Advertisement

ބިލް ހުށައެޅުއްވި ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މީކާއީލް އަޙްމަދު ނަސީމް ---

04 Jun 2024
ޚަބަރު
ޢަލީ ސުލައިމާން

ގޯތިތައް ހަވާލުކުރުން ލާޒިމް ކުރި ބިލް މަޖިލީހުގައި ސުޕަރ މެޖޯރިޓީ އޮތް ޕީއެންސީގެ މެމްބަރުން ބާޠިލްކޮށްލައިފި

ކުރީ ސަރުކާރުގައި ބިންވެރިޔާ ސްކީމްގެ ދަށުން ދިން ގޯތިތައް ތިންމަސް ދުވަހުގެ ތެރޭގައި ހަވާލުކުރުން ލާޒިމްކޮށް، ރައްޔިތުންގެ މަޖިލީހުން ފާސްކުރި (ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު) އަށް 9 ވަނަ އިޞްލާޙު ގެނައުމުގެ ބިލު ރައިސުލްޖުމްހޫރިއްޔާ, ޑރ. މުޙައްމަދު މުޢިއްޒު ތަސްދީޤު ނުކުރައްވައި އަނބުރާ މަޖިލީހަށް ފޮނުވާލުމުން، އެބިލް މަޖިލީހަށް ބަލައި ނުގަނެ ބާޠިލްކޮށްލައިފިއެވެ.

ބިލާއި ގުޅޭ ގޮތުން މަޖިލީހުން ދެވަަނަ ވިސްނެވުމަށް ދިޔުމަށް އަނބުރާ ބިލް ފޮނުއްވެވުމުން، މިއަދުގެ ޖަލްސާގައި އެބިލް އަނބުރާ ކޮމިޓީއަށް ފޮނުވުމަށް ވޯޓަށް އެހިއެވެ. އެހެން ނަމަވެސް އެވޯޓުގައި ޕީއެންސީގެ ސުޕަރމެޖޯރިޓީ އޮތް ރައްޔިތުންގެ މަޖިލީހުގެ 75 މެމްބަރުން ވޯޓު ދެއްވީ އެބިލް އަނބުރާ ކޮމިޓީއަށް ފޮނުވުމަށް ނުފެންނަ ކަމަށެވެ. ބިލް އަނބުރާ ކޮމިޓީއަށް ފޮނުވުމަށް ފެންނަ ކަމަށް ވޯޓު ދެއްވީ އެމްޑީޕީގެ 12 މެމްބަރުންނެވެ.

އަދި ބިލް އޮތް ގޮތަށް އަލުން ފާސްކުރުމަށް ވޯޓަށް އެހުމުން، ޕީއެންސީގެ ސުޕަރ މެޖޯރިޓީ އޮތް މަޖިލީހުގައި ތިއްބެވި އެޕާޓީގެ ހުރިހާ މެމްބަރުންނާއި ސަރުކާރަށް ތާއީދު ކުރައްވާ މެމްބަރުންގެ އިއްތިފާޤުވެ ވޯޓުދެއްވީ އެބިލް ފާސް ނުކުރުމަށެވެ. 76 މެމްބަރުން ބިލް ފާސްކުރަން ނުފެންނަ ކަމަށް ވޯޓު ދެއްވި އިރު، ބިލް ފާސްކުރުމަށް ވޯޓު ދެއްވީ އެމްޑީޕީގެ 12 މެމްބަރުންނެވެ.

ކުރީ ސަރުކާރުގައި ބިންވެރިޔާ ސްކީމްގެ ދަށުން ދިން ގޯތިތައް ތިންމަސް ދުވަހުގެ ތެރޭގައި ހަވާލުކުރުން ލާޒިމްކޮށް، ރައްޔިތުންގެ މަޖިލީހުން ފާސްކުރި (ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު) އަށް 9 ވަނަ އިޞްލާޙު ގެނައުމުގެ ބިލަކީ، އޭޕްރީލް މަހުގެ 13 ވަނަ ދުވަހު ބޭއްވި 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއިން ފާސްކޮށްފައިވާ ބިލެކެވެ. އަދި އެބިލް ތަސްދީޤު ނުކުރައްވައި ރައީސުލްޖުމްހޫރިއްޔާ އަނބުރާ ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާ ލެއްވީ، 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ އެންމެ ފަހު ޖަލްސާ ބޭއްވިތާ 4 ދުވަސްފަހު ހުސްވި މެއި މަހުގެ 17 ވަނަ ދުވަހުގައެވެ.

19 ވަނަ ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީއަށް މެޖޯރިޓީ ލިބިފައި އޮތް ނަމަވެސް 20 ވަނަ ރައްޔިތުންގެ މަޖިލީހުގައި މަޖިލީހުގެ ސުޕަރމެޖޯރިޓީ އޮތީ ޕީއެންސީއަށެވެ. 

(ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު) އަށް 9 ވަނަ އިޞްލާޙު ގެނައުމުގެ ބިލަކީ، ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މީކާއީލް އަޙްމަދު ނަސީމް ހުށައެޅުއްވި ބިލެކެވެ. އެބިލުގެ މައިގަނޑު މަޤުޞަދަކީ، ސަރުކާރުން ދޫކޮށްފައވާ  ގޯތިތައް އަވަހަށް ރައްޔިތުންނަށް ހަވާލުކުރުން ލާޒިމް ކުރުމެވެ.

ވެރިކަން ބަދަލުވިއިރު ބިންވެރިޔާ ސްކީމުގެ ދަށުން ގޯތިދޭން ކަނޑައެޅި މީހުންގެ ތެރެއިން ގިނަ ބަޔަކަށް އޮތީ ގޯތިތައް ހަވާލު ނުކުރެވިއެވެ. އެއާއެކު މިސަރުކާރުން ގޯތިތައް އަތުލައިފާނެ ކަމުގެ ކަންބޮޑުވުން އާއްމުންގެ ހިތްތަކުގައި އޮވެއެވެ. 

(ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު) އަށް 9 ވަނަ އިޞްލާޙު ގެނައުމުގެ ބިލް މަޖިލީހުން ބޭރުކޮށްލުމުން އެބިލް ބާޠިލްވީއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
31 May 2025
ޚަބަރު
މިއަދު 4 އިން 5 އަށް މާލެއިން ކަރަންޓް ކެޑިދާނެ: ސްޓެލްކޯ
ސްޓެލްކޯއިން މިއަދު މާލޭގެ ކަރަންޓު ޑިސްޓްރިބިއުޝަން ވިއުގައިގައި ކޮންމެހެން ކުރަންޖެހޭ މުހިއްމު މަސައްކަތެއް ކުރުމަށްޓަކައި، މިއަދު ހަވީރު 4:00 އާއި 5:00 އާއި ދެމެދު މާލޭގެ ހަތަރު އަވަށުގެ އެެކި ސަރަހައްދުތަކުން ކުޑަ ވަގުތުކޮޅަކަށް ކަރަންޓުގެ ހިދުމަތަށް ބުރޫއަރާފާނެ ކަމަށް ސޯޝަލް މީޑިއާގައި ޕޯސްޓްކޮއްފިއެވެ. އަދި މިކަމާއި ގުޅިގެން ދިމާވެދާނެ ދަތިތަކަށްްޓަކާއި ރައްޔިތުން ކިބައިން މާފަށްއެދިފައިވެއެވެ.
25 May 2025
ޚަބަރު
ޝަންމާންއަށް 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
ކުރީގެ އިމިގްރޭޝަންގެ ކޮންޓްރޯލަރުގެ މަގާމުން ވަކިކުރި މުހައްމަދު ޝަމްއާން ވަހީދުގެ މައްޗަށް ދައުވާ އުފުލައި، ކްރިމިނަލް ލޯޓަށް ފޮނުވައިފި އެވެ. ދައުވާސާބިތުވެއްޖެ ނަމަ 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
24 May 2025
ޚަބަރު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒަށް ވަޑައިގެން، ސްލެކޯގެ ސްޓޯލަށް ކުރެއްވި ޒިޔާރަތުގައި، ސަރުކާރުގެ ހިއްސާވާ ކުންފުނިތަކުގެ ގިންތިން އެއްވަނަ ހޯދި ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ. ރީޖަނަލް ސްކާޑާ ސިސްޓަމަކީ ސްޓެލޯކެގެ މުވައްޒަފުންގެ އުފެއްދުންތެރި އަދި އީޖާދީ ވިސްނުމުގެ ސަބަބުން ޙާޞިލުކުރެވުނު ފާހަގަކޮށްލެވޭ ކާމިޔާބެކެވެ.
23 May 2025
ޚަބަރު
އަޕްޓަމިލް މިލްކް ކިރުދަޅަކަށް ބޭނުން ޖެހިފައިވާ ތުއްތު ކުއްޖާ، މުޅިމާލެއިން ހުސްވެފައި
ސޯޝަލްމީޑިއާގައި ދައުރުވުމުންދައު ޕޯސްޓްގައި ބަޔާން ކޮއްފައިވަނީ އެކުއްޖާ ވަރަށް ހާލުދެރަވެގެން ހޮސްޕިޓަލްގައި އެޑްމިޓްކޮއްފައިވާކަމަށެވެ. އަދި އަޅުގަނޑުމެން ނޫހުން ފޯނުން ގުޅައި މިކަންވަނީ ކަށަވަރު ކުރެވިފައިއެވެ. އެދެނީ ވީހާވެސް ގިނަބަޔަކު މިކަމުގައި އުޅެދެއްވައި މި ތުއްތު ކުއްޖައިގެ ފުރިހަމަ ސިއްހަތަކަށް ގެނަސްދެއްވުމަށްޓަކައި މިކަމުގައި އެހީތެރިވެލެއްވުމެވެ.