Advertisement

ޣައްޒާގެ ހާލަތު ---

14 May 2024
ޚަބަރު

އިޒްރޭލުން ހިންގަމުންދާ ލާއިންސާނީ ޢަމަލުތައް ދިވެހި ސަރުކާރުން ހަރުކަށި ޢިބާރާތުން ކުއްވެރިކޮށްފި

ޣައްޒާގެ ރަފާހަށް އިސްރާއީލުން ކެނޑިނޭޅި ދެމުންގެންދާ ހަމަލާތަކާއި އެކަމުގެ ސަބަބުން ކުރިމަތި ވަމުންދާ ލާއިންސާނީ ހާލަތު، ދިވެހި ސަރުކާރުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.

އިޒްރޭލުން ޣައްޒާގައި ހިންގަމުންދާ ލާއިންސާނީ ޢަމަލުތައް ކުއްވެރިކޮށް ދިވެހި ސަރުކާރުން ނެރުނު ބަޔާނުގައި ބުނެފައި ވަނީ، އިޒްރާއީލުން ކުށެއް ނެތް ފަލަސްޠީނުގެ އާންމުންނާ ދެކޮޅަށް ދެމުންގެންދާ އަސްކަރީ ހަމަލާތަކަކީ ބައިނަލްއަޤްވާމީ އިންސާނީ ހައްޤުތަކާއި އަދި އިންސާނިއްޔަތާ ބެހޭ ޤާނޫނުތަކާ ކަނޑައެޅިގެން ޚިލާފު ޢަމަލުތަކެއް ކަމަށެވެ.

 އަދި އިރުމަތީ ރަފާހުގައި ހިމާޔަތް ހޯދަމުންދާ ފަލަސްޠީނުގެ އެތައް ހާސް އާންމުން ވަގުތުން ބޭރުކުރުމަށް އިސްރާއީލުން އަންގަމުންދިއުމަކީ، އިސްރާއީލާ ދެކޮޅަށް ސައުތު އެފްރިކާއިން ހުށައަޅާފައިވާ "އެޕްލިކޭޝަން އޮފް ދަ ކޮންވެންޝަން އޮން ދަ ޕްރިވެންޝަން އެންޑް ޕަނިޝްމަންޓް އޮފް ދަ ކްރައިމް އޮފް ޖެނޮސައިޑް އިން ދަ ޣައްޒާ ސްޓްރިޕް" މައްސަލައިގައި އިންޓަރނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައި.ސީ.ޖޭ.) އިން އަންގާފައިވާ ވަގުތީ ފިޔަވަޅުތަކަށް އިސްރާއީލުން އަމަލުނުކުރާކަމުގެ ހެއްކެއް ކަމަށާއި، ސަލާމަތީ ފިޔަވަޅުތަކުގެ ނަމުގައި އިސްރާއީލުގެ ސިފައިން ހިންގަމުންގެންދާ ލާއިންސާނީ މިފަދަ ޖަރީމާތަކުގެ ސަބަބުން އެތައް ބައެއްގެ ގެދޮރު ސުންނާފަތިވެ، ބަނޑުހައިހޫނުކަމާ ކުރިމަތިލާންޖެހި، އިންސާނީ އެހީ ޣައްޒާގެ އާންމުންނާ ހަމައަށް ފޯރުމަށް ހުރަސް އެޅެމުންދާކަން ދިވެހި ސަރުކާރުން ވަނީ ފާހަގަކޮށްފައެވެ.

އަދި ދެކުނު އެފްރިކާއިން އިސްރާއީލާ ދެކޮޅަށް އައި.ސީ.ޖޭ. އަށް ހުށައަޅާފައިވާ މައްސަލައަށް ތާއީދުކުރަން ދިވެި ސަރުކާރުން ނިންމާފައި ވަނީ، "ކޮންވެންޝަން އޮން ދަ ޕްރިވެންޝަން އެންޑް ޕަނިޝްމަންޓް އޮފް ދަ ކްރައިމް އޮފް ޖެނޮސައިޑް" އާ އިސްރާއީލުން ޚިލާފުވެފައިވާތީ ކަމަށާއި. މިގޮތުން، ރަފާހުގެ މިހާރުގެ ޙާލަތަށް ބިނާކޮށް، އައި.ސީ.ޖޭ. އިން މިހާރު ނިންމާފައިވާ ވަގުތީ ފިޔަވަޅުތައް ބަދަލުކުރުމަށް ދެކުނު އެފްރިކާއިން 10 މެއި 2024 ގައި ހުށައަޅާފައިވާ ކުއްލި މައްސަލައަށް ދިވެހި ސަރުކާރުން ފުރިހަމައަށް ތާއީދު ކުރާ ކަމުގައިވެސް ސަރުކާރުން ނެރުނު ބަޔާނުގައި ބުނެފައި ވެއެވެ. އަދި މެދުކެނޑުމެއްނެތި ފަލަސްޠީނުގެ ރައްޔިތުން ތަހައްމަލުކުރަމުންދާ އަނިޔާތަކަށް ނިމުމެއް ގެނެސް، ދާއިމީ ހައްލެއް ހޯދައިދިނުމަށް ދިވެހި ސަރުކާރުން ސާބިތުކަމާއެކު މަސައްކަތް ކުރަމުން ގެންދާނެކަމުގައިވެސް ދިވެހި ސަރުކާރުން ނެރުނު ބަޔާނުގައި ވަނީ ބުނެފައެވެ.

މީގެ އިތުރުން މިބަޔާނުގައި ވަނީ، ފަލަސްޠީނުގެ ރައްޔިތުންނަށް ލިބިދޭންޖެހޭ އަމިއްލަ އިޚްތިޔާރުގެ ޙައްޤު ކަށަވަރުކުރުމަށް ކުރަމުންދާ މަސައްކަތުގައި، ދިވެހި ސަރުކާރު ސާބިތުކަމާއެކު ފަލަސްޠީނުގެ ރައްޔިތުންނަށް އެންމެ ފުރިހަމައަށް އެއްބާރުލުން ދެމުން ގެންދާނެއެވެ. އަދި 1967 ވަނަ އަހަރުގެ ކުރިން އޮތް ބޯޑަރުތަކާ އެއްގޮތްވާ ގޮތުގެމަތިން، ފަލަސްޠީނުގެ ވެރިރަށަކީ އިރުމަތީ ޤުދުސް ކަމުގައި ކަނޑައަޅައި، ފަލަސްޠީނުގެ ސިޔާދަތީ މިނިވަން ދައުލަތެއް ޤާއިމުކުރުމަށް ގޮވާލާ ގޮވާލުންތަކަށް ތާއީދުކުރާކަންވެސް ހާމަކޮށްފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
31 May 2025
ޚަބަރު
މިއަދު 4 އިން 5 އަށް މާލެއިން ކަރަންޓް ކެޑިދާނެ: ސްޓެލްކޯ
ސްޓެލްކޯއިން މިއަދު މާލޭގެ ކަރަންޓު ޑިސްޓްރިބިއުޝަން ވިއުގައިގައި ކޮންމެހެން ކުރަންޖެހޭ މުހިއްމު މަސައްކަތެއް ކުރުމަށްޓަކައި، މިއަދު ހަވީރު 4:00 އާއި 5:00 އާއި ދެމެދު މާލޭގެ ހަތަރު އަވަށުގެ އެެކި ސަރަހައްދުތަކުން ކުޑަ ވަގުތުކޮޅަކަށް ކަރަންޓުގެ ހިދުމަތަށް ބުރޫއަރާފާނެ ކަމަށް ސޯޝަލް މީޑިއާގައި ޕޯސްޓްކޮއްފިއެވެ. އަދި މިކަމާއި ގުޅިގެން ދިމާވެދާނެ ދަތިތަކަށްްޓަކާއި ރައްޔިތުން ކިބައިން މާފަށްއެދިފައިވެއެވެ.
25 May 2025
ޚަބަރު
ޝަންމާންއަށް 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
ކުރީގެ އިމިގްރޭޝަންގެ ކޮންޓްރޯލަރުގެ މަގާމުން ވަކިކުރި މުހައްމަދު ޝަމްއާން ވަހީދުގެ މައްޗަށް ދައުވާ އުފުލައި، ކްރިމިނަލް ލޯޓަށް ފޮނުވައިފި އެވެ. ދައުވާސާބިތުވެއްޖެ ނަމަ 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
24 May 2025
ޚަބަރު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒަށް ވަޑައިގެން، ސްލެކޯގެ ސްޓޯލަށް ކުރެއްވި ޒިޔާރަތުގައި، ސަރުކާރުގެ ހިއްސާވާ ކުންފުނިތަކުގެ ގިންތިން އެއްވަނަ ހޯދި ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ. ރީޖަނަލް ސްކާޑާ ސިސްޓަމަކީ ސްޓެލޯކެގެ މުވައްޒަފުންގެ އުފެއްދުންތެރި އަދި އީޖާދީ ވިސްނުމުގެ ސަބަބުން ޙާޞިލުކުރެވުނު ފާހަގަކޮށްލެވޭ ކާމިޔާބެކެވެ.
23 May 2025
ޚަބަރު
އަޕްޓަމިލް މިލްކް ކިރުދަޅަކަށް ބޭނުން ޖެހިފައިވާ ތުއްތު ކުއްޖާ، މުޅިމާލެއިން ހުސްވެފައި
ސޯޝަލްމީޑިއާގައި ދައުރުވުމުންދައު ޕޯސްޓްގައި ބަޔާން ކޮއްފައިވަނީ އެކުއްޖާ ވަރަށް ހާލުދެރަވެގެން ހޮސްޕިޓަލްގައި އެޑްމިޓްކޮއްފައިވާކަމަށެވެ. އަދި އަޅުގަނޑުމެން ނޫހުން ފޯނުން ގުޅައި މިކަންވަނީ ކަށަވަރު ކުރެވިފައިއެވެ. އެދެނީ ވީހާވެސް ގިނަބަޔަކު މިކަމުގައި އުޅެދެއްވައި މި ތުއްތު ކުއްޖައިގެ ފުރިހަމަ ސިއްހަތަކަށް ގެނަސްދެއްވުމަށްޓަކައި މިކަމުގައި އެހީތެރިވެލެއްވުމެވެ.