Advertisement

ޑިފެންސް މިނިސްޓަރ ޣައްސާން މައުމޫން --

11 May 2024
ޚަބަރު
ޢަލީ ސުލައިމާން

އުތުރު ތިލަފަޅުގައި އިންޑިއާ ސިފައިން ނެތްކަން މިހާރުގެ ޑިފެންސް މިނިސްޓަރވެސް ޔަޤީންކޮށްދެއްވައިފި

ރިޔާސީ އިންތިޚާބުގެ ތެރޭގައި، މިހާރުގެ ސަރުކާރަށް ތާއީދުކުރާ ބަޔަކު އިންޑިއާ ސިފައިން އުތުރު ތިލަފަޅުގައި ތިބިކަމަށް ބުނެ ވާހަކަތައް ފެތުރި ނަމަވެސް މިސަރުކާރު ފެށުނު އިރުވެސް އުތުރު ތިލަފަޅުގައި އިންޑިއާ ސިފައިންގެ އެއްްވެސް މީހަކު ނެތްކަން، މިސަރުކާރުގެ ޑިފެންސް މިނިސްޓަރ ޣައްސާނު މައުމޫނުވެސް ޔަޤީންކޮށްދެއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑިފެންސް މިނިސްޓަރ ޣައްސާނު މައުމޫނު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާގެ ވައުދުފުޅާއި އެއްގޮތަށް ރާއްޖޭގައި ތިބި އިންޑިއާގެ ހުރިހާ ސިފައިން މިހާރު އަނބުރާ ފޮނުވާލެވިފައިވާ ކަމަށެވެ. އަދި އުތުރު ތިލަފަޅުގައި އިންޑިއާ ސިފައިންގެ އެއްވެސް މީހަކު ނެތްކަމުގައިވެސް މިނިސްޓަރ ޣައްސާނު މައުމޫނު ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ މައުލޫމާތު ދައްކާ ގޮތުން އުތުރު ތިލަފަޅުގައި އެއްވެސް އަސްކަރީ މީހަކު ނެތް." 

ޑިފެންސް މިނިސްޓަރ ޣައްސާނު މައުމޫނު 

އެހެން ނަމަވެސް ފަހުން ޑިފެންސް މިނިސްޓަރ ޤައްސާނު މައުމޫނު ވިދާޅުވީ އެމަނިކުފާނު ދެންނެވީ، ކުރިން އެއްވެސް އިރެއްގައި އިތުރު ތިލަފަޅުގައި އިންޑިއާ ސިފައިން ނެތްވާހަކަ ނޫން ކަމަށެވެ. 

"އަޅުގަނޑު ދެންނެވީ، މިހާރު ޔޫޓީއެފްގައި، މިހާރު އިންޑިއާ ސިފައިންގެ އެއްވެސް މީހަކު ނެތްކަން ކަށަވަރު ކުރެވެޔޭ، އެއްވެސް އިރެއްގައި، ކުރީގެ ވާހަކައެއް ނޫން އަޅުގަނޑު ދެންނެވީކީ، އޭރުގެ ޙާލަތެއް އަޅުގަނޑުމެންނަށް ދެނެގަނެވޭނެ ހާލަތެއްވެސް ނޯންނާނެކަން ޤަބޫލު ކުރައްވަންވާނެ."

ޑިފެންސް މިނިސްޓަރ ޣައްސާނު މައުމޫން

އެކަމާއު ގުޅޭ ގޮތުން އިތުރަށް ސުވާލު ދެންނެވުމުން ޑިފެންސް މިނިސްޓަރ ޣައްސާނު މައުމޫނު ވިދާޅުވީ، ކުރިން އިންޑިއާ ސިފައިން އުތުރު ތިލަފަޅުގައި ތިބި ކަމަށެވެ. އެހެން ނަމަވެސް ތިބީ ކިހާ ސިފައިންނެއް ކަމެއް އަދި އެސިފައިން ތިބީ ކިހާ މުއްދަތެއްގައި ކަމެއް ޑިފެންސް މިނިސްޓަރަކަށް ވިދާޅެއް ނުވެވުނެވެ. 

އެހެންނަމަވެސް ފަހުން އަދަދު ނޫހުން ސުވާލު ކުރުމުން މިނިސްޓަރ ވިދާޅުވީ، އެމަނިކުފާނު ވިދާޅުވީ، ކުރިން އިންޑިއާ ސިފައިން ތިބި ވާހަކަ ކަމަށާއި، ތިބި އަދަދު ޖެހޭނީ ބައްލަވާލައްވަން ކަމަށެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ފޮރިން މިނިސްޓަރ މޫސާ ޒަމީރު ވިދާޅުވީ، ޔޫޓީއެފަކީ އިންޑިއާގެ ގްރާންޓް އެއިޑެއްގެ ދަށުން މިހާރުވެސް ހިނގަމުންދާ ޕްރޮޖެކްޓެއް ކަމަށެވެ. އެހެންވެ ޔޫޓީއެފާއި މެދު ޢަމަލުކުރަނީ އެގްރާންޓް އެއިޑް ޕްރޮޖެކްޓްތަކާއި މެދު ޢަމަލު ކުރަމުންދާ ގޮތެއްގެ މަތިން ކަމުގައި ފޮރިން މިނިސްޓަރ މޫސާ ޒަމީރު ވިދާޅުވިއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.