Advertisement

ދިއްދޫއަށް ނަގޫރޯޅިއެއް އަރައި ލިބުނު ގެއްލުންތައް- ފޮޓޯ: ދިއްދޫ ކައުންސިލް

14 May 2024
ޚަބަރު
ޢަލީ ސުލައިމާން

ނަގޫރޯޅިއެއްގައި ދިއްދޫއަށް ބޮޑެތި ގެއްލުންތަކެއް ވެއްޖެ

ރޭ ފަތިހު ހއ. ދިއްދޫއަށް ނަގޫ ރޯޅިއެއް އަރައި ބޮޑެތި ގެއްލުންތަކެއް ލިބިއްޖެއެވެ.

ދިއްދޫ ކައުންސިލްގެ ރައީސް ޢަބުދުﷲ ރަޝީދު ވިދާޅުވީ، ރޭ އެރި ނަގޫ ރޯޅީގައި 6 ގެއެއްގެ ފުރާޅު އެއްލާލާފައިވާ ކަމަށާއި، އެގެތަކުގެ ފުރާޅުއެޅުމުގެ މަސައްކަތް ކައުންސިލުން ކުރަމުންދާ ކަމަށެވެ. ރޭގެ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުލިބުނު ނަމަވެސް ގެތަކަށާއި މުދަލަށް ބޮޑެތި ގެއްލުންތަކެއް ލިބުނެވެ.

ނަގޫރޯޅި އަރާފައި ވަނީ އެރަށުގައި މީހުން އަލަށް އާބާދުވެ މީހުން ދިރިއުޅެން ފަށާފައިވާ ގެތަކުގައެވެ. މިގޮތުން މީގެ 7 އަހަރު ކުރިން މީހުން ދިރިއުޅެންފެށި އެގެތަކުގެ ފުރާޅު އެއްްލާލުމުން މިހާރު އެމީހުން ވަގުތީ ގޮތުން ދިރިއުޅެނީ އާއިލީ އެހެން ގެތަކުގައި ކަމުގައި ރަޝީދު ވިދާޅުވިއެވެ.

ޢަބުދުﷲ ރަޝީދު ވިދާޅުވީ، މިއަދު ކުރަމުންދަނީ ގެތަކުގައި އަލުން މީހުން ދިރިއުޅެވޭ ވަރުކުރުމަށްޓަކައި ކުރަންޖެހޭ މަރާމާތުތަކާއި ފުރާޅުތައް އެޅުމުގެ މަސައްކަތް ކަމަށެވެ. އަދި ހާދިސާއާއި ބެހޭ މައުލޫމާތު ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމެންޓް ސެންޓަރާއި ހިއްސާކޮށްފައިވާ ކަމަށާއި، ލިބުނު ގެއްލުންތައް ސަރވޭ ކުރުމުގެ މަސައްކަތް މާދަމާއިން ފެށިގެން ފަށާނެ ކަމުގައިވެސް އޭނާ ވިދާޅުވިއެވެ.

މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް ވަރަށް ބޮޑަށް މޫސުމް ގޯސްވެ ފެންބޮޑުވުމުގެ ހާދިސާތައްވެސް ވަނީ ހިނގާފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
21 Apr 2025
ޚަބަރު
އޮޅުވާލައިގެން ބިން ވިއްކަން އުޅުނު އެޗްޑީސީގެ ކުރީގެ މުވައްޒަފަކަށް ދައުވާކޮށްފި
ހުޅުމާލޭގެ ފޭސް 2 އިން ބިމެއް ވިއްކާނެކަމަށް ބުނެ އޮޅުވާލައިގެން ފައިސާ ނެގި މައްސަލައެއްގައި ދައުވާ ކުރުމަށް އޭސީސީއިން ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) އޮފީހަށް މިއަދު ހުށަހަޅައިފިއެވެ.
21 Apr 2025
ޚަބަރު
ޖިނާއީ ތަހުގީގަށް ފޮޓޯ ނެގޭނެ ގޮތަށް ބަދަލެއް
ޖިންސީ ގުނަވަން ފިޔަވައި ހަށިގަނޑުގެ ފޮޓޯ ނަގަން ކޯޓު އަމުރުގައި ބަޔާންކުރަނީ، ޖިންސީ ގުނަވަނުގެ ފޮޓޯ ނުނެގޭނެކަން ސާފުކޮށް ބުނެދޭންކަމަށާއި، ފޮޓޯ ނަގަނީ އެ މައްސަލައެއްގައި ބޭނުންވާ މިންވަރަށްކަމަށް ފުލުހުންގެ ޚިދުމަތުން ވިދާޅުވެއްޖެއެވެ.
20 Apr 2025
ދުނިޔެ
އަޤްޞާ ސުންނާފަތި ކޮށްލުމަށް ޔަހޫދީން ގޮވައިލަމުން ދާތީ ފަަލަސްޠީނުން ކަންބޮޑުވުން ފާޅުކޮށްފި
ފަލަސްޠީނުގެ ޚަރިޖީ ވުޒާރާއިން ބުނީ ޔަހޫދީ އާއްމުންގެ ޖަމާޢަތްތަކުން މަސްޖިދުލް އަޤްޞާއަށް ޙަމަލާދީ ސުންނާފަތި ކޮށްލުމަށް މީސްމިޑިޔާގައި ގޮވައިލަަމުންދާ ކަމަށެވެ.
20 Apr 2025
ޚަބަރު
މާލެ ސަރަޙައްދުގައި ބުރާސްފަތި ދުވަހު ކަރަންޓު ބޭނުންކުރި މިންވަރު ވަރަށް މަތި
ސްޓެލްކޯއިން ވިދާޅުވީ މިދުވަސްވަރަކީ ރާއްޖެއަށް ހޫނު ގަދަ ދުވަސްވަރަކަށްވުމާއެކު، އިހުސާސްކުރެވޭ ހޫނުމިން މަތިވަމުންދާކަން ފާހަގަކުރެވިފައިކަމަށެވެ. އެހެން ކަމުން އެންމެން ވެސް ކަރަންޓު ބޭނުންކުރުމުގައި ޚާއްސަ ސަމާލުކަމެއް ދިނުމަކީ މުހިންމު ކަމެއްކަމަށް އެކުންފުނިން ވަނީ ވިދާޅުވެފައެވެ.