ޚަބަރު
13 May 2024
ޚަބަރު
ދެ އަހަރުގެ ތެރޭގައި ސަރުކާރުގެ ހުރިހާ ސްކޫލެއް އޭސީ ކުރަން ނިންމައިފި
މިނިސްޓަރ ޝަފީޢު މިހެން ވިދާޅުވީ، ޖަމާލުއްދީން ސްކޫލުގެ ކުލާސްރޫމުތަކުގައި ހޫނު ގަދަވާތީ، ބެލެނިވެރިންގެ އެހީތެރިކަމާއި އެކު ކުލާސްރޫމުތަކުގައި ފަންކާތައް އިތުރުކުރުމަށް އެސްކޫލުން ނިންމައި އެކަން އިއުލާނު ކުރުމާއި ގުޅިގެން އާއްމު ރައްޔިތުންގެ ފަރާތުން ސޯޝަލްމީޑިއާގައި އަމާޒުވި ފާޑުކިޔުންތަކަށް ފަހުގައެވެ.
13 May 2024
ޚަބަރު
މަކަރާއި ހީލަތުން މީހުންގެ އަތުން ފައިސާ ހޯދާކަމުގެ ތުހުމަތު ކުރެވޭ ފުލުހެއްގެ މައްސަލަ ބަލަނީ
ފުލުހުންގެ ތަރުޖަމާނު އަޙްމަދު ޝިފާން ވިދާޅުވީ، ފުލުހުންގެ އޮފިސަރަކާއި މެދު ސޯޝަލް މީޑިއާގައި ތުހުމަތުކޮށް ދައުރުކުރަމުންދާ ޕޯސްޓެއް، ދިވެހި ފުލުހުންގެ ޚިދުމަތުގެ ސަމާލުކަމަށް އައިސްފައިވާ ކަމަށާއި އަދި އެ ފުލުސް މީހާގެ މައްސަލަ ތަޙްޤީޤު ކުރަމުންދާ ކަމަށެވެ.
13 May 2024
ޚަބަރު
ސަރުކާރުން އެސްއައިބީއަށް ދައްކަންޖެހޭ 50 މިލިއަން ޑޮލަރު ދެއްކުން އެއް އަހަރަށް ފަސްކޮށްދީފި
ދިވެހި ސަރުކާރުން އިންޑިއާގެ ބޭންކް، ސްޓޭޓް ބޭންކް އޮފް އިންޑިއާއަށް ދައްކަން ޖެހޭ 50 މިލިއަން ޑޮލަރަކީ، އެބޭންކުން ގަނެފައިވާ ދިވެހިރާއްޖޭގެ ޓްރެޝަރީ ބޮންޑަށް މިއަހަރު ދައްކަން ޖެހޭ ފައިސާއެވެ. އެސްްބީއައި އިން ވަނީ، ޖުމުލަ 200 މިލިއަން ޑޮލަރުގެ ޓްރެޝަރީ ބޮންޑް ގަނެފައެވެ. އެއީ ދިވެހި ސަރުކާރާއި އިންޑިއާ ސަރުކާރާއި ދެމެދު 2019 ވަނަ އަހަރު ވެވުނު އެއްބަސްވުމުގެ ދަށުން ވިއްކާފައިވާ ޓްރެޝަރީ ބޮންޑަށް، ދިވެހި ސަރުކާރުން ދައްކަންޖެހޭ ފައިސާއެވެ.
13 May 2024
ޚަބަރު
ބަނޑޭރި ކޮށީގެ ގެއެއްގެ ތެރެއިން މަރުވެފައި އޮތް މީހަކު ފެނިއްޖެ
13 May 2024
ޚަބަރު
ޓެކްސް ކޮމިޝަނަރުގެ މަޤާމަށް ޒަރީރު ޢައްޔަނުކުރަން ރުހުން ދެއްވައިފި
އެ ވޯޓުގައި ބައިވެރިވެ ވަޑައިގެންނެވި މަޖިލީހުގެ މެމްބަރުންގެ ތެރެއިން 45 މެމްބަރުން ވޯޓު ދެއްވާފައި ވަނީ، ޒަރީރު އެމަޤާމަށް ޢައްޔަނުކުރެއްވުމަށް ރުހުން ދިނުމަށް ފެންނަ ކަމަށެވެ. ޒަރީރަސް ރުހުން ދެއްވި އިރު، އޭނާ މިވަގުތު ހުންނެވީ، ބޭންކް އޮފް މޯލްޑިވްސް ގެ ޑިރެކްޓަރުންގެ ބޯޑުގައެވެ. އަދި އެބޯޑުގެ ޗެއަރމަންގެ މަޤާމަށް އޭނާ ޢައްޔަނުކުރައްވާފައި ވަނީ 26 މާރިޗު 2024 ގައެވެ.
13 May 2024
ޚަބަރު
ރައްޔިތުންގެ މަޖިލީހުގެ 19 ވަނަ ދައުރުގެ ފަހު ޖަލްސާއަށް ހާޟިރުވީ 24 މެމްބަރުން
މަޖިލީހުގެ ރައީސް މުޙައްމަދު އަސްލަމް ވިދާޅުވީ، މިއަދަކީ ރައްޔިތުންގެ މަޖިލީހުގެ 19 ވަނަ ދައުރުގެ އެންމެ ފަހު ޖަލްސާ ކަމުގައިވާތީ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހުރިހާ މެމްބަރުންނަށްވެސް ވާހަކަފުޅު ދެއްކެވުމުގެ ފުރުޞަތު ދެއްވާނެ ކަމަށެވެ. އެހެން ނަމަވެސް މަޖިލީހުގެ މެމްބަރުންނަށް އެބޭފުޅުން ވަދާޢީ ބަސްފުޅު އިއްވެވުމަށް ފުރުޞަތު ދެއްވާނީ، މަޖިލީހުގެ މިއަދުގެ ޖަލްސާއަށް އެޖެންޑާކުރެވިފައިވާ، އެހެން މަސައްކަތްތައް ނިންމެވުމަށްފަހުގައި އެފުރުޞަތު ދެއްވުމަށް ކަމުގައިވެސް އަސްލަމް ވިދާޅުވިއެވެ.
13 May 2024
ޚަބަރު
ރެސްޓޯރެންޓެއްގެ ބަދިގެ ތެރޭގައި ދުން ބޯވެ 7 މީހަކަށް ހޮސްޕިޓަލްގައި ފަރުވާ ދޭންފަށައިފި
ފުލުހުންގެ އިދާރާއިން ވިދާޅުވީ، އެހާދިސާގައި ހޮސްޕިޓަލުގައި ފަރުވާދެމުންދާ އެއްވެސް މީހެއްގެ ހާލު ގޯސް ނޫން ކަމުގައި ވެސް ފުލުހުން ވިދާޅުވިއެވެ. ފުލުހުން ވިދާޅުވީ އެމީހުންގެ ތެރޭގައި ހިމެނެނީ އިންޑިއާ އާއި ސްރީލަންކާގެ މީހަކާއި ބަނގުލަދޭޝްގެ ދެ މީހުންނާއި ނޭޕާލްގެ 3 މީހުން ކަމަށެވެ. އޭގެ ތެރެއިން އެކަކަށް ފަރުވާދެމުން ގެންދަނީ އޭޑީކޭ ހޮސްޕިޓަލްގައެވެ.
12 May 2024
ޚަބަރު
ޤަވާއިދާއި ޚިލާފަށް އުޅޭ ބިދޭސީންނަށް މިސަރުކާރުން ދިއްކޮށްލަނީ "ޒައިތޫނި ފަތްކޯޅިއެއް": ސިއްދީޤު
ޤަވާއިދާއި ޚިލާފަށް އުޅޭ ބިދޭސީންގެ ބަޔޮމެޓްރިކް ޑާޓާ އެއްކުރުމަށް މިހާރު، ހޯމް މިނިސްޓްރީން ކުރިޔަށްގެންދާ އޮޕަރޭޝަން "ކުރަނގި" އާއި ގުޅޭ ގޮތުން ސްޓޭޓް މިނިސްޓަރ ސިއްދީޤު ވިދާޅުވީ، އެޕްރޮގްރާމްގެ ތެރޭގައި އެއްވެސް މީހަކު ހިފައި ހައްޔަރު ކުރުމެއް ނޯންނާނެ ކަމަށެވެ.
12 May 2024
ޚަބަރު
ޖިނާޢީ ކުށުގެ ޒިންމާ އުފުލަންޖެހޭ އުމުރު 12 އަހަރަށް ދަށްކުރުމުގެ މަސައްކަތްތައް ފަށައިފި
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރ އިޙްސާން ވިދާޅުވީ، ކުޑަކުދިންގެ ޢަދުލުގެ ޤާނޫނަށް ގެންނަށް އެ އިސްލާޙްގެ ބޭނުމަކީ، އެއްވެސް ޙާލެއްގައި ކުޑަކުދިން ޖަލަށްލައިގެން ގެންގުޅުމެއް ނޫންކަމަށާއި، އޭގެ ބޭނުމަކީ 12 އަހަރުންފެށިގެން، ކުށުގެ ވެށިން ފެންނަ ކުދިން، އަދި ކުށުގެ ވެއްޓަށް ހުށައެޅިދާނެ ކަމަށް ފެންނަ ކުދިން، އަދި ދޭތެރެ ދޭތެރެއިން ކުށުގެވެށިން ހައްޔަރު ކުރެވި ނުވަތަ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ ކުދިން، ކުށުގެ ވެށިން ސަލާމަތްކޮށް ރިހެބިލިޓޭޓް ކުރުން ކަމަށެވެ. އަދި މީގެ ކުރިން 15 އަހަރުގެ ކުޑަކުދިންގެ މައްޗަށް ޖިނާޢީ ދައުވާތައްވެސް އުފުލިފައި ހުރިކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.
12 May 2024
ޚަބަރު
ނަރުހުންނަކީ ފަސްޖެހުމެއްނެތި މަސްއޫލިއްޔަތު އަދާކުރުމުގައި ދެމި ތިބޭ ބައެއް: ހެލްތު މިނިސްޓަރ
މިނިސްޓަރ ގެ މެސެޖުގައި އިތުރަށް ވިދާޅުވީ، މިއަދު ފާހަގަކުރާ ދުނިޔޭގެ ނަރުހުންގެ ދުވަހާއި ގުޅިގެން، ނަރުހުންގެ ގޮތުގައި ދެމި ތިއްބެވި، އެންމެހާ ދިވެހި ނަރުހުންނަށް ބައިބަލްއަގްވާމީ ނަރުހުންގެ ދުވަހުގެ ތަހުނިޔާ ފޮނުއްވާ ކަމަށެވެ. މީގެ އިތުރުން، އިންސާނިއްޔަތަށް ޚިދުމަތް ކުރުމުގައި ޣައްޒާގައި ސިއްޙީ ޚިދުމަތުގައި މަސައްކަތްކުރަމުންދާ އެންމެހާ ނަރުހުންނަށް ކެތްތެރިކަމާއި ސާބިތުކަން ދެއްވުމަށް އެދި އެމަނިކުފާޏު ދުޢާކުރައްވާފައި ވެއެވެ.
12 May 2024
ޚަބަރު
ފޮރިން މިނިސްޓަރ މޫސާ ޒަމީރު ރަސްމީ ދަތުރުފުޅެއްގައި ޤަޠަރަށް ވަޑައިގެންފި
އިއްޔެ ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގެ ހަވާސާގައި، ޤަތަރު ދަތުރުފުޅުގައި ފުރާ ވަޑައިގަންނަވާކަން މިނިސްޓަރ ޒަމީރު ވަނީ ހާމަކުރައްވާފައެވެ. އެކަމާއި ގުޅޭ ގޮތުން ފޮރިން މިނިސްޓްރީން ވިދާޅުވީ، މިނިސްޓަރ ޒަމީރުގެ މިދަތުރުފުޅުގައި، ގަތަރުގެ ބޮޑުވަޒީރާއި ހާރިޖީ ވަޒީރާއި މިނިސްޓަރ ޒަމީރު ބައްދަލު ކުރައްވައި، ދެ ޤައުމުގެ އިސްވެރިންގެ މަޝްވަރާތައް ކުރިޔަށް ގެންދަވާނެ ކަމަށެވެ.
12 May 2024
ޚަބަރު
މަދީނާގައި ތިބި ދިވެހި ކިޔަވާ ކުދިންނާ ރައީސް ބައްދަލުކުރައްވައިފި
ރައިސުލްޖުމްހޫރިއްޔާގެ އޮފީހުން ހާމަކުރައްވާފައިވާ ގޮތުގައި މިބައްދަލުވުން ކުރިޔަށް ދިޔައީ، މަދީނާގައި އިއްޔެއެވެ. އަދި މިބައްދަލުވުމުގައި މަދީނާގައި ތަޢުލީމު ޙާޞިލްކުރަމުންދާ 24 ދަރިވަރަކު ބައިވެރިވި ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވިއެވެ.
11 May 2024
ޚަބަރު
އުތުރު ތިލަފަޅުގައި އިންޑިއާ ސިފައިން ނެތްކަން މިހާރުގެ ޑިފެންސް މިނިސްޓަރވެސް ޔަޤީންކޮށްދެއްވައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑިފެންސް މިނިސްޓަރ ޣައްސާނު މައުމޫނު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާގެ ވައުދުފުޅާއި އެއްގޮތަށް ރާއްޖޭގައި ތިބި އިންޑިއާގެ ހުރިހާ ސިފައިން މިހާރު އަނބުރާ ފޮނުވާލެވިފައިވާ ކަމަށެވެ. އަދި އުތުރު ތިލަފަޅުގައި އިންޑިއާ ސިފައިންގެ އެއްވެސް މީހަކު ނެތްކަމުގައިވެސް މިނިސްޓަރ ޣައްސާނު މައުމޫނު ވިދާޅުވިއެވެ.
11 May 2024
ޚަބަރު
ދިވެހި ސަރުކާރުގެ ހުއްދަ ނެތި އިންޑިއާ ހެލިކޮޕްޓަރު ތިމަރަފުއްޓަށް ޖެއްސި: ޑިފެންސް މިނިސްޓަރ
މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ޑިފެންސް މިނިސްޓަރ ޣައްސާނު މައުމޫން ވިދާޅުވީ، ރާއްޖޭގައި އިންޑިއާ ސިފައިން ތިބި އިރު ދިވެހި ސަރުކާރުގެ ހުއްދަ ނެތި ހެލިކޮޕްޓަރު އޮޕަރޭޓް ކުރި ކަމަށާއި، އެމަނިކުފާނު މަޖިލީހުގެ މެމްބަރު ކަމުގައި ހުންނެވި އިރު އެފަދަ މައްސަަލައެއް ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީން ތެރެއިން ބަލާފައިވާ ކަމަށެވެ. މިގޮތުން ޣައްސާނު ވިދާޅުވީ، ދިވެހި ސަރުކާރުގެ ހުއްދަ ނެތި، އިންޑިއާ ހެލިކޮޕްޓަރުގައި އިންޑިއާ ސިފައިން، ކޮޅުމަޑުލު ތިމަރަފުށީ އެއާޕޯޓަށް ޖައްސާފައިވާ ކަމަށެވެ. އެހެން ނަމަވެސް އެހާދިސާ އާއި ގުޅޭ ގޮތުން ތަކުރާރުކޮށް ނޫސްވެރިން ސުވާލު ކުރުމުންވެސް އެކަމާއި ގުޅޭ ގޮތުން އިތުރު މައުލޫމާތެއް މިނިސްޓަރ ޣައްސާނު ނުދެއްވައެވެ.
11 May 2024
ޚަބަރު
އިންޑިއާ ސިފައިންގެ ތެރެއިން ފޭބި ކޮންމެ މީހަކަށް މީހަކު މިހާރުވެސް ރާއްޖޭގައި އެބަތިބި: ސަރުކާރު
ފޮރިން މިނިސްޓަރ މޫސާ ޒަމީރު ވިދާޅުވީ، ސިވިލިއަނުންގެ ގޮތުގައި ރާއްޖެ އައި މީހުންވެސް ރާއްޖޭގައި ތިބުމައް މުއްދަތުތަކެއް ކަނޑައެޅިފައިވާ ކަމަށެވެ. އެގޮތުން، މިގޮތުން ދިވެހި ސަރުކާރާއި އިންޑިއާ ސަރުކާރާއި ދެމެދު ބަދަލުކުރެވިފައިވާ ލެޓަރ އޮފް އެކްސްޗޭންޖްގެ ދަށުން، ލ. ކައްދޫ އާއި ސ. ގަމުގައި ތިބި އިންޑިއާގެ އާއްމުން ތިބޭނީ، 2025 ވަނަ އަހަރުގެ ފެބުރުއަރީ މަހާއި ހަމައަށް ކަމަށާއި، ހދ. ހަނިމާދޫގައި ތިބި ތިބި އިންޑިއާގެ އާއްމުން ތިބޭނީ، 2026 ވަނަ އަހަރުގެ ފެބުރުއަރީ މަހަށް ކަމުގައި ފޮރިން މިނިސްޓަރ މޫސާ ޒަމީރު ވިދާޅުވިއެވެ. މިނިސްޓަރ ޒަމީރު ވިދާޅުވީ، އެމީހުން ރާއްޖޭގައި ބޭތިއްބުމުގެ ބޭނުމެއް އޮތް މިންވަރުގެ މައްޗަށް ބަލައިގެން މުއްދަތު އިިތުރު ކުރުމާއި ގުޅޭ ގޮތުން ދެ ސަރުކާރުގެ ދެމެދުގައި ވާހަކަދައްކައި ގޮތްތައް ނިންމާނެ ކަމަށެވެ.
11 May 2024
ޚަބަރު
އިންޑިއާ ސިފައިން ބޭލުމުގެ ވަޢުދު ފުއްދިއްޖެ - ސަރުކާރު
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ފޮރިން މިނިސްޓަރ މޫސާ ޒަމީރު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ވަޢުދުވެވަޑައިގެންނެވި ގޮތަށް، އިންޑިއާ ސިފައިން ރާއްޖެއިން ބޭލުމުގެ ކަންކަން މިހާރުވަނީ ފުރިހަމަ ކުރެވިފައި ކަމަށެވެ. މިގޮތުން ރާއްޖޭގައި ތިބި އިންޑިއާގެ ހުރިހާ ސިފައިން މިހާރު ވަނީ އެޤައުމުން އަނބުރާ ގެންގޮސްފައިވާ ކަމަށާއި، ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ އެންމެ ފަހު ގުރޫޕް ރާއްޖެއިން ގޮސްފައި ވަނީ މެއި 9 ގައި ކަމުގައި މިނިސްޓަރ ޒަމީރު ވިދާޅުވިއެވެ.