Advertisement

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަޙްމަދު ނާޒިމް --

29 May 2024
ޚަބަރު
ޢަލީ ސުލައިމާން

ގެދޮރުވެރިކަމާއި ގުޅޭ ކަންކަން ކުރުމަށް މަޖިލީހުގައި ކޮމިޓީއެއް އުފައްދަނީ

20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ޤަވާއިދު އެކުލަވާލެއްވުމުގައި ފަހުގައި މަޖިލީހުގައި ދޮރުވެރިކަމާ ގުޅުންހުރި ކަންކަމަށް ޚާއްޞަ ކޮމިޓީއެއް އުފައްދަވާނެ ކަމުގައި، ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެމްބަރު އަޙްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ދައުލަތުގެ މީޑިއާ ޕިއެސްއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ބައިވެރިވެވަޑައިގެން ރޭ ދެއްކެވި ވާހަކަފުޅުގައެވެ.

ރާއްޖޭގައި ބޯހިޔާވަހިކަމުގެ މައްސަލަތަކަކީ އަބަދުވެސް އެންމެ ބޮޑު މައްސަލައެވެ. ޚާއްޞަކޮށް މާލެ ސަރަހައްދުގައި ބޯހިޔާވަހިކަމުގެ ދަތިކަމުގެ މައްސަލަ ބޮޑުވެފައިވެއެވެ.

ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ނާޒިމް ވިދާޅުވީ، މަޖިލީހުގައި އެކުލަވާލެވޭ އެކޮމިޓީ އަންނަ ޖޫމަހުގެ ތެރޭގަިއ އުފެއްދޭނެ ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ. އަދި އެކޮމިޓީޣެ މަސައްކަތަކަށްވެސް ވެގެންދާނޫ ގެދޮރުވެރިކަމުގެ މައްސަލަތަކަށް މިހާރު ދިމާވެފައިވާ ދަތިތަކަށް ހައްލު ހޯއްދަިއ ދިނުންކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

"އޭރުން ގެދޮރުވެރިކަމާއި ބެހޭ ހުރިހާ މައްސަލަތަކެއް އެކޮމިޓީއަށް ދިޔައީމާ އެކޮމިޓީގެ ބޭފުޅުންނަށް އެކަންކަން ދިރާސާކޮށް، އަޅުގަނޑުމެންނަށް މިދިޔަ ތަނުގައި މިދިމާވި މައްސަލަތައް، ގޯތި ދިނުމާއި ގޯތި ހަވާލު ނުކުރުމާއި، ފްލެޓްދިނުމާއި، ފްލެޓް ދިނުމުގައި އެއްބައި ބޭފުޅުން އެބަ ވިދާޅުވޭ ހަމަ ބަހާލީއޭ. އަނެއްބައި ބޭފުޅުން އެބަ ވިދާޅުވޭ ތިމަންނަމެންނަކީ ޙައްޤުވެރިންނޭ."

އަޙްމަދު ނާޒިމް - ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް

މަޖިލީހުގެ ނައިބު ރައީސް އަޙްމަދު ނާޒިމް ވިދާޅުވީ، މަޖިލީހުގެ ކޮމިޓީއެއްގެ ތެރެއިން އެމައްސަކަތް ކުރެވިގެން ދިޔުމަކީ ގެދޮރުވެރިކަަމުގެ މައްސަލަތައް ޙައްލުކުރުމަށް އެޅޭ ވަރަށް ބޮޑު ބާރަކަށް ވެގެންދާނެ ކަމަށެވެ. އަދި ގެދޮރުވެރިކަމުގެ މައްސަލަތައް 5 އަހަރުގެ ތެރޭގަިއ ޙައްލުކޮށްދެއްވުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަޢުދުވެވަޑަިއގެންފައިވާކަންވެސް މަޖިލީހުގެ ނައިބު ރައީސް އަޙްމަދު ނާޒިމް ފާހަގަކުރެއްވިއެވެ.

އެހެންކަމުން އެކޮމިޓީ ވެގެންދާނީ މިހާރު ހުރި މައްސަލަތައް ދެނެގަނެ، އެމައްސަލަ ޙައްލުކޮށްދޭެނެ ކޮމިޓީއަކަށް ކަމުގައިވެސް ނާޒިމް ވިދާޅުވިއެވެ.

މާލެ ސަރަހައްދުގެ ބޯހިޔާވަހިކަމުގެ ދަތިކަމުގެ މައްސަލަ ތަކުގެ ޙައްލެއްގެ ގޮތުގައި، މިސަރުކާރުން ހުސްވި އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި، މާލެ އަތޮޅު ފުށި ދިއްގަރުފަޅުގައި ރަސްމާލޭގެ ނަމުގައި ސިޓީއެއް ތަރައްޤީ ކުރުމުގެ މަސައްކަތް ފެށިއެވެ. އެހެން ނަމަވެސް 5 މަސް ދުވަސް ވީއިރު އެމަޝްރޫޢު އޮތީ ހުއްޓިފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.