Advertisement

ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން --

13 May 2024
ޚަބަރު
ޢަލީ ސުލައިމާން

ރައްޔިތުންގެ މަޖިލީހުގެ 92 އަހަރުގެ ތެރޭގައި އެންމެ ގިނަ މަސައްކަތް ނިންމީ މިދައުރުގައި

1932 ވަނަ އަހަރު ދިވެހިރާއްޖޭގެ ރައްޔިތުންގެ މަޖިލިސް އުފެދުނު ފަހުން މިފާއިތުވެދިޔަ 92 އަހަރުގެ ތެރޭގައި އެންމެ ގިނަ މަސައްކަތްތައް ނިންމާފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ 19 ވަނަ ދައުރުގައި ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު އަސްލަމް ވިދާޅުވެއްެޖެއެވެ.

މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ 19 ވަނަ ދައުރުގެ ފަހު ޖަލްސާ ނިންމަވާލައްވަމުން، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ވަނީ، 28 މެއި 2019ގައި ފެށުނު ރައްޔިތުންގެ މަޖިލީހުގެ 19 ވަނަ ދައުރުގެ މަސައްކަތްތަކުގެ ތަފާސް ހިސާބުތައް މަޖިލީހުގެ ތަޅުމުގައި އިއްވާފައެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ޙަޔާތުގައި އެންމެ ގިނަ މަސައްކަތްތައް ކުރެވުނު މަޖިލީހަކީ 19 ވަނަ މަޖިލިސްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ 19 ވަނަ ދައުރުގައި ހޭދަވި ވަގުތު:

- 530 ޖަލްސާ، 1461 ގަޑިއިރު

- 3784 ކޮމިޓީ ބައްދަލުވުން، 4430 ގަޑިއިރާއި 23 މިނިޓް

ރައްޔިތުންގެ މަޖިލީހުގެ 19 ވަނަ ދައުރުގައި ނިންމި މަސައްކަތްތައް:

- 171 ބިލް

- 73 ޤަރާރު

- 152 މައްސަލަ

- 108 ކުއްލި މައްސަލަ

- ރިޔާސަތުން ހުށައެޅުއްވި 104 މައްސަލަ

- މެމްބަރުން ހުށައެޅުއްވި 48 މައްލަ

- 153 ކޮމިޓީ ރިޕޯޓް

- ވަޒީރުންނާއި ކުރެވުނު 384 ސުވާލު

19 ވަނަ ރައްޔިތުންގެ މަޖިލީހުން ފާސްކުރި މުޙިއްމު ބައެއް ބިލްތައް:

1- ރިޔާސީ ކޮމިޝަން ތަކުގެ ބިލު

2- ދިވެހިރާއްޖޭގެ ޤާނޫނީ ފަންނުގެ ބިލު

3- ދިވެހިރާއްޖޭގެ ޘަޤާފީ ތަރިކައިގެ ބިލު

4- ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ބިލު

5- ވިސިލްބްލޯ ކުރާ ފަރާތްތައް ރައްކާތެރި ކުރުމުގެ ބިލު

6- ކުޑަކުދިންގެ ޢަދުލުގެ ބިލު

7- ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރި ކުރުމުގެ ބިލު

8- ދަނޑުވެރިކަމުގައި ބޭނުންކުރާ ޕެސްޓިސައިޑާއި ބެހޭ ބިލު

9- އާމުދަނީ ޓެކްސް ނެގުމުގެ ބިލު

10- ފެނާއި ނަރުދަމާގެ ބިލު

11- ވިޔަފާރީގެ ދާއިރާގައި ވާދަވެރިކަން އުފައްދައި ދެމެހެއްޓުމުގެ ބިލު

12- މުދާ ގަންނަ ފަރާތްތަކާއި ޚިދުމަތް ލިބިގަންނަ ފަރާތްތައް ޙިމާޔަތް ކުރުމުގެ ބިލު

13- ދިވެހިރާއްޖޭގެ ޗާޓެޑް އެކައުންޓެންޓުންގެ ބިލު

14- ތަޢުލީމީ ބިލު

15- ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ބިލު

16- އިންތިޤާލީ އިންޞާފުގެ ބިލު

17- ދިވެހި ފުލުހުންގެ ޚިދުމަތުގެ ބިލު

18- ދިވެހިރާއްޖޭގެ ތަފާސް ހިސާބުގެ ބިލު 

19- ދިވެހިރާއްޖޭގެ ހަކަތައިގެ ބިލު

20- ދިވެހިރާއްޖޭގެ ފޮރިން ސަރވިސްގެ ބިލު

21- ދިރިއުޅުމަށްޓަކައި ގޯތި ގެދޮރު ކުއްޔަށްދިނުމާއި ބެހޭ ބިލު

22- މަދަނީ އިޖުރާޢަތުގެ ބިލު

23- އެއްމެދު ޢިމާރާތުގެ ބިލު 

24- އިލެކްޓްރޯނިކް މުއާމަލާތްތަކާއި ބެހޭ ބިލު

25- ޖަމިއްޔާތަކުގެ ބިލު

26- ނެތިދިޔުމުުގެ ބިރު ހީވެފައިވާ ދިރޭތަކެތި ބައިނަލްއަޤުވާމީ ވިޔަފާރިކުރުމުގެ ބިލު

27- ފަންނީ އުފެއްދުން ގިންތި ކުރުމާއި ދަރަޖަކުރުމުގެ ބިލު

28- ކެމިކަލް ހަތިޔާރު މަނާކުރުމުގެ ބިލު

29- އުފަންވުމާއި މަރުވުން ރަޖިސްޓްރީ ކުރުމާއި އުފަންދުވަހުގެ ސެޓްފިކެޓް އަދި ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ހެދުމާއި ބެހޭ ބިލު

30- ކުނި މެނޭޖު ކުރުމުގެ ބިލު 

31- ކުންފުނީގެ ބިލު

32- އިންޑަސްޓްރިއަލް ރިލޭންސްއާ ބެހޭ ބިލު

33- މަސައްކަތުގެ މާހައުލުގެ ސަލާމަތާއި، ސިއްޙީ ރައްކާތެރިކަމާއި ބެހޭ ބިލު

34- ކާބޯތަކެތީގެ ރައްކާތެރިކަމުގެ ބިލު 

މީގެ އިތުރުން މުހިއްމު ބައެއް ޤާނޫނުތަކަށް އިސްލާޙް ކުރުމަށް ހުށައެޅުނު ބިލްތައްވެސްވެސް ހިމެނެއެވެ. އަދި އެކި އެކި ކަންކަމާއި ގުޅޭ ގޮތުން، މެމްބަރުން ހުށައެޅުއްވި މުހިއްމު ޤަރާރުތަކެއް ފާސްކުރެވިގެން ދިޔަކަންވެސް މަޖިލީހުގެ ރައީސް މުޙައްމަދު އަސްލަމް ފާހަގަކުރެއްވިއެވެ.

19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ދައުރުގައި، މަޖިލީހުގެ ތަޅުމުގައި 3 ޤައުމެއްގެ އިސްވެރިން ތަޤުރީރު ކުރައްވާފައިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ އިންޑިއާގެ ބޮޑުވަޒީރު، ނަރެންދުރަ މޯދީ އާއި، ސްރީލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަމަ ސިންގހަ އާއި، ބަނގުލަދޭޝްގެ ބޮޑުވަޒީރު ޝައިޚް ޙަސީނާއެވެ.

މީގެ އިތުރުން ކޮމަންވެލްތާއި އަލުން ގުޅި، ކޮމަންވެލްތު ޕާލަމަންޓްރީ އެސޯސިއޭޝަންގައި ރާއްޖެއިން ބައިވެރިވެފައި ވަނީ 4 ފެބުރުއަރީ 2020ގައި ރައްޔިތުންގެ މަޖިލީހުން ފާސްކޮށްގެންނެވެ.

19 ވަނަ ރައްޔިތުންގެ މަޖިލީހަށް 87 މެމްބަރުން އިންތިޚާބު ކުރެވުނު ނަމަވެސް 13 މެއި 2024ގައި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ގޮތުގައި ތިއްބެވީ 80 މެމްބަރުންނެވެ.

ކޮމެންޓް
އިތުރު އާޓިކަލް
19 Sep 2024
ޚަބަރު
އ.ދ. ގެ ޢާންމު މަޖިލީހުގެ 79 ވަނަ ސެޝަންގައި ރައީސް ބައިވެރިވެވަޑައިގަންނަވާނެ - ސަރުކާރު
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ، އ.ދ. ގެ ޢާންމު މަޖިލީހުގެ 79 ވަނަ ސެޝަންގައި ރައީސުލްޖުމްހޫރިއްޔާ ތަޤުރީރު ކުރައްވާނެ ކަމަށެވެ. މީގެ އިތުރުންވެސް އ.ދ. ގެ ސަލާމަތީ މަޖިލީހުގެ ޚާއްޞަ އޯޕެން ޑިބޭޓެއްގައި ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގެން ވާހަކަފުޅު ދެއްކެވުމަށްވަނީ ހަމަޖެހިފައި ކަމުގައި ހީނާ ވަނީ ވިދާޅުވެފައެވެ.
19 Sep 2024
ކުޅިވަރު
ފުޓުބޯޅަ ސީޒަން ފެށޭނެ ދުވަހެއް އަދި ނޭނގޭ: ނޯމަލައިޒިން ކޮމެޓީ
ނޯމަލައިޒިން ކޮމެޓީ އިން ބުދަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކޮމެޓީގެ ޗެއާ އަހުމަދު ޒުހޫރު ވިދާޅުވެފައިވަނީ، ކުލަބުތަކުގެ މާލީ ހާލަތު ދަށްވެފައިވުމާއި ސްޓެޓިއުޓްސްގައި ހުރި ބައެއް ކޮމިޓީތައް މިވަގުތު ހުސްވެފައިވުމުގެ ސަބަބުން، ސީޒަން ފެށުމަށް ގިނަ ދުވަސް ހޭދަވާނެ ކަމަށެވެ.
19 Sep 2024
ކުޅިވަރު
ބައްސާމް ދެ އެޕާޓްމަންޓު ގަތް މައްސަލާގައި ދައުވާ ކުރުމަށް ފޮނުވައިފި
ފުޓްބޯޅަ އެސޯސިއޭޝަން އޮފް ދަ މޯލްޑިވްސް (އެފްއޭއެމް) އަށް ފީފާއިން ދީފައިވާ ފައިސާ ބޭނުންކޮށްގެން، އެ އެސޯސިއޭޝަންގެ ކުރީގެ ރައީސް، ބައްސާމް އަދީލް، އަމީން އެވެނިއު އިން ދެ އެޕާޓްމެންޓް ގަތް މައްސަލައިގައި ދައުވާކޮށްދިނުމަށް އެދި ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ފުލުހުން ފޮނުވައިފިއެވެ.
18 Sep 2024
ޚަބަރު
މާލޭގައި ގެއެއްގެ ދޮރުގެ ބިއްލޫރިގަނޑެއް ވެއްޓި މަގުމަތީ ހުރި މީހަކު ޒަޚަމްވެއްޖެ
ފުލުހުންގެ އިދާރާއިން ވިދާޅުވީ، މިހާދިސާ ހިނގާފައި ވަނީ މިރޭގެ 19:12 ހާއިރުގައި ކަމަށެވެ. އެވަގުތަކީ މާލެއަށް ވަރަށް ބޯކޮށް ވާރޭ ވެހެމުން ދިޔަ ވަގުތެކެވެ.