Advertisement

މަޖިލީހުގެ ރައީސް އިންތިޚާބު ކުރުމަށް ނެގި ސިއްރުވޯޓު ގުނުމުގެ ތެރެއިން --

28 May 2024
ޚަބަރު
ޢަލީ ސުލައިމާން

ޕީއެންސީގެ ސުޕަރ މެޖޯރިޓީގެ އަދަދަށް އަބްދުއްރަޙީމަށް ވޯޓު ލިބި ވަޑައެއް ނުގަތް!

ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމުގެ މަޤާމަށް ޢަބުދުއްރަހީމް އިންނެވުމަށް ތާއީދު ނުކުރައްވާ ޕީއެންސީގެ މެމްބަރުން ތިއްބެވިކަން މަޖިލިސް ރައީސް އިންތިޚާބު ކުރުމަށް ނެގި ސިއްރު ވޯޓުގައި ހާމަވެއްޖެއެވެ.

ސަރުކާރަށް ތާއީދު ކުރައްވާ މެމްބަރުންނާއި، އެކު ރައްޔިތުންގެ މަޖިލީހުގައި ޕީއެންސީގެ ސުޕަރ މެޖޯރިޓީގެ އަދަދަކީ، 79 އެވެ. ޕީއެންސީގައި އެކަނިވެސް 75 މެމްބަރުން އެބަ ތިއްބެވިއެވެ. އެހެން ނަމަވެސް މަޖިލީހުގައި ނެގި ސިއްރު ވޯޓުގައި އަބްދުއްރަޙީމަށް ލިބިވަޑައިގެންނެވީ، 71 ވޯޓެވެ. ބާޠިލް 7 ވޯޓު އޮތެވެ.

މަޖިލީހުގެ ރައީސް އިންތިޚާބު ކުރުމަށް ނެގި ސިއްރު ވޯޓުގައި ޕީއެންސީއާއި ސަރުކާރަށް ތާއީދު ކުަރައްވާ ހުރިހާ މެމްބަރުން ބައިވެރިވެވަޑައިގެންނެވި އިރު، އެވޯޓުގައި ބައިވެރިވެވަޑައި ނުގަންނަވާ ހަމައެކަނި މެމްބަރަކީ މަޖިލީހުގެ ރިޔާސަތުގައި އިންނެވި، އެމްޑީއޭގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރު އަޙްމަދު ސިޔާމެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމުގެ މަޤާމަށް، ޢަބްދުއްރަހީމް އަދި ނައިބު ރައީސް ކަމުގެ މަޤާމަށް ދިއްގަރު ދާއިރާގެ މެމްބަރު އަޙްމަދު ނާޒިމް ހޮއްވެވުމަށް ތާއީދު ކުރައްވާ ކަމުގައި، ރައީސުލްޖުމްހޫރިއްޔާ، ޑރ. މުޙައްމަދު މުޢިއްޒު ވަނީ ހާމަކުރައްވާފައެވެ. އެހެން ނަަމަވެސް މަޖިލީހުގައި މިއަދު ނެގި ސިއްރު ވޯޓުގެ ނަތީޖާއިން، އަބްދުއްރަހީމް މަޖިލީހުގެ ރައީސް ކަމުގެ މަޤާމަށް ގެންނަން ބޭނުން ނުވާ، ޕީއެންސީގެ މެމްބަރުންވެސް އެބަ ތިއްބެވިކަން ދޭހަ ވެއެވެ.

 

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.