Advertisement

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު އަސްލަމް --

13 May 2024
ޚަބަރު
ޢަލީ ސުލައިމާން

ރައްޔިތުންގެ މަޖިލީހުގެ 19 ވަނަ ދައުރުގެ ފަހު ޖަލްސާއަށް ހާޟިރުވީ 24 މެމްބަރުން

ރައްޔިތުންގެ މަޖިލީހުގެ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ އެންމެ ފަހު ޖަލްސާ މިއަދު ފެށި އިރު ޖަލްސާއަށް ހާޟިރުވެ ތިއްބެވީ މަޖިލީހުގެ 24 މެމްބަރުން ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު އަސްލަމް އިއުލާން ކުރައްވައިފިއެވެ.

މަޖިލީހުގެ ރައީސް މުޙައްމަދު އަސްލަމް ވިދާޅުވީ، މިއަދަކީ ރައްޔިތުންގެ މަޖިލީހުގެ 19 ވަނަ ދައުރުގެ އެންމެ ފަހު ޖަލްސާ ކަމުގައިވާތީ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހުރިހާ މެމްބަރުންނަށްވެސް ވާހަކަފުޅު ދެއްކެވުމުގެ ފުރުޞަތު ދެއްވާނެ ކަމަށެވެ. އެހެން ނަމަވެސް މަޖިލީހުގެ މެމްބަރުންނަށް އެބޭފުޅުން ވަދާޢީ ބަސްފުޅު އިއްވެވުމަށް ފުރުޞަތު ދެއްވާނީ، މަޖިލީހުގެ މިއަދުގެ ޖަލްސާއަށް އެޖެންޑާކުރެވިފައިވާ، އެހެން މަސައްކަތްތައް ނިންމެވުމަށްފަހުގައި އެފުރުޞަތު ދެއްވުމަށް ކަމުގައިވެސް އަސްލަމް ވިދާޅުވިއެވެ.

މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް ގިނަ ކަންތައް ތަކެއް ވަނީ އެޖެންޑާ ކުރައްވާފައެވެ. އޭގެ ތެރޭގައި، މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު އަޙްމަދު ޚައިތަމް ހުށަހަޅުއްވާފައިވާ، ދިވެހިރާއްޖެއަށް ފަތުރުވެރިންގެ ގޮތުގައި ޒިޔާރަތްކުރާ ފަރާތްތަކަށް ޓޫރިސްޓް ޕްރީ އެޕްރޫވަލް ވިސާ އޮން އެރައިވަލް / އިލެކްޓްރޯނިކް ޓްރެވަލް އޮތޮރައިޒޭޝަންގެ ޚިދުމަތް ތަޢާރަފްކުރުމަށް ގޮވާލައި ހުށަހަޅާ ޤަރާރުގެ އިބްތިދާއީ ބަހުސް ފެއްޓެވުމާއި، ޅ. ނައިފަރުގައި ޢިމާރާތްކޮށްފައިވާ 100 ހައުސިންގ ޔުނިޓްތަކުގެ ފެނުގެ މައްސަލައާއި އެހެނިހެން ބޮޑެތި މައްސަލަތަކާ ގުޅޭގޮތުން ފްލެޓްތަކުގެ ވެރިފަރާތްތަކުން ހުށަހަޅުއްވާފައިވާ ޕެޓިޝަން، ޕެޓިޝަން ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓު ހުށަހެޅުއްވުމާއި، ޤާނޫނު ނަންބަރު 3/2010 (ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު) ގެ 8 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން، ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަޤާމަށް ބޭފުޅަކު ޢައްޔަންކުރެއްވުމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާފައިވާ ނަންފުޅުތައް، އިޤްތިޞާދީ ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓު ހުށަހަޅުއްވައި ބަހުސް ކުރިޔަށް ގެންދެވުން ހިމެނެެއެވެ.

މީގެ އިތުރުން، ޤާނޫނު ނަންބަރު 3/2013 (ދައުލަތުގެ ވިޔަފާރި ތަންތަން ޕްރައިވަޓައިޒްކުރުމާއި ކޯޕަރަޓައިޒްކުރުމާއި އަދި މޮނިޓަރކޮށް އިވެލުއޭޓްކުރުމުގެ ޤާނޫނު) ގެ 4 ވަނަ މާއްދާގެ (ހ) އާއި (ށ) އާއި، 9 ވަނަ މާއްދާގެ (ހ) އަދި (ށ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުގެ މެންބަރުކަމަށް ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކުރައްވާފައިވާ މެންބަރުންނަށް ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯއްދެވުމަށް އެދިވަޑައިގެން ފޮނުއްވާފައިވާ މައްސަލަ، ސްޓޭޓް އޯންޑް އެންޓަރޕްރައިސަސް ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓަށާއި، ޖިންސީ ގޯނާކުރުމާއި ރޭޕްކުރުމުގެ މައްސަލަތައް ދިވެހިރާއްޖޭގައި އިތުރުވަމުންދާތީ ހުށަހަޅުއްވާފައިވާ ޤަރާރު، ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓަށް ބަހުސް ކުރުމަށް މިއަދު ގެ ޖަލްސާއަށް އެޖެންޑާކޮށްފައި ވެއެވެ.

އަދި ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި ކުދިންގެ ޙައްޤުތައް ރައްކާތެރިކުރުން ހަރުދަނާކުރުމަށް ހުށަހަޅުއްވާފައިވާ ޤަރާރު، ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓާއި، ދިވެހިރާއްޖޭގައި ކުޑަކުދިންނަށް ކުރަމުންދާ އަނިޔާ ހުއްޓާލުމުގެ ގޮތުން ކުޑަކުދިންނަށާއި، ކުޑަކުދިންގެ ރައްކާތެރިކަމަށް މިހާރަށްވުރެ ބޮޑަށް ދައުލަތުން ސަމާލުކަންދިނުމަށް އެދި ގޮވާލައި ހުށަހަޅުއްވާފައިވާ ޤަރާރު، ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓު، ކާބޯތަކެތީގެ ރައްކާތެރިކަމުގެ ބިލު އިޖްތިމާޢީ ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓު ހުށައެޅުންވެސް މިއަދުގެ ޖަލްސާއަށް އެޖެންޑާކޮށްފައި ވެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަކީ، ހިނގަމުން މިދާ ރައްޔިތުންގެ މަޖިލީހުގެ 19 ވަނަ ދައުރުގެ އެންމެ ފަހު ޖަލްސާކަން ފާހަގަކުރައްވައި، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު އަސްލަމް ވަނީ މަޖިލީހުގެ ރައީސް ކަމާއި ނައިބު ރައީސްކަން ކުރެއްވި ބޭފުޅުންނަށާއި، ޕާލަމެންޓްރީ ގުރޫޕްތަކުގެ ލީޑަރުންގެ ނަންފުޅުތައް ވަކިވަކިން ފާހަގަ ކުރައްވައި، 19 ވަނަ ރައްޔިތުންގެ މަޖިލީހުގައި އެބޭފުޅުން ކޮށްދެއްވި މަސައްކަތްޕުޅުތަކަށް ޝުކުރު އަދާކުރައްވާފައެވެ. އަދި 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ގޮތުން އެހެން މެމްބަރުންވެސް ކޮށްދެއްވި މަސައްކަތްތައް ފާހަގަކުރައްވައި އެމަނިކުފާނު އެބޭބޭފުޅުންނަށް ޝުކުރު އަދާކުރެއްވިއެވެ.

19 ވަނަ ރައްޔިތުންގެ މަޖިލިސް މިމަހުގެ 28 ވަނަ ދުވަހު އުވި އަދި އެދުވަހު އައު މަޖިލީހަށް އިންތިޚާބުވެވަޑައިގެންނެވި މެމްބަރުން ހުވާކުރައްވާއިރު، 19 ވަނަ ރައްޔިތުންގެ މަޖިލީހުގައި މެމްބަރުކަން ކުރެއްވި ބޭފުޅުންގެ ތެރެއިން 20 ވަނަ ރައްޔިތުންގެ މަޖިލީހަށް އިންތިޚާބުވެވަޑައިގެންފައި ވަނީ އޭގެ ތެރެއިން އެންމެ 11 ބޭފުޅުންނެވެ. 20 ވަނަ ރައްޔިތުންގެ މަޖިލީހުގައި 93 މެމްބަރުން ތިއްބަވާނެއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.