Advertisement

ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ މުޤައްރިރު ޤާސިމް އިބްރާހީމާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ -- ފޮޓޯ: މަޖިލީހުގެ އިދާރާ

03 Jun 2024
ޚަބަރު
ޢަލީ ސުލައިމާން

މާލިއްޔަތު ކޮމިޓީގެ މުޤައްރިރުކަށް ޤާސިމް އިބްރާހީމަށް!

ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ މުގައްރިރަކަށް، ރައްޔިތުންގެ މަޖިލީހަށް ޖުމްހޫރީ ޕާޓީން ހޮވުނު ހަމައެކަނި މެމްބަރު، ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރު ޤާސިމް އިބްރާހީމް ހޮވައިފިއެވެ.

ޤާސިމް އިބްރާހީމް މާލިއްޔަތު ކޮމިޓީގެ މުގައްރިރަކަށް ހޮއްވަވާފައި ވާއިރު، އެކޮމެޓީގެ ނައިބު މުގައްރިރަކަށް ހޮވާފައި ވަނީ، ރައްޔިތުންގެ މަޖިލީހުގެ އޭދަފުށީ ދާއިރާގެ، ޕީއެންސީގެ މެމްބަރު ޢަޙްމަދު ސަލީމެވެ. މާލިއްޔަތު ކޮމިޓީގައި، 11 މެމްބަރުން ތިއްބަވާއިރު އެކޮމިޓީގެ މެޖޯރިޓީވެސް އޮތީ ސަރުކާރު ހިންގާ ޕާޓީ ޕީއެންސީއަށެވެ. އެކޮމިޓީގައި ހިމެނިވަޑައި ގަންނަވަނީ، ޖުމްހޫރީ ޕާޓީގެ މެމްބަރަކާއި އެމް.ޑީ.ޕީގެ ދެ މެމްބަރުންނާއި، ސަރުކާރު ހިންގާޕާޓީ ޕީއެންސީގެ 8 މެމްބަރުންނެވެ.

މާލިއްޔަތު ކޮމިޓީގެ މެމްބަރުން:

މުޤައްރިރު- ޤާސިމް އިބްރާހިމް (ޖުމްހޫރީ ޕާޓީ)

ނައިބު މުޤައްރިރު - އަޙްމަދު ސަލީމް (ޕީ.އެން.ސީ)

ކޮމިޓީ މެމްބަރުން:

އަޙްމަދު ނާޒިމް ( މަޖިލީހުގެ ނައިބު ރައީސް - ޕީ.އެން.ސީ)

އިބްރާހީމް ޝުޖާއު (ޕީ.އެން.ސީ)

ޢަބްދުالله ޝަރީފް (ޕީ.އެން.ސީ)

މުޙައްމަދު މަމްދޫހު (ޕީ.އެން.ސީ)

އަސަދުالله ޝިހާބު (ޕީ.އެން.ސީ)

އަޙްމަދު އަޒާން (ޕީ.އެން.ސީ)

ހަމަދު އަބްދުالله (ޕީ.އެން.ސީ)

އަބްދުލްޣަފޫރު މޫސާ  (އެމް.ޑީ.ޕީ)

ޑރ. އަޙްމަދު ޝަމްހީދު - (އެމް.ޑީ.ޕީ)

ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަކީ ރައްޔިތުންގެ މަޖިލީހުގައި ހިމެނޭ ދާއިމީ ކޮމިޓީތަކުގެ ތެެރެއިން އެންމެ މުހިއްމު އެއް ކޮމިޓީއެވެ. ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށައަޅާ ދައުލަތުގެ ބަޖެޓު ދިރާސާކޮށް ބަޖެޓަށް ގެންނަންޖެހޭ ބަދަލުތައް ގެންނާނީ މި ކޮމިޓީގައެވެ. އަތޮޅުތަކުގެ ރަށްރަށުގެ ތަރައްޤީއަށް ރާވާ، ޕީއެސްއައިޕީ މަޝްރޫޢުތައް ދައުލަތުގެ ބަޖެޓުގައި ހިމެނުގައި އެންމެ މުހިއްމު ދައުރެއް އަދާކުރަނީ މިކޮމިޓީގައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.