެ.

19 ވަނަ ރައްޔިތުންގެ މަޖިލިސް 28 މެއިގައި އުވި އައު މަޖިލިސް ހަމަ އެދުވަހު ހުވާކުރާއިރު، މަޖިލީހުގެ ސުޕަރ މެޖޯރިޓީ އޮތީ ސަރުކާރަށެެވެ.

ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނަށް ގެނައި އިސްލާޙް ތަސްދީޤު ނުކުރައްވައި އަނބުރާ ފޮނުވާލެއްވި ސަބަބެއް މީޑިއާއަށް ހާމަކުރައްވާފައެއް ނުވެއެވެ.

ކޮމެންޓް
ާއަލިފުޅުބެ
ރަނގަޅު ވިސްމެއްގައި ދިން ގޯތިތަކެއްނަމަ ވެރިކަމުގައި ތިބިއިރު ހަވާލުކުރީސް.
17 May 2024
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.