Advertisement

ކޮމިޝަނަރ ޖެނެރަލް ޓެކްސޭޝަންގެ މަޤާމަށް ޢައްޔަނުކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުންދެއްވި، ޙަސަން ޒަރީރު --

13 May 2024
ޚަބަރު
ޢަލީ ސުލައިމާން

ޓެކްސް ކޮމިޝަނަރުގެ މަޤާމަށް ޒަރީރު ޢައްޔަނުކުރަން ރުހުން ދެއްވައިފި

މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ، (މީރާ)ގެ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަޤާމަށް، ޙަސަން ޒަރީރު ޢައްޔަނު ކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ރުުހުން ދީފިއެވެ.

މިއަދު އޮތް 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ އެންމެ ފަހު ޖަލްސާގައި ވަނީ، ކޮމިޝަނަރ ޖެނެރަލް ޓެކްސޭޝަންގެ މަޤާމަށް ޢައްޔަނުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ ނަންފުޅުތަކަށް ރުހުން ދިނުމަށް ވޯޓު ނަގާފައެވެ.

އެ ވޯޓުގައި ބައިވެރިވެ ވަޑައިގެންނެވި މަޖިލީހުގެ މެމްބަރުންގެ ތެރެއިން 45 މެމްބަރުން ވޯޓު ދެއްވާފައި ވަނީ، ޒަރީރު އެމަޤާމަށް ޢައްޔަނުކުރެއްވުމަށް ރުހުން ދިނުމަށް ފެންނަ ކަމަށެވެ. ޒަރީރަސް ރުހުން ދެއްވި އިރު، އޭނާ މިވަގުތު ހުންނެވީ، ބޭންކް އޮފް މޯލްޑިވްސް ގެ ޑިރެކްޓަރުންގެ ބޯޑުގައެވެ. އަދި އެބޯޑުގެ ޗެއަރމަންގެ މަޤާމަށް އޭނާ ޢައްޔަނުކުރައްވާފައި ވަނީ 26 މާރިޗު 2024 ގައެވެ. 

ކޮމިޝަނަރ ޖެނެރަލް ޓެކްސޭޝަންގެ މަޤާމަށް ޒަރީރު ޢައްޔަނުކުރެއްވުމަށް، ރައްޔިތުންގެ މަޖިލީހުން ރުހުންދެއްވާފައިވީ ނަމަވެސް އޭނާއަށް މަޤާމާއި ހަވާލުވެވަޑައިގަންނަވާއިރު، ބީއެމްއެލްގެ ބޯޑުން އިސްތިއުފާ ދެއްވަން ޖެހިވަޑައިގަންނަވާނެއެވެ. ކޮމިޝަނަރ ޖެނެރަލް ޓެކްސޭޝަންގެ މަޤާމު ހުސްވީ، ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާއަށް އެމްޑީޕީގެ ޓިކެޓްގައި ވާދަކުރެއްވުމަށްޓަކައި، އެމަޤާމުގައި ކުރިން ހުންނެވި ފަތުހުއްﷲ ޖަމީލު މަޤާމުން އިސްތިއުފާ ދެއްވުމުންނެވެ.

ޒަރީރަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދެއްވި އިރު، އެމަޤާމަށް ރުހުން ހޯދުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ނަންފުޅުތަކުގެ ތެރެއިން އިސްކަން ދެއްވާފައި ވަނީ، ކުރިން އެމަޤާމު ފުރުއްވި ޔަޒީދު މުޙައްމަދަށެވެ. 

ކޮމިޝަނަރ ޖެނެރަލް ޓެކްސޭޝަންގެ މަޤާމަށް ޒަރީރު ޢައްޔަނުކުރެއްވުމަށް، ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުން ދެއްވި އިރު، ޒަރީރު ވަނީ މީގެ ކުރިން، ޑެޕިއުޓީ ކޮމިޝަނަރ ޖެނެރަލް ޓެކްސޭޝަންގެ މަޤާމުވެސް ފުރުއްވާފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.