Advertisement

ރައްޔިތުންގެ މަޖިލީހުގެ ނިލަންދޫ ދާއިރާގެ މެމްބަރު، ފާޠިމަތު ސަޢުދާ --

08 May 2024
ޚަބަރު
ޢަލީ ސުލައިމާން

މަޖިލީހުގެ ނައިބު ރައީސާކަމަށް ސައުދާ ވާދަކުރެއްވުމަށް ކެމްޕޭން ނުކުރައްވާ ކަމަށް ވިދާޅުވެއްޖެ

20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސާގެ މަޤާމަށް ކެމްޕޭން ކުރައްވަމުން ނުދާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ކޮއްކޯފުޅު، ފާޠިމަތު ސަޢުދާ ވިދާޅުވެއްޖެއެވެ.

ސަޢުދާ މިހެން ވިދާޅުވީ، ސަޢުުދާ މަޖިލީހުގެ ނާއިބު ރައީސާގެ މަޤާމަށް ގެނައުމަށް ގޮވާލާ ބައެއް ފަރާތްތަކުން ކުރަމުންދާ ކެމްޕޭންތަކާއި ގުޅިގެންނެވެ. މިގޮތުން ސައުދާ މަޖިލީހުގެ ނައިބު ރައީސް ކަމުގެ މަޤާމަށް ގެނައުމަށް ގޮވާލައި، "ސައުދާ ފޯރ ޑެޕިއުޓީ ސްޕީކަރ"ގެ ނަމުގައި ހިންގަމުންދާ އެކްސް އެކައުންޓާއި ގުޅޭ ގޮތުން ސައިދާ ވިދާޅުވީ، އެއީ އޭނާއާއި ގުޅުން އޮތް އެކައުންޓެއް ނޫންކަމަށެވެ. އަދި އޭނާގެ ނަމުގައި އެފަދަ ކަންކަން ނުކުރުމަށް ވަރަށް ބޮޑަށް އެދޭ ކަމުގައި ސައުދާ ވަނީ ވިދާޅުވެފައެވެ.

ސަޢުދާ ވިދާޅުވީ، އޭނާގެ މަސައްކަތްތައް ތަރުތީބު ވެގެން ދާނީ، ޕީޕީއެމް ޕީއެންސީގެ ލީޑަރޝިޕްގެ ވިސްނުމާއި އެއްގޮތަށް ކަމަށެވެ. އެހެން ނަމަވެސް މަޖިލީހުގެ ނައިބު ރައީސާގެ މަޤާމަށް ވާދަ ނުކުރައްވާނެ ކަމުގައެއް އޭނާ ވިދާޅެއް ނުވެއެވެ.

ރައްޔިތުންގެ މަޖިލީހުގެ 20 ވަނަ ދައުރަށް އިންތިޚާބު ވެފައި ވަނީ އެންމެ 3 އަންހެން ބޭފުޅުންނެވެ. މަޖިލީހުގެ މިފެށޭ ދައުރުގައި 93 މެމްބަރުން ތިއްބަވާނެއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.