Advertisement

ސަރުކާރު މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީގެ މުޤައްރިރު، ވިލިމާލެ ދާއިރާގެ މެމްބަރު މުޙައްމަދު އިސްމާޢީލް -- ފޮޓޯ: މަޖިލިސް

03 Jun 2024
ޚަބަރު
ޢަލީ ސުލައިމާން

ސަރުކާރު މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީގެ މެޖޯރިޓީއާ މުޤައްރިރުކަން ސަރުކާރު ހިންގާ ޕާޓީއަށް!

ރައްޔިތުންގެ މަޖިލީހުގެ ދާއިމީ ކޮމިޓީތަކުގެ ތެރެއިން، ސަރުކާރު މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީގެ މުޤައްރިރާއި ނައިބު މުޤައްރިރުންގެ ގޮތުގައި ސަރުކާރު ހިންގާޕާޓީގެ ދެ މެމްބަރުން ހޮވައިފިއެވެ. 

އެކޮމިޓީގެ މުޤައްރިރަކަށް ހޮވާފައި ވަނީ، ސަރުކާރު ހިންގާ ޕާޓީ ޕީއެންސީގެ މެމްބަރު، ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެމްބަރު، މުޙައްމަދު އިސްމާޢީލެވެ. ނައިބު މުޤައްރިރަކަށް ހޮވާފައި ވަނީ، ސަރުކާރު ހިންގާ ޕާޓީ ޕީއެންސީގެ މެމްބަރު، ރައްޔިތުންގެ މަޖިލީހުގެ ފެލިދޫ ދާއިރާގެ މެމްބަރު އާދަމް ޒާހިރެވެ.

ސަރުކާރު މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީގައި ހިމެނެނީ، ޕީއެންސީގެ 8 މެމްބަރުންނާއި، އެމްޑީޕީގެ ދެ މެމްބަރުންނާއި އެމްޑީއޭގެ މެމްބަރެކެވެ. މިކޮމިޓީގެ މެޖޯރިޓީވެސް އޮތީ ސަރުކާރު ހިންގާޕާޓީ ޕީއެންސީއަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ދާއިމީ ކޮމިޓީ އެކުލެވިގެންވާ ގޮތް:

މުޤައްރިރު: މުޙައްމަދު އިސްމާޢީލް (ޕީ.އެން.ސީ)

ނައިބު މުޤައްރިރު: އާދަމް ޒާހިރު (ޕީ.އެން.ސީ)

ކޮމިޓީގެ މެމްބަރުން:

ޢަލީ އިބްރާހީމް (ޕީ.އެން.ސީ)

މުސްޠަފާ ޙުސައިން (ޕީ.އެން.ސީ)

އަޙްމަދު ނަޞީރު (ޕީ.އެން.ސީ)

ޢަބްދުއްލަޠީފް މުޙައްމަދު (ޕީ.އެން.ސީ)

ޢަލީ ފަޒާދު (ޕީ.އެން.ސީ)

މުޙައްމަދު ފަޟީލް (ޕީ.އެން.ސީ)

މީކާއީލް އަޙްމަދު ނަސީމް (އެމް.ޑީ.ޕީ)

ޑރ އަޙްމަދު ޝަމްހީދު (އެމް.ޑީ.ޕީ)

އަޙްމަދު ސިޔާމް (އެމް.ޑީ.އޭ)

ރައްޔިތުންގެ މަޖިލީހުގެ ދާއިމީ ކޮމިޓީތަކުގެ ތެރެއިން، ސަރުކާރު މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީގެ ފުރަތަމަ ބައްދަލުވުން މިއަދު ވަނީ ބާއްވާފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.