Advertisement

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގެ ތެރެއިން

29 Apr 2024
ޚަބަރު
ޢަލީ ސުލައިމާން

އަށް ޤައުމަކަށް ކަނޑައެޅުއްވި ސަފީރުންނަށް މަޖިލީހުން މިއަދު ރުހުން ދެއްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ރާއްޖެއިން 8 ޤައުމަކަށް ސަފީރުންގެ ގޮތުގައި ކަނޑައަޅުއްވުމަށް ނިންމަވާފައިވާ ބޭފުޅުންނަށް ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުން ދީފިއެވެ.

މިބޭފުޅުންނަށް މަޖިލީހުން ރުހުން ދެއްވާފައި މިވަނީ އެބޭފުޅުންނަށް ރުހުން ހޯއްދެވުމަށް އެބޭފުޅުންގެ ނަންތައް ރައްޔިތުންގެ މަޖިލީހަށް ފޮއްނުވާފައި ވާތާ، ގިނަ ދުވަސްތަކަކަށް ފަހުގައެވެ. އަދި މަޖިލީހުގެ ތަޅުމުގައި އެބޭފުޅުންނަށް ރުހުން ދިނުމުގެ ވޯޓުވެސް ނަގާފައި މިވަނީ، އެހުރިހާ ބޭފުޅުންނަށްވެސް ރުހުން ދެއްވުމަށް ކޮމިޓީން ފާސްކޮށްފައިވާތާ މަހެއްހާ ދުވަސްފަހުންނެވެ.

ސަފީރުކަމަށް ރުހުން ދެއްވި ބޭފުޅުންނަކީ؛

ދިވެހިރާއްޖެއިން އެކުވެރި ޢަރަބި އިމާރާތަށް ކަނޑައަޅުއްވާ ސަފީރުގެ މަޤާމަށް، މުޙައްމަދު ޙުސައިން ޝަރީފް 

ދިވެހިރާއްޖެއިން ޖެނީވާއަށް ކަނޑައަޅުއްވާ ސަފީރުގެ މަޤާމަށް،  ޑރ. ސަލްމާ ރަޝީދު

ދިވެހިރާއްޖެއިން އިނިގިރޭސި ކަނޑައަޅުއްވާ ސަފީރުގެ މަޤާމަށް، އިރުތިޝާމް އާދަމް

ދިވެހިރާއްޖެއިން ސިންގަޕޫރަށް ކަނޑައަޅުއްވާ ސަފީރުގެ މަޤާމަށް،  މުޙައްމަދު ލުވައިޒް

ދިވެހިރާއްޖެއިން ބެލްޖިއަމްއަށާއި އީޔޫއަށް ކަނޑައަޅުއްވާ ސަފީރުގެ މަޤާމަށް، ގީލާ އަލީ

ދިވެހިރާއްޖެއިން މެލޭޝިޔާއަށް ކަނޑައަޅުއްވާ ސަފީރުގެ މަޤާމަށް، މަރިޔަމް ޝަބީނާ އަޙްމަދު

ދިވެހިރާއްޖެއިން ސްރީލަންކާއަށް ކަނޑައަޅުއްވާ ސަފީރުގެ މަޤާމަށް، މަސްޢޫދު ޢިމާދު

އެކުވެރި ދައުލަތްތަކުގެ ޖަމިއްޔާ އދ.އަށް ރާއްޖެއިން ކަނޑައަޅާ ދާއިމީ މަންދޫބުގެ މަޤާމަށް، ޢަލީ ނަސީރު މުހައްމަދު

ރައްޔިތުންގެ މަޖިލީހުން މިއަދު ސަފީރުކަމުގެ މަޤާމަށް ރުހުން ދެއްވި ގިނަ ބޭފުޅުންނަކީ މީގެ ކުރީގެ ސަރުކާރުތަކުގައިވެސް ސަފީރުކަމުގެ މަޤާމު ފުރުއްވި ބޭފުޅުންނެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.