Advertisement

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ތެެރެއިން

28 May 2024
ޚަބަރު
ޢަލީ ސުލައިމާން

ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަޤާމަށް އަބްދުއްރަޙީމާއި ނާޒިލްގެ ނަން ހުށައަޅައިފި

ޤާނޫނު އަސާސީގެ 82 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެ މަތިން ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމުގެ މަޤާމަށް ރައްޔިތުންގެގެ މަޖިލީހުގެ މެމްބަރުންގެ ތެރެއިން ބޭފުޅަކު އިންތިޚާބު ކުރުމަށް ނަންފުޅުތައް ހުށައެޅުއްވުމަށް ރިޔާސަތުން ހުޅުވާލެއްވުމުން، ފޮނަދޫ ދާއިރާގެ މެމްބަރު ޢަަބްދުއްރަހީމް ޢަބުދުﷲގެ ނަމާއި، ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހީމް ނާޒިލްގެ ނަން ހުށައަޅައިފިއެވެ.

މަޖިލީހުގެ ރައީސް ކަމުގެ މަޤާމަށް، ފޮނަދޫ ދާއިރާގެ މެމްބަރު ޢަަބްދުއްރަހީމް ޢަބުދުﷲގެ ނަން ހުށައެޅުއްވީ، ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަޙްމަދު ނާޒިމެވެ. ތާއީދު ކުރެއްވީ، ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހީމް ފަލާޙެވެ. މީގެ އިތުރުން އެމަޤާމަށް ޢަބުދުއްރަހީމް ހޮވުމަށް ތާއީދު ކުރައްވާ ކަމުގައި ރައްޔިތުންގެ މަޖިލީހުގެ މާމިޖިލީ ދާއިރާގެ މެމްބަރު ޤާސިމް އިބްރާހިމްވެސް ހާމަކުރެއްވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމުގެ މަޤާމަށް އެމްޑީޕީގެ ފަރާތުން ހުށައެޅުއްވީ، ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހީމް ނާޒިލްގެ ނަމެވެ. ނާޒިލްގެ ނަން ހުށައެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެމްބަރުން އަޙްމަދު ޒިޔާދެވެ. ތާއީދު ކުރެއްވީ، ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަޙްމަދު ނަސީމެވެ.

މީގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ނައިބުރައީސް ކަމުގެ މަޤާމަށް، ދިއްގަރު ދާއިރާގެ މެމްބަރު އަޙްމަދު ނާޒިމްގެ ނަން ހުށައެޅުއްވީ، ފޮނަދޫ ދާއިރާގެ މެމްބަރު ޢަަބްދުއްރަހީމް ޢަބުދުﷲއެވެ. ތާޢީދު ކުރެއްވީ، ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެމްބަރު އިބްރާހީމް ޝުޖާއުއެވެ.

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް ކަމުގެ މަޤާމަށް އެމްޑީޕީން ހުށައެޅީ، ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އަޙްމަދު ދީދީގެ ނަމެވެ. ދީދީގެ ނަން ހުށައެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެމްބަރުން އަޙްމަދު ޒިޔާދެވެ. ތާއީދު ކުރެއްވީ މާވަށު ދާއިރާގެ މެމްބަރު އަޙްމަދު ޝާކިރެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.