Advertisement

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް، އަޙްމަދު ސަލީމް --

06 May 2024
ޚަބަރު
ޢަލީ ސުލައިމާން

ތިން ޤައުމަކަށް ސަފީރުންގެ ގޮތުގައި އައްޔަނުކުރެއްވުމަށް ހުށައެޅުއްވި ބޭފުޅުންނަށް ރުހުންދީފި

ތިން ޤައުމަކަށް ސަފީރުންގެ ގޮތުގައި އައްޔަނުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ހުށައަޅުއްވާފައިވާ ތިން ބޭފުޅަކަށް ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުން ދިނުމަށް ފާސްކޮށްފިއެވެ.

މިގޮތުން މަޖިލީހުން ރުހުން ދީފައި ވަނީ، 

- ދިވެހިރާއްޖެއިން ޗައިނާއަށް ކަނޑައަޅުއްވާ ސަފީރު ކަމުގެ މަޤާމަށް، ޑރ. ފަޒީލް ނަޖީބު

- ދިވެހިރާއްޖެއިން ބަނގުލަދޭޝްއަށް ކަނޑައަޅުއްވާ ސަފީރު ކަމުގެ މަޤާމަށް، ޝިއުނީން ރަޝީދު.

- ދިވެހިރާއްޖެއިން ސަޢޫދީއަރަބިއްޔާއަށް ކަނޑައަޅުއްވާ ސަފީރު ކަމުގެ މަޤާމަށް، މުޙައްމަދު ޠާޙާ ؛ އަށެވެ.

މި ތިންބޭފުޅުންނަށް ރުހުން ދިނުމަށް ނެގި ވޯޓުގައި، ޑރ. ފަޒީލް ނަޖީބަށާއި، ޝިއުނީން ރަޝީދު ސަފީރު ކަމުގެ މަޤާމަށް ޢައްޔަނުކުރަން ފެންނަކަމަށް، ވޯޓު ދެއްވާފައި ވަނީ، 35 މެމްބަރުންނެވެ. އަދި ތާޙާއަށް ރުހުން ދިނުމަށް ފެންނަކަމަށް ވޯޓު ދެއްވާފައި ވަނީ، 33 މެމްބަރުންނެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.