Advertisement

ހުޅުމާލޭގައި އިމާރާތްކޮށްފައިވާ ބައެއް ފްލެޓް ޢިމާރާތްތައް ---

06 May 2024
ޚަބަރު
ޢަލީ ސުލައިމާން

ކުރީ ސަރުކާރުން ދީފައިވާ ގޮތަށް ފްލެޓްތައް ހަވާލުކުރުމަށް އަންގަން މަޖިލީހުން ފާސްކޮށްފި

ކުރީގެ ސަރުކާރުން އިއުލާނުކުރި ހައުސިންގ މަޝްރޫއުގެ ތެރެއިން ފުރަތަމަ 4000 ފްލެޓް ދިނުމަށް ކަނޑައެޅި ފަރާތްތަކަށް ފްލެޓްތައް ދިނުމަށް އަންގަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

ސަރުކާރު ބަދަލުވި އިރު، ގެދޮރުވެރިޔާ ސްކީމްގެ ދަށުން އަޅާ ފުރަތަމަ 4000 ފްކެޓް ލިބޭ ފަރާތްތައް ކަނޑައަޅައި އޭގެ ތެރެއިން ބައެއް ފަރާތްތަކާއި އެކު ވަނީ، އެގްރިމެންޓްތައްވެސް ހަދާފައެވެ. އެހެން ނަމަވެސް ސަރުކާރު ބަދަލުވުމުން، މިސަރުކާރުން ވަނީ، ފްލެޓްތައް ދިނުމުގައި މައްސަލަތައް ހުރިކަމަށް ބުނެފައެވެ. އަދި އޭސީސީން އެމައްސަލަ ބަލާފައިވާ އިރު އޭސީސީން ވަނީ، ކުރީ ސަރުކާރުން ފްލެޓް ލިބޭނެކަމަށް ކަނޑައެޅި މީހުންގެ ތެރެއިން  %57 މީހުންގެ ޝަރުތު ހަމަނުވާ ކަމަށެވެ.

ފްލެޓްތަކާއި ގުޅިގެން އާއްމު ފަރާތްތަކުން ހުށައެޅި، މައްސަލައެއް ދިރާސާކޮށް، މަޖިލީހުގެ ޤައުމީ ތަރައްޤީ އާއި ތަރިކައިގެ ކޮމިޓީން ތަޅުމަށް ހުށައެޅި ރިޕޯޓް ފާސްކޮށްފައި ވަނީ، 29 މެމްބަރުންގެ ވޯޓުންނެވެ. އެއާއި ދެކޮޅަށް އެއްވެސް މެމްބަރަކު ވޯޓު ދެއްވާފައެއް ނުވެެއެވެ.

ކުރީ ސަރުކާރުން ނިންމާފައި ވަނީ، ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓަށް އެދި ހުށައެޅި ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ އެންމެންނަށް ފްލެޓް ދިނުމަށެވެ. މިގޮތުން ކުރީ ސަރުކާރުގައި ނެރުނު، ލިސްޓުގައި ފްލެޓަށް އެދި ހުށައެޅި މީހުންގެ ތެރެއިން، 15،046 މީހުންގެ ޝަރުޠު ހަމަވާކަމަށް ކަނޑައަޅާފައި ވެއެވެ.

މިސަރުކާރުން ވަނީ އޭސީސީގެ ތަޙްޤީޤަށް ފަހު، ފްލެޓްތައް ދިނުމުގެ ކަންކަން ބެލުމަށް ޚާއްޞަ ކޮމިޓީއެއް އުފައްދާފައެވެ. އަދި ކުރީ ސަރުކާރުން ނިންމާފައިވާ ގޮތް ބަދަލުކުރާނެ ކަމުގެ އިޝާރާތެއް މިސަރުކާރުންކޮށްފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާ، ޑރ. މުޙައްމަދު މުޢިއްޒު ރިޔާސީ އިންތިޚާބުގެ ކެމްޕޭންގެ ތެރޭގައި ވިދާޅުވީ، އެމަނިކުފާނު ވެރިކަމަށް ވަޑައިގެންނެވުމަށް ފަހުގައިވެސް ފްލެޓާއި ގޯތި ލިބޭ ފަރާތްތަކުގެ ލިސްޓަށް ބަދަލެއް ނުގެންނަވާނެ ކަމަށެވެ. އަދި ފްލެޓާއި ގޯތި ލިބޭނެކަމަށް، ދައުލަތުގެ ރަސްމީ ލިޔުމެއް ލިބިފައިވާ ކޮންމެ މީހަކަށްވެސް ފްލެޓާއި ގޯތި ކަށަވަރުކޮށްދެއްވުމަށް އެމަނިކުފާނު ވަޢުދުވެވަޑައިގެންފައި ވެއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.